Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލީ ވަހީދު

ޓެކްޓިކްސް ބަރާބަރު، އިނގިރޭސިންނަށް ފުޓްބޯޅަ ކިޔަވައިދެނީ ދިވެއްސެއް

އޭނާ ތަށި ހޯދީ ޓޮޕް ސްކޯރަރު ބެންޗުގައި ބައިންދާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 02:25
ސްޕޯޓިން ލިސްބަންގެ ކޯޗު އަލީ ވަހީދު

ސްޕޯޓިން ލިސްބަންގެ ކޯޗު އަލީ ވަހީދު

މި ޒަމާނުގެ ފުޓްބޯޅަ އުފަންކުރުވައި ދުނިޔޭގެ ހަތަރުބިތަށް ފަތުރާލީ ތިމަންނަމެން ކަމަށް އިނގިރޭސީން އަބަދުވެސް ދައުވާކުރެ އެވެ. އެކަމަކު މި ބަހުސްގައި އެމީހުންނަށް މާބޮޑު ކުރިއެރުމެއްނެތެވެ. ނަމަވެސް ފުޓްބޯޅައިގެ ރޮނގުން އެމީހުންނާއި އަހަރުމެންގެ ގުޅުންތަކެއް އެބަހުއްޓެވެ. 90ގެ ތެރެއިން ފެށިގެން އިނގިރޭސި ކޯޗުން ދިވެހި ކުލަބުތަކުން ފެނިގެންދިޔަ އެވެ. ރާއްޖޭގައި އެންމެ ވިދާލި ކުޅުންތެރިން ހެދި ބޮޑުވެ، މެދުއުޑުގައި ފިޔަޖަހަން ފެށީ އިނގިރޭސި އަދި ޔޫރަޕުގެ ކުރިއަރާފައިވާ ގައުމުތަކުގެ ކޯޗުންގެ އެހީތެރިކަމާއެކުގަ އެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ ރަސްމީ މުބާރާތެއްގައި އެ ގައުމާއި ޔޫރަޕުގެ ކުޅުންތެރިން ތަށި ހޯދީ ދިވެއްސެއްގެ އިރުޝާދުގެ ދަށުންނެވެ. މި ޝަރަފު ހޯދި ފަހުރުވެރި ދިވެއްސަކީ ރާއްޖޭގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) އެވެ. އަދި އިނގިރޭސި އެފްއޭއިން ހޮވި ސައުތު ލަންޑަން ޑިސްޓްރިކްޓް ލީގުގެ ގްރާސްރޫޓް ބައިގެ މި އަހަރުގެ އެންމެ މޮޅު ކޯޗަކީ ވެސް ބަލަކެވެ. ސިޔާސީ ހިރަފުސް އެއްފަރާތްކޮށްފައި ބަލާލުމުން މިއީ އަރަމުން އަންނަ ކޯޗަށާއި ދިވެހިންނަށް ވެސް ލިބުނު ކުރިއެރުމެއްކަން ޔަގީންވާނެ އެވެ.

ސިޔާސީ "ކުނި" ޖެހި އަރައިގަންނަން އުނދަގޫވުމުން ބަލަކް ދިރިއުޅުން 2015 ވަނަ އަހަރު އިނގިރޭސިވިލާތަށް ބަދަލުކުރީ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ހުސައިން ޒަކީގެ ލަފާގެ މަތީންނެވެ. ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޒަކީ އޭނާ ގާތު ވިދާޅުވީ "ލަންކާ އިންޑިޔާގައި ނުހުރެ ބަލަކް ދާންވާނީ ޔޫރަޕަށޭ. ވިސްނުމާ ކަންކަން ބަދަލުވެ ކުރިއަރާނީ އެއިރުން،" ކަމަށެވެ.

ސިޔާސީ އަދި އިޖްތިމާއީ، އަދަބީ ފަންނުގައި އުޅުނަސް އޭނާ އަށް ވަކިނުވެވުނީ ފުޓްބޯޅައާއެވެ. އިނގިރޭސި ވިލާތަށް ހައްޔަރުވެގެން ހުންނަން ޖެހުމުން ބަލަކް ބެލީ "ހަޔާތުގައި ނުވެ އޮތް ކަންތައް،" ނިންމާލުމަށެވެ. ފުޓްބޯޅަ ކޯޗެއްގެ ގޮތުން ކުރިއަށްދިއުމަށް އިނގިރޭސި ކޯޗިންގެ ފަސް ލެވެލްގެ ތެރެއިން ފުރަތަމަ 2 ލެވެލް ފުރިހަމަކުރުމަށް ފުރަތަމަ ދިޔައީ ކުލާހަށެވެ. އޭނާ ބުނީ "މިތަނުގެ އިމްތިހާންތަކުގައި އިށީނދެ، ކްލާހަށް ދިއުމުން އެނގިގެންނާއި ނޭނގި ކުރެވުނު ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން އެނގުނު،" ކަމަށެވެ.

އޭގެ ތެރެއިން އޭނާ ފާހަގަކުރި އެއް ކަމަކީ ނިއުރޭޑިއަންޓްގެ ޗެއާމަންކަން ކުރި ދުވަސްވަރު ޓީމު ރޫހު ވަރުގަދަ ކުރުމަށް އެންމެން އެއްވެ، ސައި ކޮފީ އަށް އިންސާފު ކުރުމާއި ސޫޕް ބުއިމެވެ. ބަލަކް ބުނީ އެއީ ނޭނގި ކުރެވުނު ރަނގަޅު ކަމެއް ކަމަށާއި އޭގެ ސަބަބުން "ކުޅުންތެރިންގެ މެޗަށް ތައްޔާރުކުރުމަށް އެހީތެރިވެދޭ،" ކަމަށެވެ.

ކޯޗިން ކޯސް ނިންމައި އެހެން ހަރުފަތަކަށް ދެވެނީ ވަކި މުއްދަތެއްވަންދެން ޓީމެއްގައި މަސައްކަތް ކުރުމުންނެވެ. 2018 ވަނަ އަހަރު ބަލަކް ރާއްޖެ އައީ އެސިސްޓެންޓް ކޯޗަކަށް ހުރެފައި ކޯޗުކަން ލިބުނުތަނާ އެވެ. ނުނިމިއޮތް މި މަސައްކަތް އަލުން ފެށީ 2020 ވަނަ އަހަރު ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްގެނެވެ. އެއަށްފަހު ދެ އަހަރު ތެރޭގައި ލަންޑަން ޑިސްޓްރިކް ލީގުގެ ތަށި ހޯދުމަކީ އޭނާގެ ކޯޗިން ކެރިއަރުގެ ޅަފަތުގައި ލިބުނު ވަރަށް ބޮޑު އިތުބާރެކެވެ. 

ބަލަކް އަކީ އޭނާގެ ޑީއެންއޭގައި ފުޓްބޯޅަ ވަރަށް ބޮޑަށް ހުރި މީހެކެވެ. އޭނާ އަކީ މަދުރަސީ ހަޔާތުގައި މޮޅު ޑިފެންޑަރެކެވެ. އަލީ އަޝްފާގް (ދަގަނޑޭ) ހިމެނުނުއިރު ޖަމާލުއްދީންގެ 11 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަނެވެ. ނަމަވެސް ލޯބިވާ މަންމަ ކުޅެން ނުފޮނުވުމުން ބަލަކްގެ ދިގުފައި ގައުމީ ޓީމާ ހަމައަށް ނުފޯރި އެވެ.

ނަމަވެސް މެލޭޝިޔާގައި މަތީ ތައުލީމަށް ކިޔެވިއިރު ވެސް ފުޓްބޯޅައިގެ މުޅިން އައު ބާބެއް އޭނާ ފެށި އެވެ. ދިވެހި ދަރިވަރުން އެންމެ ފޯރިއާއެކު މެލޭޝިޔާގައި ބޭއްވި މުބާރާތް ރާވައި ހިންގުމުގައި އެންމެއިސްކޮށް ހުރީ އޭނާ އެވެ. ވިކްޓަރީ އަށް ސަޕޯޓްކުރިޔަސް ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓް ހިންގުމުގެ ވިސްނުން ބަލަކްގެ ހިތަށް ވެރިވަމުންދިޔައީ މިތަނުންނެވެ.

މި ތަޖުރިބާތަކާއެކު އޭނާގެ ޗެއާމަންކަން ކަމުގައި ނިއު ފެނުނީ ތިޔާގި ޓީމެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ތިބީ އަލީ ވަހީދަށް "ސަރ" ކިޔައިގެންނެވެ. ގައުމީ ތަށި މިލްކުކޮށް، ހުރިހާ މެޗަކުން މޮޅުވެގެން ސީޒަނެއް ނިންމާލައި އޭއެފްސީ ކަޕުގެ ގަދަ އަށަކަށް ނިއު ދަތުރުކުރީ އޭނާގެ ރޭވުންތެރިކަމާއި ހިތްވަރާއި ގަދަ އަޒުމުގަ އެވެ.

ސިޔާސީ މީހެއްގެ ގޮތުގައި ހުއްޓައި ބަލަކް އަށް ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖްރުކަން 2011 ވަނަ އަހަރު ދިނުމުން ގިނަ ބަޔަކު ފާޑުކިއެވެ. ނަމަވެސް އޭނާ އެކަން ވެސް ނެގީ "ކުޑައިރު ލިބުނު ހިތްދަތިކަމަކަށް ނިމުން ގެނައުމުގެ" ޗެލެންޖަކަށެވެ.

ފުޓްބޯޅަ ހިންގުމާއި، ކުޅުމުގެ ތެރެއިން ބަލަކް ކޯޗިން ކެރިއަރު ފެށީ ލައްކަ ގިނަ ތަޖުރިބާތަކަށްފަހު އެވެ. މެނޭޖަރުކަމުގަ އާއި ޗެއާމަންކަމުގައި މީގެ ކުރިން ޓީމުގެ ކޯޗާއެކު މެޗުގެ ކުރިން މަޝްވަރާކުރުމަކީ އޭނާގެ އާދައެކެވެ. އެކަމަކު ފުޓްބޯޅައިގެ ރިވެތި އުސޫލުގެ ދަށުން ގޮތް ނިންމުމުގެ ހުރިހާ ބާރެއް ދޫކޮށްލަނީ ކޯޗަށެވެ. އެކަމަކު މިފަހަރު ލަންޑަނުގެ އެންމެ ބޮޑު ލީގު ކަމަށްވާ ޑިސްޓްރިކް ލީގުގެ ފައިނަލުގެ ކުރިން މިކަން ދިމާވީ ދިމާ އިދިކޮޅަށެވެ. ސްޕޯޓިން ލަންޑަނުގެ ޗެއާމަނާއި ބަލަކް ޓީމު ނެގުމާމެދު މަޝްވަރާކުރަން ޖެހުނެވެ.

ބަލަކް ބޭނުންވީ ޓީމުގެ ޓޮޕް ސްކޯރަރު އެންޑްރޫ ގިބްސަން ފައިނަލްގެ މެޗުގައި ބެންޗުގައި ބޭންދުމަށެވެ. މިކަން ޗެއާމަނާ ހިއްސާކުރުމުން "ބުނީ މިއީ ބަލަކްގެ ފައިނަލެކޭ. ވަރަށް މަސައްކަތުންނޭ މިހިސާބަށް ތިއައީ،" ކަމަށެވެ. ގިބްސަން ބަދަލުގައި ބަލަކް ފުރަތަމަ 11 އަށްލީ އިނގިރޭސި އަންހެން ޓީމުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ޖެކް ލޭކީ އެވެ.

އިދިކޮޅަށް ނުކުތް ރޭންސްޕާކްގެ އިސްކޮޅުގެ ސަބަބުން ބަލަކް ބޭނުންވީ ޖެކް ފަދަ ކުޅުންތެރިއެއްގެ ބޭނުން ސެޓްޕީސްތަކުގައި ހިފުމަށެވެ. މި ގޮތުން ގާތް ރަހުމަތްތެރިއެއްގެ ގާތުގައި އޭނާ ވިސްނުން ހިއްސާކުރަމުން ބަލަކް ބުނީ "ބޭނުންވަނީ ކޯނަރަކުން ޖެލް ލައްވައި ބޮލުން ޖަހަން،" ކަމަށެވެ. އިއްތިފާގުން މެޗުގައި ކަންހިނގައިދިޔައީ އެގޮތަށެވެ. މެޗުގެ ހަމައެކަނި ގޯލު ސްޕޯޓިން ލަންޑަނަށް ޖެކް ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގަ އެވެ.

އޮޅުމެއްނެތެވެ. ކޯޗެއްގެ ގޮތުގައި އަލީ ވަހީދު އެދަނީ ގައުމުން ބޭރުގައި ތާރީހު ބަދަލުކުރަމުންނެވެ. އިނގިރޭސި ތާރީހީ ފަތްފުތްތަކުގައި ހާއްސަކޮށް ފުޓްބޯޅައިގެ އާކައިވްސްގައި ދިވެއްސެއްގެ ވާހަކަ ލިޔެވޭ ކަމީ އުފާކުރަންޖެހޭ ކަމެކެވެ. މިވާހަކަ މިއަދަށްވުރެ ބޮޑަށް ދައްކާނީ މާދަމާގެ ޖީލުތަކުގަ އެވެ. އޭނާގެ ކޯޗިން ގޯސްނަމަ ޓީމުތަކުން ފުރުސަތު ލިބި އެވޯޑްތަކެއް ހާސިލްނުވީހެވެ.

ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު