Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަން

ފަސް މަހުން އަށް ލައްކަ ފަތުރުވެރިން، ބޮޑު ކުރިއެރުމެއް!

މިއަހަރުގެ މެއި މަސް ނިމުނުއިރު 805،303 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 3 ޖޫން 2023 | ހޮނިހިރު 05:52
ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓު ފްލައިޓްތައް ފެށުން

ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓު ފްލައިޓްތައް ފެށުން

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 800،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މެއި މަސް ނިމުނުއިރު 805،303 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. މިއީ ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެގޮތުން، 2019 ވަނަ އަހަރުގެ މެއި މަސް ނިމުނުއިރު ރާއްޖެ ޒިޔާރަތް ކުރީ 749،114 ފަތުރުވެރިންނެވެ.

Advertisement - newsAdvertisement

މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑުގެ ކުރިން އޮތްވަރަށް ކުރިއަރައިގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު މިހާރުވެސް ނަންބަރުތަކުން ދައްކަނީ އުއްމީދީ މަންޒަރުތަކެކެވެ. އެގޮތުން 2020 ވަނަ އަހަރުގެ އާލަމީ ވަބާއަށްފަހު އަހަރަކަށްފަހު އަހަރެއްގެ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15.1 އިންސައްތަ ކުރިއަރައިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ރާއްޖެ ޒިޔާރަތް ކުރީ 699،483 ފަތުރުވެރިންނެވެ.

ރާއްޖެ އައި ފަތުރުވެރިންގެ އިތުރުން ރާއްޖޭގައި ފަތުރުވެރިން ހޭދަ ކުރާ ދުވަހުގެ އަދަދުވެސް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން، 2019 ވަނަ އަހަރުގެ މެއި މަސް ނިމުނުއިރު ފަތުރުވެރިއަކު އެވްރެޖުކޮށް ރާއްޖޭގައި ހޭދަ ކޮށްފައިވަނީ 6.3 ދުވަހެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ފަތުރުވެރިއަކު އެވްރެޖުކޮށް 7.8 ދުވަސް ހޭދަ ކުރާ ކަމަށް ރިކޯޑް ތަކުންދައްކައެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ފެބްރުއަރީ މަހުގައެވެ. އެއީ 177،915 ފަތުރުވެރިންނެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކު ސީޒަނެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެ ޤައުމުން މިހާތަނަށް 93،630 ފަތުރުވެރިން ޒިޔާރަކޮށްފައިވާއިރު ދެވަނައިގައި އޮތް އިންޑިއާއިން މިހާތަނަށް 93،246 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެދެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މާކެޓުގެ 11.6 އިންސައްތަ ހިއްސާކުރެއެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަ އެހެނިގެން ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އިޓަލީ އާއި ޖަރުމަނާއި ޗައިނާ އާއި އެމެރިކާ އާއި ފްރާންސާއި ސްވިޒަލެންޑް އަދި ދެކުނު ކޮރެއާ ހިމެނެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރި ނަމަވެސް މިހާރު އެ ދާއިރާ ދަނީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ޤައުމުތަކުގައި އިތުރުވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާތީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަހަރު ފެށި އިރު ލަފާ ކުރީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީފަތުރުވެނިންރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު