Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ

އެންތަނީ ޓޭލާގެ މައްސަލަ ޔުއެފާ އިން ބަލަނީ

6 ޖޫން 2023 | އަންގާރަ 05:22

ކުރިއަށް އޮތް ތަނުގައި ޔޫރަޕުގެ މުބާރާތްތަކުގެ ބޮޑެތި މެޗުތަކަށް އިންސާފު ކުރުމަށް އޭނާ އަށް ފުރުސަތު ނުދީފާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2023 | އަންގާރަ 05:22
ޔޫރޮޕާ ލީގު ފައިނަލް މެޗުގެ ފުރަތަމަ ރެފްރީއަކަށް ހުރި ޓޭލާ އަދި ޔުއެފާގެ ރައީސް ޗެފެރިން

ޔޫރޮޕާ ލީގު ފައިނަލް މެޗުގެ ފުރަތަމަ ރެފްރީއަކަށް ހުރި ޓޭލާ އަދި ޔުއެފާގެ ރައީސް ޗެފެރިން

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގެ ފުރަތަމަ ރެފްރީ އެންތަނީ ޓޭލާގެ މައްސަލަ އެ އިދާރާ އިން ބަލަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ޔުއެފާގެ އިސް އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ފައިނަލް މެޗުގައި ޓޭލާގެ ނިންމުންތަކާ މެދު އެ އިދާރާގެ ރެފްރީސް ކޮމެޓީގެ އިސްވެރިން ހިތްހަމައެއް ނުޖެހެ އެވެ. އެގޮތުން ބައެއް ހާލަތްތަކުގައި އޭނާގެ ނިންމުންތައް ނިންމިފައި ހުރީ އެންމެ އިންސާފުވެރި ގޮތެއްގައި ނޫން ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން ޔުއެފާ އިން ޓޭލާގެ މައްސަލަ ބަލައި ނިމޭއިރު، ކުރިއަށް އޮތް ތަނުގައި ޔޫރަޕުގެ މުބާރާތްތަކުގެ ބޮޑެތި މެޗުތަކަށް އިންސާފު ކުރުމަށް އޭނާ އަށް ފުރުސަތު ނުދީފާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފައިނަލް މެޗުގައި ޓޭލާގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ރޯމާގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް ވަނީ އޭނާ އަށް ނުރުހުން އަމާޒުކޮށްފަ އެވެ. ހަމައެއާއެކު މެޗަށް ފަހު ޕުސްކާސް އެރީނާގެ އަންޑަގްރައުންޑް ޕާކިން ލޮޓުގައި ޓޭލާއާ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެމެދު ދެބަސްވުންތަކެއް ހިނގި އެވެ. އެކަމާ ގުޅިގެން ޔުއެފާ އިން އަންނަނީ މޮރީނިއޯގެ މައްސަލަ އާއި، ސަޕޯޓަރުންގެ މައްސަލަ ވެސް ބަލަމުންނެވެ. އެކަމާ ދެކޮޅަށް މިހާރު ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. ޔޫއެފާގެ ކޮންޓްރޯލް، އެތިކްސް އެންޑް ޑިސިޕްލިނަރީ ބޮޑީ (ސީއީޑީބީ) އިން މި މައްސަލަތަކާ ގުޅިގެން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

ޓޭލާ ވަނީ ފައިނަލް މެޗުގައި 13 ކުޅުންތެރިންނަށް ރީނ ދޫ ކާޑު ދައްކައިފަ އެވެ. އެއީ ޔުރޮޕާ ލީގު މެޗެއްގައި އެންމެ ގިނަ ކާޑު ދެއްކި ފަހަރެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް