Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކުރުން

ގަވާއިދާ ޚިލާފަށް ކުނި މެނޭޖު ކުރުމުން މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފި

ޖޫރިމަނާ ކުރީ 45،500 ރުފިޔާއިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 ޖޫން 2023 | ހުކުރު 14:17
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް

ގަވާއިދާ ޚިލާފަށް ކުނި މެނޭޖު ކުރުމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް އެ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ މައްސަލަ ބަލާފައިވާނެ ކަމަށެވެ. އެގޮތުން އެ އެޖެންސީ އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާއާ ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ލިބުމުން، އެ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށްގޮސް ކުނި ނަގައި ސާފުކުރަމުން ގެންދާކަމަށާއި އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން ދެނެގަނެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި މައްސަލައަކީ ގިނަ އަދަދެއްގެ އާންމުން ހުށަހަޅާފައިވާ ޝަކުވާއެއްކަން ފާހަގަކޮށް އީޕީއޭއިން ބުނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީހުތަކުގައި އެ އެޖެންސީގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް ބަލާ ކަށަވަރުކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަނީ ކުނި މެނޭޖު ކުރުމާބެހޭ ގަވާއިދާ ޚިލާފަށް ކަމަށްވާތީ އީޕީއޭއިން އެ ކައުންސިލް ޖޫރިމަނާ ކުރީ 45،500 ރުފިޔާއިންނެވެ. މި ޖޫރިމަނާގެ ފައިސާ ދައްކަން ދީފައިވަނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

ޖޫރިމަނާގެ އިތުރުން މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލައި، މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެގުމަށާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އީޕީއޭއިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

މާލޭގެ އާއްމު ތަންތަނުގެ ކުނި ކެހުމާއި ކުނި ނެގުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވެމްކޯއިންނެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން އެއްބަސްވުން އައު ނުކުރަން ނިންމައި، އަމިއްލައަށް އެ މަސައްކަތާ ހަވާލުވެފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު