Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އޭޖީގެ ޖަވާބު ތަކާއެކު އިދިކޮޅުގެ "ޗާގޯސް ޗަރުކޭސް" ތޮޅިއަށް

ޖަލްސާ ނިންމަވާލެއްވީ ކުއްލިއަކަށް

ރާއްޖެ އެމްވީ | 5 ޖޫން 2023 | ހޯމަ 12:18
2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ

2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ

"ކަނޑު ވިއްކާލައިފިއޭ" "500 މިލިއަން ޑޮލަރޭ" "ސިއްރު ސިޓީއޭ" ދެންވެސް ގޮވުނިއްޔާ ގޮވުނު ގޮވެލިފައްޗެއް ގޮވާތާ ހެޔޮވަރު ދުވަސްކޮޅެއް ވެއްޖެ އެވެ. ޗާގޯސް އާއި ރާއްޖެއާ ދެމެދުއޮތް ކަނޑުގެ ފުށުއަރާ ސަރަހައްދާ ބެހޭގޮތުން މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި އިޓްލޮސްއިން ދިވެހިރާއްޖެއާ އެއްކޮޅަށް ނިންމީންސުރެ އިދިކޮޅުން ޖަހަމުން އެދަނީ އެސަކަރާތެވެ.

ފުރަތަމަ ބޭއްވީ ޕްރެސް ކޮންފަރެންސެކެވެ. އެއަށް އަރާ ތިއްބެވި ބޭފުޅުން، އެބޭފުޅުން އެބޭފުޅުންނަކާ ދިމައެއް ނުވިއެވެ. ދެބޭފުޅަކަށް އެކައްޗެއް ވިދާޅެއް ނުވެވުނެވެ. އެއް ބަންޑާރަނައިބަކު ކަނޑާލަނީ އަނެއް ބަންޑާރަ ނައިބުގެ ބޮލަށެވެ. ކުރިން ސަރުކާރުތައް ހިންގެވި ބޭފުޅުން، އަނެއް ބޭފުޅާގެ ސަރުކާރަށް ކަނޑުއްވާލެއްވިއެވެ. އެހާލެއްގައި އެޕްރެސްކޮންފަރެންސް ނިމުނުއިރު މުޅިންވެސް ވަނީ ބައިކޮޅަށް ގޯލެވެ. "ތިމާމެން" ނޫންނަމަ "ކުރީގެ ސަރުކާރުތަކުން" އަޅާ ނުލީތީ ދިމާވި ގޮތެއްކަމަށް އިތުރަށް ރައްޔިތުން ގަބޫލުކުރީއެވެ.

ދެން ބޭއްވީ މުޅިރާއްޖެއިން މީހުން ގެނެސްގެން ބޭއްވި ހަރަކާތެކެވެ. ބޮޑު މުޒާހަރާއެއްގެ ގޮތުގައި ބާއްވަން އުޅެ އެވަރު ނުވެގެން ބޭއްވީ ޖަލްސާއެކެވެ. ނިމުނުއިރު އެކަންވެސް ވީ މުޅިން އެހެން ގޮތަކަށެވެ. ޕީޕީއެމުން ކުޅުނު ސިޔާސީ ކުޅީގައި، ޕީޕީއެމަށް "ރަތްމަހަކަށް ނުގޮވާހާ" އެއްޗެހި ގޮވި ބޭފުޅުން ސިޔާސީ ގޮތުން ފަހަތަށް "ސޮއްސާލީ" އެވެ. ޕީޕީއެމްގެ ޕްރޮމޯޝަނަކަށް ރޭވި މަޅީގައި ރަނގަޅަށް ޖެހި "އިންޑިއާ އައުޓް"ގައި ވެސް ބައިވެރި ކުރުވީއެވެ.

އިސާހިތަކު އެއެއްވެސް ވަޔަކު ނުހިފިއެވެ. އަނެއްކާވެސް އަނެއް "ފައްޔެވެ". ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް 13 މެންބަރަކު މަޖިލީހަށް ހުށަހެޅުއްވީއެވެ. ފުރާޅުގައި ޖެހި، ތަޅުމުގައި ޖެހޭވަރަށް ފުމުނަސް އެކަން ނުވާނެކަން އެނގި ތިބެމެވެ.

ބަންޑާރަ ނައިބު ފުރަތަމަ ޖަވާބު ދެއްވަން އުޅުއްވީ ލިޔުމުންނެވެ. ޗާގޯސް މައްސަލައަކީ ޤާނޫނީ އެތައް ވާގިއާ ތަކެއް ހިމެނޭ ކަމަކަށްވާތީ ތަފްސީލްކޮށް މެންބަރުންނަށް އޮޅުން ފިލުވައިދެއްވުމަށެވެ. ޤާނޫން އަސާސީން އެ ހައްޤު ލިބިދޭތީއެވެ. އިދިކޮޅު މެންބަރުންނަށާއި ރިޔާސަތަކަށް އެގޮތް ކަމަކު ނުދިޔައެވެ. ހައްގުން ކަމަކާ ނުލައި އިސްތިޝާރީ ލަފައެއް ހޯއްދަވަން ކަމަށް ވިދާޅުވެ މަޖިލިސް ހުއްޓަވާލެއްވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ފޮރުވާނެ އެއްޗެއް އަދި ޖަވާބު ނުދެއްވޭނެ ސުވާލެއް ނެތްކަމަށެވެ. ކަންކުރެއްވީ ޤާނޫން އަސާސީއާއި ޤާނޫންތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ އެއްގޮތަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކާމިޔާބުވީ ރާއްޖެއަށް ކަމަށެވެ. އެހެން ކަމުން ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ނިންމެވީ ލިޔުމުން ޖަވާބު ދެއްވަން ފުރުސަތު ނުދެއްވީތީ މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވުމަށެވެ.

އެމައްސަލައިގާ ބަންޑާރަނައިބުވެސް ވަޑައިގެން ބާއްވަން އުޅުއްވި ޖަލްސާ ވެސް ކަމަކުނުދިޔައެވެ. އިދިކޮޅަށް ކުރިން ކަމުނުދިޔައީ ބަންޑާރަނައިބު ވަޑައި ނުގަންނަވައިގެންނެވެ. ވަޑައިގެންނެވީމާ ދެން އުޅުއްވީ ވަޑައިގެންނެވި ސަބަބު ހޯއްދަވާށެވެ. ޖަލްސާ ދިގުދަންމަވާލައްވައިގެން ސަރުކާރަށާއި ބަންޑާރަނައިބަށް "ގަޅިތައް" އުއްކަވާ ބޮޑު ޑްރާމާއެއް ފެއްޓެވިއެވެ. ރިޔާސަތުގެ ބައިވެރިވުމާއެކު ބޮޑު ޗަރުކޭހެއް ކުޅުއްވާން ފެއްޓެވިއެވެ. އެމެންބަރުން ނެންގެވި ނިޒާމީ ނުކުތާތަކާއި ކޮޅަށް ތެދުވެވަޑައިގެން އެޖެއްސެވި ސަކަރާތާއި އަޑުހަރުކޮށް ޖެއްސެވި ލަވަޔާ، މައްސަލަ ހުށަނާޅުއްވާ ދެއްކެވި ބަހަނާތަކަށްފަހު އެގޮތް މިގޮތުން މައްސަލަ ހުށަހެޅިއެވެ.

އިސާހިތަކު ދެން އެލިބުނީ ޤާނޫން އަސާސީގައި ބުނާގޮތަށް ޖަވާބުދާރީވުމަށް ބަންޑާރަ ނައިބަށް ފުރުސަތެވެ. ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ޖަލުން ސަލާމަތް ކުރައްވަން އުޅުއްވި ޤާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގެންނެވި ރިފްއަތު ޖަވާބު ދެއްވަން ފެއްޓެވިއެވެ. ފިސާރި ކެރިގެން ސާފުވާނޭ ގޮތަށް ޤާނޫނީ ޕޮއިންޓްތަކާއެކު ސީދާސާދާ ކޮށް ކުރުކުރުކޮށެވެ. ފާހަގަ ކުރެއްވީ މައިގަނޑު ތިން ހަތަރު ކަމެކެވެ. އެއްކަމަކީ މައްސަލައިގާ ޤާނޫނީ ވަކީލުންގެ ގޮތުގައި އުޅުއްވީ  ބޭރުގެ ތަޖްރިބާކާރު ޕްރޮފެސަރުން ކަމަށާއި ދުނިޔޭގެ ކަނޑުގެ ޤާނޫން ދެނެވަޑައިގަންނަވާ، އެފަދަ ކާމިޔާބު އެތައް މައްސަލައެއް ކާމިޔާބު ކުރެއްވުމުގެ އިތުރުން މިއަދުވެސް އެދާއިރާއިން ކިޔަވައިދެއްވާ ބޭފުޅުން ކަމަށެވެ. އަނެއްކަމަކީ އެބޭފުޅުންގެ މަސައްކަތުން ކާމިޔާބު ލިބުނީ ރާއްޖެއަށް ކަމަށެވެ. ދެން އެވިދާޅުވީ އަދި މާބޮޑު ވާހަކަތަކެކެވެ. އިދިކޮޅުން މިއަދު އެވާހަކަތައް ދައްކަވާ ބަންޑާރަ ނައިބުންނަށް ކުރީގެ ސަރުކާރުތަކުގައި އެމައްސަލައިގާ ހަވާލު ކުރެއްވި މަސައްކަތް ނުކުރައްވާ އޮތުމުން ދިމާވި ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދާއި މައްސަލަ ހުށަހެޅުއްވި މެންބަރުންގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަންކުރެއްވި ގޮތުން ވީ ކަމެއް ކަމަށެވެ. އެއްވެސް ސަރުކާރަކުން ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނެ ހޯދަން ނޫޅުމާއި މޮރިޝަސްއިން ހުށަހަޅައިގެން އެމީހުންގެ ތަނަކަށް އެތަން ނިންމިއިރު ފަހު ފުރުސަތުގައިވެސް ރައީސް ޔާމީންގެ ސަރުކާރުން އަޅުއްވާ ނުލުމުން ދެން ޗާގޯސް އަކީ ރާއްޖޭގެ ތަނަކަށް ހެދެން ނެތްކަމަށެވެ. އަދި ޗާގޯސްއަކީ ރާއްޖޭގޭގެ ތަނަކަށް ނުވާނަމަ ދެ ގައުމުގެ ދެމެދުގައި އޮންނަ ބައި ބަހަންޖެހޭނެ ކަމާއި އެބައި ބަހައިގެން ކާމިޔާބު ލިބުނީ ރާއްޖެއަށް ކަމަށެވެ.

ޖުމްލަ ގޮތެއްގައި ބަންޑާރަ ނައިބުގެ ވާހަކަތަކަކީ މިއީ ކަމަށްވިއަސް ރިފްއަތު އެވާހަކަތައް ވިދާޅުވީ ޤާނޫނީ މާއްދާތަކާއި އޭގެ ތަފްސީލްތަކާއެކު ވަރަށް ހާމަކޮށެވެ. ސާފު އިބާރާތުންނެވެ. ކިތަންމެ ގަމާރު މީހަކަށްވެސް ސާފުވާހާ ރީތި ސާފު އިބާރާތުންނެވެ.

ބަންޑާރަނައިބުގެ ޖަވާބުތަކާއެކު މުޅި މަޖިލީހަށް ލިބުނީ ސިހުމެކެވެ. އިދިކޮޅުގެ ބަސްހުއްޓުނު ކަހަލައެވެ. ފުރުސަތުގެ ބޭނުން ހިފީ އެމްޑީޕީ މެންބަރުންނެވެ. ދެމުންދިޔައީ ކުރުދޮށިންނެވެ. މައްސަލައިގެ ހަގީގީ ބޭނުން ބުނެދެމުންނެވެ. ކުޅެމުންދާ ސިޔާސީ ޗަރުކޭހުގެ ފަހަތުގައިވާ "ސިއްރުތައް" ލައިވް ކޮށް ބުނެދެމުންނެވެ. ދެނެކާ ދެނެއް ނެތެވެ. އެމްޑީޕީ މެންބަރުން ޖައްސަވަމުން ގެންދެވީ މުޅިންވެސް ހަޔަކަށެވެ.

ވީގޮތެއް ނޭނގުނެވެ. މައްސަލަ ހުށަހެޅުއްވި އިދިކޮޅު މެންބަރުން މާބޮޑު ބަހުސަކަށް ދާކަށްވެސް ނޫޅުއްވިއެވެ. އަނެއްކާވެސް ނިޒާމީ ނުކުތާތައް ނެންގެވުމާ، ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަ ކުރައްވާ ހައްދަވާން ފެއްޓެވިއެވެ. އޭރު ރިޔާސަތުވެސް ބަދަލުވެއްޖެއެވެ. "ޕްލޭން އޭ ފެއިލްވެއްޖެ ކަމަށާއި ޕްލޭން ބީގައި ކުރާނެ ކަމެއް ނެތޭ، މަވާ ސަލާމޭ" ވިދާޅުވާފަދަ ގޮތަކަށް ރިޔާސަތުން އަވަސް އަވަހަށް މަޖިލިސް ނިންމަވާލެއްވިއެވެ.

ކޮންމެއަކަސް މިފަހަރުވެސް ކާމިޔާބެއް ނުވިއެވެ. ނާކާމިޔާބީގެ މައްޗަށް އަނެއްކާ އަނެއް ނާކާމިޔާބީއެވެ. 500 މިލިއަން ޑޮލަރޭ، ޗާގޯހޭ، ބާނަބާނާ ތިއްބައޭ، އަތުލާނަމޭ މިހެންގޮސް ދެންވެސް ދުލަށް އައިހާ އެއްޗެއް ވިދާޅުވެ ކުޅުނު ސިޔާސީ ޗަރުކޭސް މިފަހަރުވެސް ދިޔައީ ތޮޅިއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

15 ފެބުރުއަރީ 2019
ބޮޑެތި ބަދަލުތަކާއެކު ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ!

ބޮޑެތި ބަދަލުތަކާއެކު ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ!

09 ފެބުރުއަރީ 2019
ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

09 ޖެނުއަރީ 2019
ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

02 ޖެނުއަރީ 2019
އީބޫގެ ތަރައްގީގެ ވައުދުތަކާއެކު ފާދިއްޕޮޅު ރައްޔިތުން ހެއްވާލައިފި!

އީބޫގެ ތަރައްގީގެ ވައުދުތަކާއެކު ފާދިއްޕޮޅު ރައްޔިތުން ހެއްވާލައިފި!

15 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު