Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ސާފް ލީގު

ދިވެހި ސާފް ލީގުގެ "ގާމާދޫކޮޅު" މި މަހު 14ގައި ފަށަނީ

މި އަހަރުގެ ތިން ވަނަ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ކ.ހިންހަމަފުށީގަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 6 ޖޫން 2023 | އަންގާރަ 09:06
ދިވެހި ސާފް ލީގުގެ ތެރެއިން

ދިވެހި ސާފް ލީގުގެ ތެރެއިން

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް ގުޅިގެން ކުރިޔަށްގެންދާ ދިވެހި ސާފް ލީގުގެ މި އަހަރުގެ ތިން ވަނަ އިވެންޓު، "ގާމާދޫކޮޅު" މި މަހު 14 ގައި ފަށާނެއެވެ.

ދިވެހި ސާފް ލީގުގައި ފަސް އިވެންޓެއް ހިމެނޭއިރު، ހުރިހާ އިވެންޓެއްވެސް ކުރިޔަށްދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ. އެގޮތުން މި އަހަރު މިހާތަނަށް ވަނީ ދެ އިވެންޓެއް ނިމިފައެވެ. އެއީ ފެބުރުވަރީ މަހު ގދ.ގައްދޫގައި ކުރިޔަށް ދިޔަ "ކަޅެގަލެކޮޑާ" އާއި މެއި މަހު މ.މުލީގަ ކުރިޔަށްދިޔަ "މުލިކޮޅުރާޅުގަނޑު" އިވެންޓެވެ.

މި އަހަރުގެ ތިން ވަނަ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ކ.ހިންހަމަފުށީގައެވެ. މި އިވެންޓު ކުރިޔަށްދާނީ މި މަހުގެ 14 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފިން އެސޯސިއޭޝަނުން މައުލޫމާތު ދިންގޮތުގައި މިހާތަނަށް ފިރިހެން އޯޕަން ބައިން 31 ސާފަރުން އަދި ޖޫނިއާ ބައިން 14 ސާފަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އެސޯސިއޭޝަނުން އިތުރަށް ބުނީ، މި އިވެންޓަކީ ޖުލައި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ދިވެހި ސާފް ލީގުގެ ހަތަރު ވަނަ އިވެންޓު ކުރިޔަށްދާނީ ޖުލައި މަހުގެ 28 އިން އޮގަސްޓު 1 ގެ ނިޔަލަށް ރ.ކިނޮޅަހުގައެވެ. އަދި މި އަހަރުގެ އެންމެ ފަހު އިވެންޓު ކަމަށްވާ ރަންނަމާރި ޗެލެންޖު އޮންނާނީ އޮކްޓޫބަރު މަހު 27 އިން ނޮވެމްބަރު 5 ގެ ނިޔަލަށެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖުލައި މަހު މި މުބާރާތް ކުރިޔަށްދާނީ ރާއްޖޭގައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު