Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހޮރައިޒިއާ 2ގައި ރޯވުން

ކުރެވުނީ ބިރުވެރި އިހުސާސެއް، ވަކި ހިސާބަށް ދިޔުމުން އެނގުނު ބޯޓު ދެން ސަލާމަތް ނުވާނެކަން!

ބޯޓުގައި ދެ މިލިއަނެއްހާ ރުފިޔާގެ މުދާ ހުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ޖޫން 2023 | ހޮނިހިރު 12:57
ހޮރައިޒިއާ 2 ބޯޓުގައި އަލިފާން ރޯވެފައި

ހޮރައިޒިއާ 2 ބޯޓުގައި އަލިފާން ރޯވެފައި

ހުކުރު ދުވަހުގެ ރޭ ބޯޓެއްގައި އަލިފާން ރޯވެގެން އުޅޭކަން އެނގުނެވެ. އެ ބޯޓު އޮތީ ކަނޑުމަތީގައި ކަންވެސް އެނގުނެވެ. އޭރުވެސް ބޯޓުގައި އަލިފާން ހިފި ވަރެއް ނޭނގެއެވެ. ފޭސްބުކަށް މީހަކު ލީ ވީޑިއޯއަކުން ބޯޓުގައި އަލިފާން ހިފި ވަރު އެނގުނެވެ. އޭރުވެސް އެންމެ ފުރަތަމަ ހިތަށްއެރީ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅުބާވައޭއެވެ. މާގިނައިރުތަކެއް ނުވަނީސް އެމްއެންޑީއެފުން ބުނީ އެންމެން ސަލާމަތް ކުރެވިއްޖެކަމަށެވެ.

ބޯޓުގެ ކައްޕި އަހްމަދު ނިޔާޒް ރާއްޖެއެމްވީއަށް ބުނީ (ހޮރައިޒިއާ 2") ބޯޓުގައި އަލިފާން ރޯވީ މާލެއިން މުދާ ބަރުކޮށްގެން ރ. ރަސްގަތީމަށް ދަތުރުކުރަމުން ދަނިކޮށްކަމަށެވެ. އެ މުދަލުގެ ތެރޭގައި ގެދޮރު އެޅުމަށް ބޭނުންކުރާ މުދަލާއި ކާބޯތަކެއްޗާއި އެހެނިހެން ސާމާނުވެސް ހުރިކަމަށެވެ. އަދި ލަފާކުރެވޭގޮތުގައި، ބޯޓުގައި ދެ މިލިއަނެއްހާ ރުފިޔާގެ މުދާ ހުންނާނެކަމަށް އޭނާ ބުންޏެވެ.

ބޯޓުގައި އަލިފާން ރޯވިއިރު އޭގައި ތިބީ ޖުމްލަ 10 މީހުންނެވެ. އެއީ ފަސް ފަޅުވެރިންނާއި ކޭޝިޔަރާއި ކައްޕީގެ އިތުރުން ތިން ފަސިންޖަރުންނެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް އިންޖީނުގެ އެތެރެއިން ދުން އަރާކަން ފާހަގަވިކަމަށް އޭނާ ބުންޏެވެ. ބޯޓުގައި ރޯވީ ބެޓެރިން ކަރަންޓު ދޭ ބޯޑެއްގައި ރޯވެގެންކަން، ބެލިބެލުމުން އެނގުނެވެ. ބޯޓުގެ މީހުން މަސައްކަތް ކުރީ އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން އަލިފާން ނިއްވުމަށެވެ. ފުޅިންވެސް އަލިފާނެއް ނުނިއްވުނެވެ. އެންމެ ފަހުން ފެން ނަގައިގެން ފެން ޖަހަމުންދިޔައެވެ. އެކަމަކު ކޮންޓްރޯލްނުވެ، އަލިފާންގަނޑު ދިޔައީ ބޮޑުވަމުންނެވެ. ނިޔާޒު ބުނީ ފައިބަރުގައި ފަހުން އަލިފާން ހިފިކަމަށް ލަފާކުރެވެނީ ތެޔޮ ޓޭންކާއި ތެޔޮ ހޮޅިތަކުގެ ސަބަބުން ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ފެށުމުގެ ކުރިން ލަނޑާގިރާވަރަށް ގުޅައި، އެމީހުންގެ ފަރާތުން އެހީތެރިކަމަށް އެދުނެވެ. ގުޅިތާ މާގިނައިރު ތަކެއް ނުވަނީސް ލަނޑާގިރާވަރުގެ ލޯންޗެއް އައިސް ބޯޓުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެންމެ ފުރަތަމަވެސް ބޯޓުގައި ތިބި މީހުން ނެގީ ލޯންޗަށެވެ. އަދި އެމީހުންވެސް ބޯޓުގައި ރޯވެ އަނދަމުންދިޔަ ބޮޑު އަލިފާންގަނޑު ނިއްވޭތޯ މަސައްކަތްކުރިއެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ބޮޑުވަމުންދިޔައިރު ނިޔާޒަށް ކުރެވުނީ އެންމެ އިހުސާސެކެވެ. ބޯޓު ދެން ސަލާމަތް ނުވާނެކަމުގެ އިހުސާސެވެ. މުޅި ހާދިސާގައިވެސް އޭނާއަށް ކުރެވުނީ ވަރަށް ބިރުވެރި އިހުސާސްތަކެކެވެ. ހިތަށް ވަރަށް ބައިވަރު އެއްޗެހި އެރިއެވެ. ބޯޓު ކައްޕީގެ ހައިސިއްޔަތުން، ބޯޓުގައި ތިބި އެންމެން ރައްކާތެރިކުރުމަކީ އޭނަގެ ޒިންމާއެކެވެ. އެމީހުންނަށް ލިބިދާނެ ގެއްލުމަކާމެދުވެސް ނިޔާޒް އެވަގުތު ހުރީ ކަންބޮޑުވެފައެވެ. އޮޑިފަހަރު ދުއްވާތާ 20 އަހަރު ވީއިރު މިއީ މިފަދަ ބިރުވެރި ހާދިސާއަކާ ނިޔާޒަށް ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ. ގާތްގަނޑަށް 85 ވަރަކަށް ފޫޓު ހުންނަ އެ ބޯޓުގައި އަލިފާންގަނޑު ފެތުރިގަތީ އެ މީހުން ބޯޓުން ފޭބިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ބޯޓަކީ ހދ. މަކުނުދޫ، އަބްދުﷲ ހަމީދު ކުއްޔަށް ނަގައިގެން އުޅޭ ބޯޓެކެވެ. ބޯޓާއި ބޯޓުގައި ހުރި މުދަލާއެކު، ޖުމްލަ 6 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށް ނިޔާޒް ވަނީ ލަފާކޮށްފައެވެ. މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގިއިރު ބޯޓުގައި ތިބި އެންމެންގެ ފުރާނަ ސަލާމަތްކުރެވުނީ ލަނޑާގިރާވަރުން ފޮނުވި ލޯންޗުގެ ސަބަބުންނެވެ. އެމީހުން ވަނީ މިފަދަ ހާލަތެއް ކުރިމަތިވުމުން، އިންސާނިއްޔަތުގެ ނަމޫނާ މިސާލު ދައްކާފައެވެ. ހޮރައިޒިއާ ބޯޓު މިހާރު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، މުދާތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އެންމެން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު