Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީނީ މަގު ތަރައްގީކުރުން

އޮޑެގައްލާ ހުރި ހިސާބަށް މަގު ހުޅުވާލައި ބިލަންބޮންގ އިން ފެށިގެން ސްޓޭޑިއަމްގެ ހުޅަނގާ ހަމައަށް މަގު ރޫޅާލަނީ

8 ޖޫން 2023 | ބުރާސްފަތި 07:46

އަމީނީ މަގު ނިމޭއިރު ހުރިހާ ހިސާބެއްގައި ވެސް ގަސް އިންދިފައި ހުންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖޫން 2023 | ބުރާސްފަތި 07:46
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު

އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު

އޮޑެގައްލާ ކެފޭ ހުރި ހިސާބަށް އަމީނީ މަގު އާންމުންނަށް ހުޅުވާލައި، ބިލަންބޮންގ އިން ފެށިގެން ސްޓޭޑިއަމްގެ އިރުމައްޗާ ހަމައަށް މަގު ރޫޅާލަން ނިންމާފައިވާ ކަމަށް އަމީނީ މަގު ތަރައްގީކުރަމުން އަންނަ ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

އަމީނީ މަގުގައި އެންމެ ފަހުން ނިންމި ސެގްމަންޓުގައި ގަސްއިންދުމުގެ ގޮތުން ބޭއްވި ހަރަކާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ބުރާސްފަތި ދުވަހު އޮޑެގައްލާ ހިސާބަށް މަގު ހުޅުވާލާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ބާކީ ހުރި ސެގްމެންޓްގެ ތެރެއިން ބިލަބޮންގާ ހިސާބުން މާފަންނު ސްޓޭޑިއަމްގެ ހުޅަނގު ފަރާތު މަގާ ހަމައަށް ގައުނެގުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލްތަކާއި އޮފީސްތަކަށް އެކްސެސްވުމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި، ރައްޔިތުންގެ ކިބައިން އެދެނީ މި ކަމުގައި އެއްބާރުލުން ދިނުމަށް ކަމަށެވެ.

އަމީނީ މަގުގެ ގަސް އިންދުމާއި ގުޅޭގޮތުން މޫސަ ވިދާޅުވީ އަމީނީ މަގުގެ ގަހުގެ މައްސަލައަކީ ބޮޑުވެފައި އޮތް މައްސަލައެއް ކަމަށެވެ. އެއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އެކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި، އެހެންނަމަވެސް މަގު ހެދުމުގައި ގަސް ނުނަގާ ވާނެ އެއްވެސް ގޮތެެއް ނެތުމުން ގަސްތައް ނަގަމުން ދިޔައީ ކަމަށެވެ. އަދި މަގުގެ ޖާގަ ލިބޭ މިންވަރަކުން މަގުގައި އައު ގަސް ޖަހަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސެގްމަންޓް 1، 2 އަދި 3 ގައި ޖަހާފައި ހުރި ގަސްތައް އެހުރީ ރަނގަޅަށް ހެދެން ފަށާފައި ކަމަށާއި، އެ ތަޖުރިބާއެކީގައި މުޅި އަމީނީ މަގުގައި ހިޔާ ދޭ ޗާލު ގަސްތައް އިންދުމުގެ މަސައްކަތް ކޮންމެ ސެގްމަންޓެއް ނިންމާލާފައި ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސެގްމަންޓް 4، 5، 6 އަދި 7 ވަނަ ސެގްމެންޓުގެ ގަސް އިންދުމުގެ މަަސައްކަތް ފެށިފައިވާ ކަމަށާއި، ނާސަރީގައި ހައްދާފައި، މަގާއި ގުޅޭނެ އެންމެ ރަނގަޅު ގަސް އަމީނީ މަގުގައި ޖަހަމުންދާނެކަމަށް މޫސަ ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޯލްޑެން ޝަވަރ އަދި މޫނިމާ ގަސް ޖަހަމުންދާ ކަމަށާއި، މުޅި އަމީނީ މަގު ނިމޭ އިރު ހުރިހާ ހިސާބެއްގައި ގަސް ހުންނާނެ ކަމަށް މޫސާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް