Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީނިއަރ އޮފިޝަލްސް ބައްދަލުވުން

ރާއްޖެއާއި އީޔޫއާ ދެމެދު ބާއްވާ ހަތަރުވަނަ ސީނިއަރ އޮފިޝަލްސް ބައްދަލުވުމަށް ރާއްޖޭގެ ވަފުދު ފުރައިފި

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޖޫން 2023 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖޫން 2023 | ހޯމަ 01:27
ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލް، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި ބައްދަލުކުރައްވަނީ - ފައިލްފޮޓޯ:

ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލް، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި ބައްދަލުކުރައްވަނީ - ފައިލްފޮޓޯ:

ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ބާއްވާ ހަތަރުވަނަ ސީނިއަރ އޮފިޝަލްސް ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދު ބެލްޖިއަމްގެ ބްރަސަލްސްއަށް ފުރައިފިއެވެ.

މި ވަފުދު ބްރަސަލްސްއަށް ފުރާފައިވަނީ އާދީއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

ސީނިއާ އޮފިޝަލުންގެ ބައްދަލުވުމަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ދެފުށް ފެންނަ އަދި ހެޔޮ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު މިހާރު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާ ބައްދަލުވުމެކެވެ.

މިއަހަރަކީ މި ބައްދަލުވުން ބާއްވާ ހަތަރުވަނަ އަހަރެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

މިއަހަރުގެ ބައްދަލުވުމުގެ އެޖެންޑާގައި އީޔޫ އާއި ރާއްޖޭގެ ތަރައްގީއާއި ޕޯސްޓް ކޮޓޯނޯ އެގްރީމެންޓް ފަދަ ތަފާތު މައުޟޫތަކާ ބެހޭ ގޮތުން މަޝްވަރާކުރުން ހިމެނެއެވެ. އަދި ވެރިކަން ހިންގުމާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަމާއި ހަރުކަށި ފިކުރު ހުއްޓުވުމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި މަސްވެރިކަމުގެ ދާއިރާއަކީވެސް މިއަހަރުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މައުޟޫޢުތަކެވެ.

މީގެ އިތުރުން ޝެންގެން ވިސާ ފެސިލިޓޭޝަން އާއި އދ.ގައި އެއްބާރުލުން ދިނުމާއި ސަރަހައްދީ ތަރައްގީއާއި މެރިޓައިމް ސެކިއުރިޓީއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ރައީސް އޮފީސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިން މިވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީއެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ވަފުދުގެ ފަރާތުން އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ސެކްރެޓަރީ ޖެނެރަލް ޖޯޖަސް ރެބެލޯ ޗިކޯޓީއާ ވެސް ބައްދަލުކުރައްވާނެއެވެ.

އަދި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް)ގެ އޭޝިއާ އެންޑް ޕެސިފިކްގެ މެނޭޖިން ޑިރެކްޓަރު ގުނަރު ވިގަންޑް, ޑައިރެކްޓްރޭޓް ޖެނެރަލް މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް (މާރޭ)ގެ ޑިރެކްޓަރ ޖެނެރަލް ޗާލައިން ވިޗޭވާ, އީޔޫގެ ކައުންޓާ ޓެރަރިޒަމް ކޯޑިނޭޓަރު އިލްކާ ސަލްމީ, ޑައިރެކްޓްރޭޓް ޖެނެރަލް އިންޓަނޭޝަނަލް ޕާޓްނާޝިޕްސް (އައިއެންޓީޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މައިރިއަމް ފެރާން, އަދި ޑައިރެކްޓްރޭޓް ޖެނެރަލް ޓްރޭޑް (ޓްރޭޑް)ގެ ޑިރެކްޓަރ ޖެނެރަލް ސަބީން ވެޔަންދުއާ ވެސް ބައްދަލުކުރައްވާނެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު