Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑު

"ހެކިންގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑަކީ ދަޢުވާލިބޭ ފަރާތްތަކުން އެދުމުން ދައުލަތުން ހާމަކުރަންޖެހޭ މަޢުލޫމާތު"

5 ޖޫން 2023 | ހޯމަ 08:42

އިސްތިއުނާފު ރައްދުވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ބަޔަކަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2023 | ހޯމަ 08:42
ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

ސިއްރު ހެކިން ފިޔަވައި ދެން ތިބި ހެކިންގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑަކީ ދަޢުވާލިބޭ ފަރާތްތަކުން އެދުމުން ދައުލަތުން ހާމަކުރަންޖެހޭ މަޢުލޫމާތުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ ހައިކޯޓުން ނިންމާފައިވާ ޙުކުމަކާއިމެދު ހިތްހަމަނުޖެހިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ. އެގޮތުން އިސްތިއުނާފު ރައްދުވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ 3 މީހެއްގެ މައްޗަށެވެ.

Advertisement - newsAdvertisement

އެމީހުންގެ މައްޗަށް ދައުވާ އުފުލައި ދައުވާތައް ހުށައަޅާފައިވަނީ ސ ފެދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ސ ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުމެއްގައި އެ ކޯޓުން ވަނީ ދައުލަތުގެ ބައެއް ހެކިންގެ ކުށުގެ ރެކޯޑާއި، ހައްޔަރު ރެކޯޑު އާންމު ކުރުމަށް ދައުލަތަށް އަމުރުކޮށްފައެވެ.

އެ ނިންމުމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވާއިރު، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ހައިކޯޓުގެ އެ ނިންމުމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ރ ގައި ދަޢުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެ ފަރާތުގެ ކުށުގެ ރެކޯޑު ދައުލަތުން ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެ މާއްދާގައި ލަފުޒީ ގޮތުން ބަލާއިރު "އެ ފަރާތް" ކަމަށް ބަޔާންކޮށްފައިވަނީ ދަޢުވާލިބޭ ފަރާތްކަމުގައި ބެލެވެނު ނަމަވެސް، އެ މާއްދާގެ (ބ)  އަދި (ކ) އަށް ބެލުމުން، މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެ ކުށުގެ ރެކޯޑު ހާމަކުރުންވެސް ހިމެނޭ ކަމުގައި ބުރަވެވޭކަމަށް ހައިކޯޓުންވެސް މި މައްސަލައިގައި ނިންމިއެވެ.

ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ކަމަށް ފެންނަ ނުކުތާއެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފީ އެއް ނުކުތާ ހުށަހަޅާފައިވެއެވެ.

ދައުލަތުން ބުނާ ގޮތުގައި މި މައްސަލައިގައި ކުރި ތަޙުޤީޤުގެ އެއްވެސް ހިސާބަކުން ހެކިންގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެދި، ނުވަތަ ހެކިންގެ ފަތިފުށް މައްސަލައާ ގުޅިގެން ބަލާފައެއް ނުވެއެވެ.

ވުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގައި ބަޔާންކުރާފަދަ މަޢުލޫމާތެއް ނޫންކަމަށް ދައުލަތުން އިސްތިއުނާފުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ދައުވާލިބޭ ފަރާތުން އެދިއްޖެނަމަ ދައުލަތުން ހުށަހަޅާ ހެކިންނާ ގުޅިގެން ހާމަކުރުން ލާޒިމުވާ މަޢުލޫމާތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއީ ހެކިންގެ ނަމާއި އެޑްރެސް ކަމަށް ދައުލަތުން ބުނެއެވެ.

އެހެންނަމަވެސް، ހެކިންގެ ހައްޔަރާއި ކުށުގެ ރެކޯޑު ހާމަކުރަންޖެހޭނެ ކަމަކަށް އެ އަކުރުގައި ނުވަތަ އެނޫންވެސް އަކުރެއްގައި ބަޔާންކޮށްފައި ނެތްކަމަށް ދައުލަތުގެ ވަކީލުން ފާހަގަ ކުރައްވާފައިވެއެވެ.

ދައުލަތުން ބުނެފައިވަނީ "އެ ފަރާތް"  އޮތް މާނައިގެ ތެރޭގައި ހެކިންވެސް ހިމެނޭނެކަމަށް ހައިކޯޓުން މާނަކޮށްފައިވަނީ ރަނގަޅަކަށް ނޫން ކަމަށެވެ.

މި ހެކިތައް ތުހުމަތު ކުރެވޭ ފަރާތްތަކަށް ދޫކުރުމަށް ދައުލަތުން ދެކޮޅު ނުހަދާ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ނަމަވެސް ދައުލަތުން ސުވާލު އުފައްދަނީ އެ ހުރިހާ އެއްޗެއް ދިނުމާއި، ދޫކުރަންޖެހޭ މިންވަރާމެދުގައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ބަލާފައިވަނީ، ޝަރީޢަތުގެ ކުރީގެ މަރްޙަލާގައި ދަޢުވާލިބޭ ފަރާތުން އެދެފިނަމަ ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑު ހާމަކުރުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއްތޯ ނުވަތަ ނޫންތޯއެވެ.

މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ، ހެކިންގެ ޢަދުލުވެރިކަމާއި ހެކިންގެ ނުރަނގަޅު ނިޔަތެއް އޮތްކަން ސާބިތުކޮށްދޭ ހެކީގެ ގޮތުގައި ކުށުގެ ރެކޯޑުގެ ބޭނުން ކުރެވެން އޮތީ ހެއްކާބެހޭ ޤާނޫނުގެ 48 ވަނަ މާއްދާއާއި 129 ވަނަ މާއްދާގައިވާ މިންވަރަށް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ވިދާޅުވީ، ކުށުގެ ރެކޯޑް އެއަށްވުރެ އިތުރަށް ހާމަކުރި ނަމަވެސް އަދި ހެކިންގެ ހައްޔަރު ރެކޯޑު ހާމަކުރި ނަމަވެސް، އެތަކެތި ހުށަހަޅައިގެން ދައުލަތުގެ ހެއްކަކަށް ބަލިކަށި ކަމެއް ނުގެނެވޭނެތީ ކަމަށާއި، އަދި ތުހުމަތުކުރެވޭ ފަރާތުގެ ކޮޅަށް ބުރަދަނެއް ވެސް ނުލިބޭނެތީ ކަމަށެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ، ހެކިބަސްދެވޭ މީހާއަށް ކުރެވޭ އިތުބާރު ވަރުގަދަ ކުރުމަށް ނުވަތަ އެ އިތުބާރު ނަފީކުރުމަށް ޤާނޫނުގައި ބަޔާންވެގެންވާ އިސްތިސްނާ ޙާލަތްތަކެއްގައި ނޫނީ ހެކި ހުށަނޭޅޭ ގޮތަށް ހެއްކާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ވަރަށް މުހިންމު ސަބަބަކަށްޓަކައި ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ދެކިލައްވާ ގޮތުގައި ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫނެވެ.  

ވުމާއެކު، މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑް ދޫކުރުމާ ގުޅޭގޮތުން ދަށު ކޯޓާއި ހައިކޯޓުން ނިންނި ނިންމުން ބާޠިލު ކުރަންޖެހޭ ކަމަށް ފަނޑިޔާރު ދެކިލައްވައެވެ.  

ފަނޑިޔާރު ދެކިލައްވާ ގޮތުގައި ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑު އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ހާމަކުރެވޭނީ ވަކި ޙާލަތެއްގައެވެ. އެއީ ހެއްކާބެހޭ ޤާނޫނުގެ 48 ގެ (ނ) އާއ،ި އެ ޤާނޫނުގެ 129 ވަނަ މާއްދާގެ (ހ) ގެ 4 ވަ ނަ ނަންބަރުގައި ބަޔާންވެގެންވާ މިންވަރަށް ދައުލަތުގެ ހެކިންގެ ކުށުގެ ރެކޯޑު އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ހާމަ ކުރުމެވެ.  

މި މައްސަލައިގައި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު ތަފާތެވެ.   

އެ ދެ ފަނޑިޔާރުން ދެކިލައްވާ ގޮތުގައި ހެކިވެރިއެއްގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑަކީ އެއްވެސް މިންވަރަކަށް ދަޢުވާލިބޭ ފަރާތުން ދިފާޢުވުމަށްޓަކައި ޝަރީޢަތުގައި ބޭނުން ނުހިފޭނެ މަޢުލޫމާތު ކަމުގައި ވިދާޅުވާން ދައްޗެވެ.

އަދި ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އެކި އުސޫލުތަކުގެ ފުރިހަމަ މަންފާ ލިބިގަތުމަށްޓަކައި، ހެކިވެރިއެއްގެ ކުށުގެ ރިކޯޑާއި ހައްޔަރު ރިކޯޑުގެ މަޢުލޫމާތު ހޯދުމަށް ދަޢުވާލިބޭ ފަރާތުން އެދިއްޖެ ހާލަތެއްގައި، އެ މަޢުލޫމާތު ދައުލަތުން ހާމަކުރަންޖެހޭނެކަމަށް ފަނޑިޔާރުން ދެކިލައްވައެވެ.

ފަނޑިޔާރުން ދެކިލައްވާ ގޮތުގައި ހެކިވެރިއެއްގެ ކުށުގެ ރިކޯޑާއި ހައްޔަރުގެ ރިކޯޑަކީ އެއްވެސް މައްސަލައެއްގައި ދޭންނުޖެހޭ މަޢުލޫމާތުކަމަށް ޝަރީޢަތުގެ ކުރިން ފަނޑިޔާރުން ކަނޑައެޅުމުގެ ނަތީޖާއަކީ، ދިފާޢުން އެފަދަ މަޢުލޫމާތެއް ބޭނުންކުރާނީ ކިހިނެތްކަމެއްވެސް ބެލުމެއް ނެތި އަދި އެކަމަށް ބަހުސްކުރުމަށްވެސް ފުރުސަތު ދިނުމެއް ނެތި ގޮތް ކަނޑައެޅިގެންދިޔުމެވެ.

އެއީ ޤާނޫނުއަސާސީގައި ކުށަކުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ހެއްކާބެހޭ ޤާނޫނުގެވެސް ރޫހާ އެއްގޮތަށް މާނަކުރެވޭ މާނަކުރުމެއް ކަމުގައި ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ވުމާއެކު، ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ސިއްރު ހެކިން ފިޔަވައި ދެންތިބި ހެކިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑު ދޫކުރެވެނީ ވަކި ޙާލަތްތަކެއްގައިކަމަށް ބަޔާން ކުރައްވާފައިވީނަމަވެސް، އެއީ ދަޢުވާލިބޭ ފަރާތްތަކުން އެދިއްޖެ ޙާލަތެއްގައި ދައުލަތުގެ ފަރާތުން ހާމަކުރަންޖެހޭ މަޢުލޫމާތުކަމަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ދެކިލައްވައެވެ.

މި މައްސަލައިގައި ދަށު ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ތާއީދު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް