Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އައު ސީޒަނަށް އަންޗެލޮޓީ ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ހަވާޓްޒް

ޗެލްސީން ހަވާޓްޒް ދޫކޮށްލާނީ އެ ކުލަބުން ކިޔާ އަގަކަށް ރުހޭ ނަމަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖޫން 2023 | ހޮނިހިރު 05:14
ޗެލްސީ އަށް ކުޅެމުން އަންނަ ހަވާޓްޒް

ޗެލްސީ އަށް ކުޅެމުން އަންނަ ހަވާޓްޒް

އައު ސީޒަނަށް ރެއާލް މެޑްރިޑުގެ ސްކޮޑު ވަރުގަދަ ކުރުމަށް ކޯޗު ކާލޯ އަންޗެލޮޓީ ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ޗެލްސީ އަށް ކުޅެމުން އަންނަ ކައި ހަވާޓްޒް ހިމެނޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ބަޔާ ލެވަކޫސަން ދޫކޮށް 2020 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބަ އޮތެވެ. ރެއާލުން ހަވާޓްޒް ގެންނަން ބޭނުންވި ނަމަވެސް، މިހާތަނަށް އެކަމާ ގުޅޭ ރަސްމީ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ސްކޮޑު އެކުލަވާލުމަށް އަންޗެލޮޓީ ބޭނުންވާ ކުޅުންތެރިން ގެނައުމަށް ރެއާލުން އިސްކަން ދޭނެ ކަމަށާއި، އެގޮތުން ހަވާޓްޒް ހޯދުމަށް ވެސް މަޝްވަރާ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ކުރިން މިވަގުތު ރެއާލުން އިސްކަން ދީގެން އޮތީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމް ހޯދުމުގެ ކަންކަން ފުރިހަމަ ކުރުމަށެވެ. އެކަން މިހާރު އޮތީ ފަހު މަރުހަލާގައި އެވެ.

ހަވާޓްޒް ހޯދުމަށް ރެއާލުން ޝަޤުވެރިކަން ފާޅުކޮށްފި ނަމަ، ޗެލްސީން އޭނާ ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް އެއީ އެކަމަށްޓަކައި ޗެލްސީން ކިޔާ އަގަކަށް ޤަބޫލުވަނީ ނަމަ އެވެ. އަނެއްކޮޅުން ލޯނު އެއްބަަސްވުމެއްގެ ދަށުން ހަވާޓްޒް ހޯދަން ބޭނުންވި ނަމަވެސް، ޗެލްސީން އެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައިވެ އެވެ. ޗެލްސީ ބޭނުންވަނީ އެ ކުލަބުން ބޭނުންވާ ރަނގަޅު އަގެއްގައި އޭނާ ދޫކޮށްލުމަށެވެ. ހަވާޓްޒް ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 139 މެޗުގައި 32 ލަނޑު ޖަހައިފައެވެ. އެ ޓީމާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެވެ.

ރެއާލް މެޑްރިޑްޗެލްސީކާލޯ އަންޗެލޮޓީަކައި ހަވާޓޭޒް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު