Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ސްކޮޑު ފައިނަލްކޮށްފި

ޤައުމީ ސްކޮޑުގައި ހިމެނެނީ ފަސް ކުލަބެއްގެ ކުޅުންތެރިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2023 | ހޯމަ 05:12
ޤައުމީ ޓީމުން ކުރިއަށްގެންދާާ ފަރިތަކުރުމުގެ ތެރެއިން

ޤައުމީ ޓީމުން ކުރިއަށްގެންދާާ ފަރިތަކުރުމުގެ ތެރެއިން

މި މަހު އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ސްކޮޑު ފައިނަލްކޮށްފި އެވެ.

މުބާރާތަށް ރާއްޖެ އިން ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދިޔުމަށް ފަހު، މިހާރު ވަނީ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައިފަ އެވެ. ޤައުމީ ސްކޮޑުގައި ހިމެނެނީ ފަސް ކުލަބެއްގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. އެ ކުލަގުގެ 14 ކުޅުންތެރިޔަކު ވަނީ ޤައުމީ ސްކޮޑުގައި ހިމެނިފަ އެވެ. ދެން ހިމެނެނީ، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ގެ ތިން ކުޅުންތެރިންނާއި، ބުރު ސްޕޯޓްސް ކުލަބުގެ އެއް ކުޅުންތެރިޔަކު، ކުލަބު އީގަލްސްގެ ހަތަރު ކުޅުންތެރިޔަކު، އަދި ކުލަބު ވެލެންސިއާގެ އެއް ކުޅުންތެރިޔެކެވެ.

ސްކޮޑުގައި ހިމެނުނު މާޒިޔާގެ ކުޅުންތެރިންނަކީ، ޙަމްޒާ މުޙައްމަދު (ހަމްޕު)، ސަމޫހު އަލީ (ސަމުއްޓެ)، ހައިޝަމް ޙަސަން (ބިޑި)، ނާއިޒް ޙަސަން (ދާދު)، މުޙައްމަދު އިރުފާން (އިރޭ)، މުޙައްމަދު ފައިސަލް، އަޙަމަދު ނޫމާން (ހެލްމެޓް)، ޙަސަން ރާއިފް (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ޙަސަން ޝިފާޒް (ޑުންގާ)، ޙުސެއިން ޝިފާއު (ކުރޯ)، ޙުސެއިން ޝަރީފް، ޙުސެއިން ނިހާން (ނިހާޓް) އަދި އިބްރާހީމް އައިސަމް އެވެ. ސަސްގެ ތިން ކުޅުންތެރިންނަކީ، އަޙުނަފް ރަޝީދު، އަޙުމަދު އައިހަމް އަދި މުޙައްމަދު ނިޒާމް އެވެ. ބުރުން އިބްރާހީމް އުސާމާ ހިމެނުނު އިރު، ވެލެންސިއާ އިން ހިމެނުނީ އިބްރާހީމް ވަޙީދު ޙަސަން (އިއްބެ) އެވެ. އީގަލްސްގެ ހަތަރު ކުޅުންތެރިންނަކީ، އިބްރާހީމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުޙައްމަދު ރަޝީދު، މުޙައްމަދު ޝަފީއު އަދި ހުމެއިދު ޙަސެއިން އެވެ.

މި ސްކޮޑުގައި ޤައުމީ ސްކޮޑާއެކު މުބާާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަ ކުރާ ކުޅުންތެރިން ވެސް ހިމެނެ އެވެ. މުބާރާތުގައި ރާއްޖެ ހިމެނިފައި އޮތީ ގްރޫޕް ބީ ގައެވެ. ރާއްޖޭގެ އިތުރުން މި ގްރޫޕްގައި ދެން އޮތީ ބަންގްލަދޭޝް، ބޫޓާން، އަދި ލެބަނާން އެވެ. މުބާރާތުގެ ކުރިން ރާއްޖެ އިން ޖަޕާނުގައި ކޭމްޕު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކޭމްޕަށް ޤައުމީ ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ މެންދުރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

17 މެއި 2017
ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި

ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި

12 އެޕްރީލު 2017
ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ނެޓްބޯޅަ ޓީމް އެކުލަވާލައިފި

ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ނެޓްބޯޅަ ޓީމް އެކުލަވާލައިފި

05 އެޕްރީލު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު