Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް ރިފްއަތު އެދިވަޑައިގެންފި

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންގެ ސޮޔާއެކު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ޖޫން 2023 | ބުރާސްފަތި 14:14
އިބްރާހީމް ރިފްއަތު

އިބްރާހީމް ރިފްއަތު

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް، އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންގެ ސޮޔާއެކު ހުށަހަޅުއްވާފައިވަނީ 11 މެއި 2023ގައެވެ. އަދި 31 މެއި ވީ ބުދަ ދުވަހު އެ މައްސަލައިގެ ބަހުސް، މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ މައިގަނޑު ސަބަބަކީ، ރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބައިކުރުމުގެ މައްސަލާގައި ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް އަމަލުކުރެއްވުން ކަމަށް، އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތަށް، ޖުމްލަ ވަގުތުގެގޮތުގައި 30 މިނިޓު އެރުވުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމާފައެވެ. އެއީ ބަހުސް ފެށުމަށް 10 މިނިޓް، ބަހުސްގެ މެދުތެރެއިން 10 މިނިޓް، އަދި ބަހު ނިންމުމަށް 10 މިނިޓެވެ. ނަމަވެސް 31 ވަނަ ދުވަހުގެ ޖަލްސާއަށް ބަންޑާރަނައިބު ޖަވާބު ފޮނުއްވާފައިވަނީ ސިޓީފުޅަކުންނެވެ.

އެއާއެކު، އެއީ އިދާރީ މައްސަލައެއްކަން ފާހަގަކުރައްވައި، މެމްބަރަކު މަޖިލީހުގައި ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. މަޖިލީހުގެ ރައީސް ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަންނަވައި، އެ މައްސަލަ ކުރިއަށް ނުގެންދަވަން ނިންމަވާފައެވެ. އެކަމާގުޅިގެން ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ރިފްއަތު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅުގައި ރިފްއަތު ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ދިފާއު ހުށަހެޅުއްވީ، މައްސަލަ ބިނާކުރާ މައިގަނޑު މައްސަލައަކީ ގިނަ ވާގިއާތަކާއި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއް ކަމަށް ވާތީކަމަށެވެ. އަދި ލިޔުމުން ޖަވާބު ހުށަހެޅުއްވި އަނެއް ސަބަބަކީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ކަމެއްގެ މައްޗަށް ބިނާކުރާ މައްސަލައަކީ ދިވެހި ދައުލަތް ތަމްސީލްކުރުމުގެ ވާޖިބު އަދާކުރެއްވުމުގެ ގޮތުން އަމަލުކުރެއްވި ގޮތާ ބެހޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ދައްކަވާފައިވާ ވާހަކައަކަށްވާތީ، އެކަން ހާމަކޮށްދެއްވުމަށް ކަމަށް ރިފްއަތު ވިދާޅުވިއެވެ.

އެހެންނަމަވެސް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު 31 މެއިގެ ޖަލްސާގައި ދެއްވާފައި ނުވާތީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން، އަނގަބަހުން ދިފާއުގައި މަސައްކަތްކުރެއްވުމުގެ ހައްގު އިޚުތިޔާރުކުރައްވަން އެދިވަޑައިގަންނަވާކަމަށް ރިފްއަތު ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގެ ބަހުސް އޮންނަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު އެރުވުމަށް ރިފްއަތު ވަނީ އެދިވަޑައިގެންފައެވެ.

ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު