Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައްޑޫ ރައްޔިތުންގެ ޝުއޫރު

އައްޑޫ ރައްޔިތުންގެ ޝުއޫރު: "އެއީ އަހަރެންގެ ދަރިއެއް ނަމަ އުރާލީސް"

7 ޖޫން 2023 | ބުދަ 05:55

މިފަސް އަހަރުގެ ތެރޭގައި 6 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އެކި ފެންވަރުގައި އައްޑޫސިޓީގައި ކުރިއަށް އެބަދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 ޖޫން 2023 | ބުދަ 05:55
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މިއީ އައްޑޫގެ ދެބައި އުމުރުގެ އަންހެނަކު އަޅުގަނޑުމެން ކައިރި ބުނެލި ދެތިން ޖުމްލައިގެ ވާހަކައެކެވެ. މިހެން ބުނީ ކީއްވެތޯ އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ސުވާލުކޮށްލީމެވެ. ދައްތަ ހިތުގައިވާ ޖަޒުބާތުތައް ބަންޑުންކޮށްލީ މިއަދުގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ އިޚްލާސްތެރިކަމާއި، ކެތްތެރިކަމާއި، މަޑުމައިތިރި، ރީތި ސިފަތަކުގެ ވާހަކައިންނެވެ. އެމަނިކުފާނު އައްޑޫގެ ރައްޔިތުންނާއި މިރާއްޖޭގެ ވަކި ރަށަކަށް ނުބައްލަވާ ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ވާހަކައެވެ.

ބައިގަރުނުވީ އިރު އައްޑޫ ސިޓީގެ ރައްޔިތުން ދެކިދެކި ހުވަފެންތަކުގައި ކިރިޔާވެސް ކުލައެއް ޖައްސުވާލަދިނީ މިއަދުގެ ރައީސްއެވެ. އައްޑޫގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ކޮންމެ ވެރިޔަކު ކޮށްދިން ނަމަވެސް ރަނގަޅު ކަމެއްވާނީ ރަނގަޅު ކަމަކަށެވެ.

ނަމަވެސް މިއަދު އައްޑޫ ރައްޔިތުންގެ މޫނު މަތިން ފެންނަނީ ތަފާތު މަންޒަރެކެވެ. ހިނިތުންވުމެވެ. ހިތްހަމަޖެހުމެވެ. އުފަލުން ފޮޅެނީ އެވެ. މިއީ އައްޑޫގެ ކޮންމެ ދިމާލަކަށް ބެލިކަމުގައިވިޔަސް ކުލަ ޖެހެމުންދާ މަންޒަރުތަކުންނެވެ. ބިން ހިއްކުމުގެ މަޝްރޫއުއާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، މަގުތަށް ހެދުމާއި އައްޑޫ ސިޓީއަށް ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ވާހަކައަކީ ފާއިތުވި އެތައް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ވެރިކަމެއްގައި ވެސް ދެކެވުނު ވާހަކަތަކެވެ.

މިފަދަ ވާހަކަތަކާއި އެކިއެކި ޕާޓީތަކުން ގެންނަ މެނިފެސްޓޯތަކުގެ މަޅީގައި ވެސް އައްޑޫގެ ގިނަ ރައްޔިތުން ޖެހެއެވެ. ސަބަބަކީ އައްޑޫ ސިޓީއަށް ތަރައްޤީ ގެންނަން ބޭނުންވެފައި މިންވަރު އެ ރައްޔިތުންގެ ކިބައިގައި ބޮޑުވުންނެވެ. ކަން މިހެންހުރި އިރު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގައި އައްޑޫ ސިޓީ ބާކީ ނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމުގެ ފުރަތަމަ ދުވަސްވަރު މުޅި ދުނިޔެއަށްދިމާވި ކޮވިޑްގެ ހާލަތާއެކު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓުމެއްނެތި މަޝްރޫއުތައް ކުރިއަށް ގެންދެވިއެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުމާއި ސްކޫލުތަކުގެ ކްލާސްރޫމުތައް އިތުރު ކުރުމުގެ މަސައްކަތްތާއި ފުޓްސަލް ދަނޑުތައް ތަރައްޤީ ކުރުމާއި މިނޫންވެސް ވަރަށް ގިނަ މަޝްރޫއުތައްދިޔައީ ކުރިއަށެވެ.

އެގޮތުން އައްޑޫ ސިޓީގައި ވެސް މި ފަސް އަހަރުގެ ތެރޭގައި 6 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އެކި ފެންވަރުގައި ކުރިއަށް އެބަދެއެވެ. ރައްޔިތުން ބުނަނީ ހަމަ އެންމެ ވާހަކައެކެވެ. ރައީސް ވަރުގެ ހިތްވަރުގަދަ ވެރިއަކު ނުދެކޭ ކަމަށެވެ. މިއަދު އެމަނިފާނު އައްޑޫ ސިޓީއަށް ގެންނަމުންދާ ތަރައްޤީއަކީ ބަޔާންކޮށްދޭން ނޭނގޭހާ ބޮޑެތި ކަންކަމެވެ.

އައްޑޫސިޓީގައި ކުރިއަށްދާ މަގުހެދުމުގެ މަޝްރޫއުއާއި ގުޅިގެން ބައެއް ރައްޔިތުން ވިދާޅުވީ އައްޑޫ ސިޓީގެ މަގުތަކަކީ ވިއްސާރަ މޫސުމުގައި ބޮޑެތި ފެންގަނޑު ހެދިފައި ހުންނަ މަގުތައް ކަމަށާއި މިމަގުތަކުގައި ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވާ ކަމަށެވެ. މިމަގުތައް މިއަދު ރަނގަޅު ފެންވަރަކަށް ހެދި ތާރު އެޅި މަގުތަކަށް ބަދަލުވެގެންދިއުމަކީ ދުވަހަކު ވެސް އުއްމީދު ކުރެވުނު ކަމެއް ނޫން ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ގަން އިންޓަރނޭޝަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ސަރުކާރުން އައްޑު އަތޮޅާ މެދު ގެންގުޅޭ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢުއެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓު އައްޑޫ ސިޓީ އިޤްތިޞާދީ މައި ހަބަކަށް ހަދައިދޭނެ މަޝްރޫޢު އެއް ކަމަށް ސަރުކާރުން ބުނަމުންދާއިރު މިއީ އައްޑޫ އެތައް ރައްޔިތުންނެއްގެ ވަރަށް ބޮޑު ހުވަފެނެކެވެ. 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރެވި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ފްލައިޓްތައް ރާއްޖޭގެ ދެކުނަށް އޮޕަރޭޓް ކުރުމަށް މަގުފަހިވާނެ ކަމަށް ދެކެވޭ ވާހަކަތަކުގައި ކުލަ ޖެހެމުންދާތީ ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ. ރައްޔިތުންގެ އެތައް ހާސް ޝުކުރެއް ރައީސަށް އޮއްސާލަނީއެވެ. ދެވަނަ ދައުރަކަށް އެމަނިކުފާނު ނުގެންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުން އަޑު ހަރުކޮށް ބުނަން ފަށައިފިއެވެ.

އެގޮތުން ބިން ހިއްކުމުގެ ސަބަބުން ޒަމާނުއްސުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ކުރެވި އިޤްތިޞާދީ އެތައް ހަރަކާތެއް ހިނގައިގަނެގެންދާނެ ކަން ރައްޔިތުން ޤަބޫލުކުރަން ފަށައިފިއެވެ. މިހުރިހާ ކަމެއްގެ ވެސް ހެޔޮ ނަތީޖާއަކީ އަދުގެ ސަރުކާރުން ވަކި ރަށެއް ނުބަލައި ކުރިއަށްގެންދާ ތަރައްޤީއެވެ.

ޖުމްލަ 228 ހެކްޓަރުގެ ބިން މުޅި އައްޑޫ ސިޓީން ހިއްކަން ހަމަޖެހިފައިވާއިރު މިއީ 1.6 ބިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މިއީ ރައްޔިތުންގެ އުއްމީދުގެ ހުޅުކޮޅު ދިއްލުނު ހިސާބެވެ. އައްޑޫ ރައްޔިތުން ބުނަނީ އިތުރު 2 ދައުރަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު އިންތިޚާބުކުރައްވަންވީ ކަމަށެވެ. މިފެށިފައިވާ މަޝްރޫއުތައް އައްޑޫ ސިޓީގައި ކުރިއަށް ގެންދަވާނެ ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް