Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ރޭލު އެކްސިޑެންޓް

އިންޑިއާގެ ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 288ށް

އިންޑިއާ ސަރުކާރުން ވަނީ މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެއް މިލިއަން ރުޕީސް (12،000 ޑޮލަރު) ދޭން ނިންމާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ޖޫން 2023 | އާދީއްތަ 06:51
އިންޑިއާގެ އޮޑިއްސާގައި ދެ ފަސިންޖަރު ރޭލާ މުދާއުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 288ށް އަރައިފި

އިންޑިއާގެ އޮޑިއްސާގައި ދެ ފަސިންޖަރު ރޭލާ މުދާއުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 288ށް އަރައިފި

އިންޑިއާގެ އޮޑިއްސާގައި ދެ ފަސިންޖަރު ރޭލަކާއި މުދާއުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 288ށް އަރާކަމަށް އޮފިޝަލުން ބުނެފިއެވެ.

މިއެކްސިޑެންޓުގައި އަނިޔާވި މީހުންގެ އަަދަދު 803ށް އަރައެވެ.

މީހުން ސަލަމާތްކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން ގާތްކަމަށް އިންޑިއާގެ އޮފިޝަލުން ބުނެއެވެ.

އިންޑިއާ ސަރުކާރުން ވަނީ މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެއް މިލިއަން ރުޕީސް (12،000 ޑޮލަރު) އަދި އަނިޔާވި މީހުންގެ އާއިލާތަކަށް 200،000 ރުޕީސް އާއި 50،000 ރުޕީސްއާ ދެމެދު އަދަދެއްގެ ފައިސާ ދޭން ނިންމާފައެވެ.

ޖޫން ދެ ވަނަ ދުވަހުގެ ރޭލު އެކްސިޑެންޓަކީ މިފަހުގެ ތާރީހެއްގައި އިންޑިއާގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން ހުކުރު ދުވަހުގެ ރޭ 7:00 އެހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބެންގަލޫރުން ހައުރާއަށް ދަތުރު ކުރަމުންދިޔަ ހައުރާ ސުޕަރފާސްޓް އެކްސްޕްރެސްގެ ރޭލެއް، މަޑުކޮށްފައި އޮތް މުދާއުފުލާ ރޭލެއްގައި ޖެހި، މަގުން ކައްސާލި ވަގުތާ ދިމާކޮށް ކޮލްކަތާއި އިން ޗެންނާއީއަށް ދަތުރު ކުރަމުންދިޔަ ކޮރޮމެންޑެލް އެކްސްޕްރެސް އައިސް އެދެރޭލުގައި ޖެހިގެންނެވެ.

ހާދިސާ ހިނގުމާއެކު ސަރުކާރުގެ ރެސްކިއު ޓީމްތައް ދިއުމުގެ ކުރިންވެސް ގިނަ އަދަދެއްގެ އާންމުން ނުކުމެ ރޭލްގެ އެތެރޭގައި ބަންދުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ވަރަށް ގިނަ އަދަދެއްގެ އެމްބިއުލައިންސް ވެސް ހަރަކާތްތެރިވެފައި ވެއެވެ.

އިންޑިއާ ރޭލު އެކްސިޑެންޓްއިންޑިއާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު