Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓްރަމްޕް ލިޔުންތައް ފޮރުވި މައްސަލަ

ޓްރަމްޕްގެ ގެއިން ފެނުނު ބައެއް ސިއްރު ފައިލްތައް "ޝަވަރ" އެއްގެ ތެރޭގައި ވެސް ބަހައްޓާފައި ހުރި

11 ޖޫން 2023 | އާދީއްތަ 06:38

ޓްރަމްޕާ ދެކޮޅަށް ދައުވާކުރުމަށް ހުށަހެޅި 49 ސަފުހާގެ ލިއުމުގައި 37 ކަމެއް ފާހަގަކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 ޖޫން 2023 | އާދީއްތަ 06:38
ޓްރަމްޕްގެ ގޭގެ ފާޚާނާގައި ބަހައްޓާފައި ހުރި ލިޔުންތައް

ޓްރަމްޕްގެ ގޭގެ ފާޚާނާގައި ބަހައްޓާފައި ހުރި ލިޔުންތައް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެއިން އެމެރިކާގެ ވެރިކަމުގެ ބައެއް ސިއްރު ފައިލްތަކާއި ލިޔުންތައް ފެނުނު މައްސަލައިގައި ޓްރަމްޕްގެ މައްޗަށް މިހާރުވަނީ ދައުވާ އުފުލާފައެވެ.

ޓްރަމްޕްގެ ބީޗްސައިޑް މޭންޝަން "މަރަލާގޯ" އިން ފެނިފައިވާ ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ބައެއް ނިއުކްލިއަރ ސިއްރުތަކާއި އަދި މިލިޓަރީ ޕްލޭންތައް ހިމެނެއެވެ. މީގެ އިތުރުން ފެނުނު ބައެއް ފައިލްތަކާއި ޑޮކިއުމަންޓްތައް އާންމުކޮށް އިވެންޓުތައް ބާއްވާ ބޯލް ރޫމެއްގައާއި އަދި ފެންވަރާތަނެއް (ޝަވަރ) އެއްގައި ވެސް ބަހައްޓާފައި ހުރިކަމަށް ވެއެވެ.

ޓްރަމްޕާ ދެކޮޅަށް ދައުވާކުރުމަށް ހުށަހެޅި ލިޔުމުގައި 37 ކަމެއް ފާހަގަކޮށްފައިވާއިރު، ޑޮކިއުމަންޓްތައް މަރަލާގޯގައި ހުރިކަން އެނގިގެން ބަލާފާސްކުރަން އުޅުމުން އެކަމަށް ހުރަސްއަޅާ އިންވެސްޓިގޭޓަރުންނަށް ދޮގުހަދާ އޮޅުވާލައްވަން މަސައްކަތް ކުރެއްވި ކަމަށް ބުނެފައިވެއެވެ.

ހަމަ މި މައްސަލައިގައި ޓްރަމްޕްގެ ޕަރސަނަލް އެއިޑްއެއްގެ މައްޗަށްވެސް ވަނީ ދައުވާ ކުރަން ފޮނުވާފައެވެ. އެއީ މަރަލާގޯ އަށް ދިޔަ އެފްބީއައި އޭޖެންޓުންނަށް ފޮރުވުމަށްޓަކައި ފައިލްތަކާއި ޑޮކިއުމަންޓްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކުށެވެ.

ޓްރަމްޕާ ދެކޮޅަށް ހުށަހެޅުނު 49 ސަފުހާގެ ދައުވާގެ ލިއުންތަކަކީ އެމެރިކާގެ ކުރީގެ ރައީސްއަކާ ދެކޮޅަށް އުފުލޭ ފުރަތަމަ ފެޑަރަލް ދައުވާގެ ލިއުމެވެ. އޭގައިވާ ގޮތުން ކަރުދާސް ފޮށިފޮށީގައި ޓްރަމްޕް އަމިއްލަ ގެކޮޅުގައި ރައްކާކުރައްވާފަހުރި ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ނިއުކްލިއަރ ޕްރޮގްރާމާބެހޭ ސިއްރު ލިޔުންތައް، ހަތިޔާރު އަދި ދިފާއީ ގާބިލިއްޔަތު ހުރި މިންވަރާބެހޭ ލިޔުންތައް، މިލިޓަރީ ހަމަލާއެއް އަތުވެއްގެ ހިނދެއްގައި އެމެރިކާގެ "ބަލިފައި" ހުރި ދިމާތަކާބެހޭ މައުލޫމާތު، އަދި ބޭރުގެ ހަމަލާއެއް އަތުވެއްޖެ ހިނދެއްގައި އެމެރިކާއިން ރައްދުހަމަލާތައްދޭނެ ގޮތުގެ ޕްލޭން ފަދަ މުހިންމު ކަންކަން އެކުލެވޭ ލިޔުންތައް މަރަލާގޯ އިން ފެނިފައިވެއެވެ.

ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ ޓަރމް ހަމަކުރައްވާ ގެއަށް ވަޑައިގެންނެވިއިރު 300 އެއްހާ ކްލެސިފައިޑް ފައިލް ގެންދަވާފައި ވެއެވެ. ޓްރަމްޕްގެ ބޮޑު، ބީޗްސައިޑް އެސްޓޭޓް މަރަލާގޯ އަކީ މުއްދަނދި ޕްރައިވެޓް މެންބަރުންގެ ކްލަބެއްގެ ގޮތުގައި ވެސް ބޭނުންކޮށް، އެތަނެއްގައި އެތައް ސަތޭކަ މެހްމާނުންނަށް އިވެންޓްތައް ބާއްވާ ތަނެކެވެ. އަދި މިފަދަ އިވެންޓުތައް ބާއްވާ ބޯލް ރޫމެއްގައި ވެސް، ހުއްދަނެތް އެތައް ބަޔަކަށް ފެނުމުގެ ފުރުސަތު އޮތް ގޮތަށް ބައެއް ޑޮކިއުމަންޓް ފޮށިތައް ބަހައްޓާފައި ހުރި ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

މިމައްސަލައިގައި ޓްރަމްޕް ފުރަތަމަ ކޯޓަށް ހާޒިރު ކުރެވޭނީ އަންގާރަ ދުވަހުއެވެ. އެއީ ޓްރަމްޕުގެ 77 ވަނަ އުފަން ދުވަހުގެ ކުރީ ދުވަހެވެ.

ޓްރަމްޕަގެ މައްޗަށް މީގެ ކުރިންވެސް ވަނީ މައްސަލައެއްގައި ދައުވާ އުފުލިފައެވެ. އެއީ ކަސްބީ އަންހެނަކަށް ފައިސާ ދެއްވިކަމުގެ މައްސަލައިގަ އެވެ.

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްވެސް ކުރިމަތިލައްވާފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާ އެއްވެސް ކުށެއް ނުކުރައްވާކަމަށާއި އޭނާއަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. ނަމަވެސް ގާނޫނީ ބޭފުޅުން ވިދާޅުވަނީ ފައިލްތައް ފޮރުވި މައްސަލައިގައި ކުށް ސާބިތު ވެއްޖެނަމަ ޓްރަމްޕަށް ދިގު ޖަލު ހުކުމެއް އަންނާނެކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
03 ޖޫން 2017

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
25 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
21 މެއި 2017

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
07 ޖެނުއަރީ 2017

ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟

07 ޖެނުއަރީ 2017
ބައްޕައަށް ކަމޭ ނުހިތި ދުންޔާ އެންދެރިމާގެއިން ބޭރަށް؟؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް