Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖާޖީން ފުރުމުގެ އިންތިޒާމް

ހައްޖާޖީންނަށް ޚާއްސަކޮށް ޓްރެކިންގ ޑިވައިސްއެއް ހަވާލުކުރާނެ: ހައްޖު ކޯޕަރޭޝަން

10 ޖޫން 2023 | ހޮނިހިރު 07:19

މި ޑިވައިސްއިން ވަރަށް ގިނަ ލުއިފަސޭހަތައް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖޫން 2023 | ހޮނިހިރު 07:19
ހައްޖާޖީންތަކެއް ފުރަން ބޯޓަށް އަރަނީ

ހައްޖާޖީންތަކެއް ފުރަން ބޯޓަށް އަރަނީ

މިއަހަރު ހައްޖަށް ދާ މީހުންނަށް ޚާއްސަކޮށް ޓްރެކިންގ ޑިވައިސްއެއް ހަވާލުކުރާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއަރޒްގެ މެނޭޖަރު އާއިޝަތު ގާހިރު ވިދާޅުވީ، ބައެއް ފަހަރަށް ހައްޖު ނުވަތަ އުމްރާގެ އަޅުކަމުގައި މީހުން ގެއްލިގެން އުޅެންޖެހޭ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމުގެ ގޮތުން، މިއަހަރު ހައްޖަށް ދާ މީހުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ޓްރެކިންގ ޑިވައިސްއެއް ހަވާލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއަހަރު ހައްޖުގެ އަޅުކަމަށް ދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންކަން ފާހަގަކުރައްވައި އާއިޝަތު ވިދާޅުވީ، މި ޑިވައިސްއިން ވަރަށް ގިނަ ލުއިފަސޭހަތައް ލިބޭނެ ކަމަށެވެ. ހަރަމްފުޅުގެ ތެރެއިން، ނުވަތަ ހޮޓަލުގެ ބޭރުން ގެއްލިއްޖެނަމަ، ނުވަތަ ހޮޓަލަށް ދާން ނޭނގުނުނަމަވެސް އެ ޑިވައިސް މެދުވެރިކޮށް އެމީހަކު ހުރިތަނެއް ފަސޭހައިން ހޯދޭނެކަމަށް އާއިޝަތު ވިދާޅުވިއެވެ.

އާއިޝަތު ވިދާޅުވީ ކޮންމެ ހައްޖާޖީއަކަށް ހައްޖު ކާޑެއް ދޭނެކަމަށާއި، އެ ކާޑުގައި، ތިބޭ ހޮޓަލަށް ގުޅޭނެ ހޮޓްލައިން ނަންބަރު ހިމަނާފައިވާނެ ކަމަށެވެ. އަދި ހޮޓާ އެނގޭނެ ގޮތަށް މެޕްވެސް ހިމަނާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހައްޖުވެރިންނަށް ހަރަމްފުޅަށް ދިއުމުގެ ކުރިން ސިމް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ހައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި، ހައްޖާޖީން އެއަރޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. އެގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ހައްޖާޖީން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމް މިހާރު ދަނީ ކުރެވެމުންނެވެ.

މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ. އެއީ ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 މެއި 2019

ކައުންސިލާއި ލީޑަރޝިޕަށް އަންހެނުންނަށް 30 ޕަސެންޓް ޚާއްސަކޮށް ގާނޫނަށް ބަދަލު ގެންނަނީ

14 މެއި 2019
ކައުންސިލާއި ލީޑަރޝިޕަށް އަންހެނުންނަށް 30 ޕަސެންޓް ޚާއްސަކޮށް ގާނޫނަށް ބަދަލު ގެންނަނީ
18 އެޕްރީލު 2019

ގެސްޓް ހައުސް ހިންގާ ފަރާތްތަކައް ޚާއްސަކޮށްގެން އެމްއެމްޕީއާރްސީން ވޯކްޝޮޕެއް ހިންގަނީ

18 އެޕްރީލު 2019
ގެސްޓް ހައުސް ހިންގާ ފަރާތްތަކައް ޚާއްސަކޮށްގެން އެމްއެމްޕީއާރްސީން ވޯކްޝޮޕެއް ހިންގަނީ
17 އެޕްރީލު 2019

ހުވަދު އަތޮޅަށް ޚާއްސަކޮށްގެން ސެމިނާއޮން ފައިބަރ ގުލާސް އެޕްލިކޭޝަން ބާއްވަނީ

17 އެޕްރީލު 2019
ހުވަދު އަތޮޅަށް ޚާއްސަކޮށްގެން ސެމިނާއޮން ފައިބަރ ގުލާސް އެޕްލިކޭޝަން ބާއްވަނީ
19 މާރިޗު 2019

މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގަނީ

19 މާރިޗު 2019
މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގަނީ
18 ފެބުރުއަރީ 2019

ޖަމާއަތުގެ ފައިދާއަށް ޚާއްސަކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

18 ފެބުރުއަރީ 2019
ޖަމާއަތުގެ ފައިދާއަށް ޚާއްސަކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
07 ފެބުރުއަރީ 2019

ދަރިވަރުންނަށް ޚާއްސަކޮށް ހޮސްޓެލްތަކެއް ގާއިމް ކުރަންޖެހޭ: ޝަރީފް

07 ފެބުރުއަރީ 2019
ދަރިވަރުންނަށް ޚާއްސަކޮށް ހޮސްޓެލްތަކެއް ގާއިމް ކުރަންޖެހޭ: ޝަރީފް
03 ފެބުރުއަރީ 2019

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަވީރެއް ބާއްވަނީ

03 ފެބުރުއަރީ 2019
އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަވީރެއް ބާއްވަނީ
24 ޖުލައި 2018

ރަލާއި އޫރުމަސް އުފުލާ ތަކެތީގައި ޓްރެކިން ޑިވައިސްއެއް ހަރުކުރަނީ

24 ޖުލައި 2018
ރަލާއި އޫރުމަސް އުފުލާ ތަކެތީގައި ޓްރެކިން ޑިވައިސްއެއް ހަރުކުރަނީ
18 މެއި 2018

ކޮލަންބޯގައި ދިވެހިންނަށް ޚާއްސަކޮށް ހެދި ޕާކު ހުޅުވައިފި

18 މެއި 2018
ކޮލަންބޯގައި ދިވެހިންނަށް ޚާއްސަކޮށް ހެދި ޕާކު ހުޅުވައިފި
09 އެޕްރީލު 2018

ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އޭޑީކޭ އެޓް ހޯމް ތައާރަފްކޮށްފި

09 އެޕްރީލު 2018
ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އޭޑީކޭ އެޓް ހޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް