Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުން

ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ޚިދުމަތަށް ކުރާ ހޭދަ އެތައް ގޮތަކުން ކުޑަވާނެ: މިނިސްޓަރު

ކޮވިޑްގެ ދުވަސްވަރު ޑިޖިޓަލް ހެލްތުގެ މުހިއްމުކަމާއި، ފައިދާތައް ކޮންމެސް ވަރަކަށް ވަނީ އެނގިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2023 | އާދީއްތަ 09:55
ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ކުރާ ހޭދަ އެތައް ގޮތަކުން ކުޑަވެގެން ދާނެ ކަމެއްކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޞިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ތެރެއިން، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައި.ޓީ އިންފްރާސްޓަރަކްޗަރ ހަރުދަނާ ކުރުމަށް ބޭނުންވާ ތަކެތި، އަތޮޅުތަކާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖެއަށް ކުރިމަތިވި އެކިއެކި ބޮޑެތި ރޯގާތަކާ އެހެނިހެން ބަލިތައް ދިމާވިއިރު ރާއްޖޭގެ ޙާލަތަށް އަލިއަޅުވާލައްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، އޭރު، ހަމައެކަނި ނެތީ  ޑޮކްޓަރުންނާއި މަރުކަޒުތަކާއި އަދި ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު އެކަންޏެއް ނޫން ކަމަށެވެ. އެގޮތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި، މީހުންގެ މަޢުލޫމާތު އެއްކޮށް، ބަލަހައްޓާ، އެ މަޢުލޫމާތު އެހެން ފަރާތްތަކަށް ޙިއްސާކޮށް ދުވަހުން ދުވަހަށް ރައްޔިތުންގެ ޞިއްޙީ ޙާލަތު ބަލަން އިސްކޮށް ތިއްބެވި ފަރާތްތަކަށް އެ މަޢުލޫމާތުތައް ފޯރުކޮށް ދިނުމަކީ ވެސް އުނދަގޫ، ގޮންޖެހުންތައް ގިނަ ބުރަ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

ވަކިން ޚާއްޞަކޮށް، ކޮންމެ ދާއިރާއަކަށް ބަލައިލިނަމަވެސް، މަޢުލޫމާތާއި ޚިދުމަތްތައް ފޯރުކޮށްދިނުމާ ލިބިގަތުމަށް ދަނީ ބާރު ސްޕީޑްގައި އިންޤިލާބީ ބަދަލުތައް އަންނަމުންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، ފެންވަރު ރަނގަޅު، ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް، ފަސޭހަކަމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގައި މިހާރު ވާޞިލުވާންވީ އަމާޒަކީ، ޞިއްޙީ ޚިދުމަތުގެ އެންމެހާ ކަންކަން "ޑިޖިޓަލް" ކުރުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޞިއްޙީ ޚިދުމަތްތައް ޑިޖިޓަލް ކުރެވުމުމަކީ، މަރުކަޒުތަކާއި މުއައްސަސާތަކުގެ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމެކެވެ. އެގޮތުން ކޮވިޑްގެ ދުވަސްވަރު ޑިޖިޓަލް ހެލްތުގެ މުހިއްމުކަމާއި، ފައިދާތައް ކޮންމެސް ވަރަކަށް އެނގި އިޙުސާސްކުރެވިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ކުރާ ހޭދަ އެތައް ގޮތަކުން ކުޑަވެގެން ދާނެ ކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުން ފުޅާއެކު އެންމެ އިސްކަމެއްދެއްވައިގެން ތަރައްޤީ ކުރައްވަމުން ގެންދަވާ އެއް ދާއިރާއަކީވެސް ޞިއްޙީ ދާއިރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ، ދާއިރާގެ އައި.ޓީ އިންފްރާސްޓަރަކްޗަރ ޤާއިމުކޮށް ތަރައްޤީކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކާ ހޮސްޕިޓަލްތަކަށް ޙަވާލުކުރެވޭ އައި.ޓީ ސާމާނުތަކަކީ، ނިޞްބަތުން އަދި މިހާތަނަށް ސަރުކާރުގެ އެހެން އެއްވެސް ދާއިރާއަކުން އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާއަށްބަލާލިނަމަވެސް، މިގޮތުން މިހާތަނަށް ހިންގޭ އެންމެ ބޮޑު އައި.ޓީ މަޝްރޫޢުކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

ޞިއްޙީ ޚިދުމަތްތައް އެއް ނެޓްވޯރކަކުން ގުޅާލުމުން ރާއްޖޭގެ ކޮންމެ ޞިއްހީ މަރުކަޒަކުން ޚިދުމަތް ހޯދަން ދިޔަޔަސް، ތިމާގެ ހެލްތު ރެކޯރޑް އަދި ޓެސްޓް ތަކުގެ ނަތީޖާ ހިފައިގެން ދާންޖެހުން ނިމުމަކަށް އައިސް، އެމީހާގެ މަޢުލޫމާތު ކޮންމެ މަރުކަޒަކުންވެސް ބެލެން ހުރުމަކީ ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެގެންދާނޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

22 އެޕްރީލު 2017
ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް

ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް

17 އެޕްރީލު 2017
ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

17 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު