Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދު ވަކިކުރުމުގެ މައްސަލަ

ނަޝީދު ވަކިކުރުމުގެ މައްސަލަ: ރައީސް ވަޑައިގަންނަވާނީ އެމްޑީޕީ ޕީޖީގެ މެޖޯރިޓީއާއެކު - މިއުވާން

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވި ހުރިހާ މެންބަރުންނާ ވެސް ރައީސާއި މަޝްވަރާ ކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ޖޫން 2023 | ބުރާސްފަތި 08:07
ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވެވި ޖަލްސާއެއްގައި ރައީސް ޞާލިހާއި މަޖިލީހުގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވެވި ޖަލްސާއެއްގައި ރައީސް ޞާލިހާއި މަޖިލީހުގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގަންނަވާނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެޖޯރިޓީއާއެކު ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ 54 މެންބަރުންގެ ވޯޓާއެކު ބުދަ ދުވަހުއެވެ. ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީން ހުށަހަޅާފައިވާ މައްސަލައިގައި ރައީސް ޞާލިހު ގެންގުޅުއްވާ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލާ ގުޅިގެން މިއުވާން ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިޓީއާއެކު ރައީސް ވަޑައިގަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިއުވާން ވިދާޅުވީ ރައީސް ސާލިހާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވި ހުރިހާ މެންބަރުންނާ ދެމެދު ވާހަކަދެކެވޭ ކަމަށާއި މަޝްވަރާ ކުރެވޭ ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ޤަރާރުގައި 54 މެންބަރުން ސޮއި ކުރައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެންބަރުންނާއި އިތުރު 4 މެންބަރަކެވެ. އެއީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްކުރީ އަންގާރަ ދުވަހު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. 

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކުރިޔަށްދިޔަ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ޖަލްސާ ކުރިޔަށްދިޔަ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ އިތުރުން، ރިޔާސަތުން މެންބަރުންނަށް ތަފާތު އެކި އިންޒާރުތައް ދޭ ކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.

ޤަރާރުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތި ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި، ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކާ އެެއްގޮތްވާ ގޮތުގެ މަތިން ޖަލްސާތަކާއި ކޮމިޓީތަކުގެ ކަންކަން ހިންގަވަން ޖެހޭ ފަރާތް ނަމަވެސް، ކަން ހިނގަމުންދަނީ އެގޮތަށް ނޫން ކަމަށެވެ.

އޭގެ އިތުރުން، މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީތަކަށް އައި ބަދަލުތަކާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން ޖެހުނު ނަމަވެސް، އެކަން ދިގު ދަންމަވާ މައްސަލައަށްވެސް ޤަރާރުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އަދި އެތައް ހައްސާސް މައްސަލައަކާއި ބިލުތަކެއްގެ އިތުރުން، ދައުލަތް ހިންގުމާ ގުޅޭ މުހިންމު ޤާނޫނުތަކާ ގުޅޭ ވޯޓުތައް ހިމެނޭއިރު، އެ ވޯޓު ނުނަންގަވައި، ޤަވާއިދާ ޚިލާފަށް އެ މަސައްކަތްތައް ލަސް ކުރައްވަމުން ގެންދަވާކަމަށްވެސް ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ރިޔާސަތުން ތަކުރާރުކޮށް މަޖިލީހުގެ ޤަވާއިދާ ޚިލާފަށް މަޖިލީހުގެ ރިޔާސަތު އެހެން ބޭފުޅުންނާ ޙަވާލު ކުރައްވާ މައްސަލައަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

މިކަންކަމުގެ އިތުރުން، ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދަންމާލެއްވުމަށްޓަކައި ކުރައްވާފައިވާ ކަންކަންވެސް ޤަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު