Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުން

ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށް އިލްތިމާސްކޮށްފި

ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާވަރަށް ނުބަލައި ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖޫން 2023 | އާދީއްތަ 16:31
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމަށް އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމަށް އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމާއި، ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ އިލްތިމާސްކުރައްވައިފިއެވެ.

ތޯހާ މި އިލްތިމާސްކުރެއްވީ އެމްއޭސީއެލްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމަށް އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ތޯހާ ވިދާޅުވީ މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބަންޖެހޭކަމަށާއި، ނަމަވެސް ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާވަރަށް ނުބަލައި ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއްކަން ފާހަގަކުރައްވައި، އެއަރޕޯޓުގެ މަގުތަކުގައި ހިނގާފައި ދާއިރު ބޮޑެތި ބަސްތަކާއި އުޅަނދުތައް ގިނައިން ދަތުރުކުރާތީ އެކަމަށް ސަމާލުވުމަށްވެސް ތޯހާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަބްދުއްރަހްމާން ވާހަކަފުޅުދައްކަވަމުން މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތީ، ފަރުދުންނަށް ނުރައްކާވެދާނެ ސަބަބުތައް ދެނެގަތުމުގައި ބޮޑު އަހަންމިއްޔަތުކަމެއް ދެއްވުމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގަތެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތައް ތަންފީޒްކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަން ސެކްޝަނުން ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގިނަ ފަރާތްތަކަކާއި ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެމްއޭސީއެލްއާއި އެކުވެސް ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން, މުޅި އަހަރަށް ބަހާލައިގެން "ބިނާރު"ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުން އިފްތިތާހުކުރި ރޯޑް ސޭފްޓީ އެވެއަރނެސް ޕްރޮގްރާމްގެ ދަށުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓާއި އާންމު މުވައްޒަފުންނާއި ޑްރައިވަރުންނަށް ޚާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު އެމްއޭސީއެލްގެ ސީނިއަރ މެނޭޖްމަންޓަށް، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

09 ޖޫން 2017
ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ޖޫން 2017
ބާރަށް ވައިޖެހި ތިނަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ބާރަށް ވައިޖެހި ތިނަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

31 މެއި 2017
ޔެލޯ އެލަަރޓް ނެރެ، ދަތުރު ނުކުރަން އިލްތިމާސްކޮށްފި

ޔެލޯ އެލަަރޓް ނެރެ، ދަތުރު ނުކުރަން އިލްތިމާސްކޮށްފި

21 މެއި 2017
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

21 މެއި 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު