ކ. މާލެ
|
31 މެއި 2023 | ބުދަ 19:37
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން އެޗްޕީއޭއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދޭ
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން އެޗްޕީއޭއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދޭ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް
 
މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމެއް ދެވޭނެ
 
5 ޕޯސްޓަރު ތެރެއިން އެންމެ ގިނަ ލައިކް ލިބޭ 3 ޕޯސްޓަރު އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހޮވޭނެ
 
5 ޕޯސްޓަރު ޖަޖުންގެ ޕެނަލްއަކުން ހޮވޭނެ

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑީއާ ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ މި މުބާރާތް ކުރިއަށްދާނީ 31 މޭ 2023ން 21 ޖޫން 2023ގެ ނިޔަލަށް ކަމަށާއި، މި މުބާރާތުގައި ބޭނުންކުރާ ޝިއާރަކީ ''އަހަރެން ދެކެން ބޭނުންވާ ދުންފަތުގެ ދުމުން ރައްކާތެރި ރާއްޖެ'' މިއެވެ. ޕޯސްޓަރުތައް ހުށަހަޅާނީ އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕޭޖްތަކަށް ޑައިރެކްޓް މެސެޖް ކޮށްގެންނެވެ. ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާއިން މެސެޖް ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފޭސްބުކު އަދި އިންސްޓަގްރާމް މެދުވެރިކޮށް ހުށަހެޅޭ ޕޯސްޓަރުތަކުގެ ތެރެއިން 5 ޕޯސްޓަރު ޖަޖުންގެ ޕެނަލްއަކުން ހޮވާނެއެވެ. ހޮވޭ އެންމެ މޮޅު 5 ޕޯސްޓަރު ތެރެއިން އެންމެ ގިނަ ލައިކް ލިބޭ 3 ޕޯސްޓަރު އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހޮވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމެއް ދެވޭނެކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ މުބާރާތަށް ހުށަހަޅަންވާނީ އެމީހަކު އަމިއްލައަށް ކުރަހާފައިވާ އެއްޗެއް ކަމަށާއި، އެހެން މީހަކު ކުރަހާފައިވާ ކުރެހުމެއްކަން އެނގިއްޖެނަމަ އެހުށަހެޅުމެއް ވަގުތުން މުބާރާތުން އުނި ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މުބާރާތުގައި ބައިވެރިވޭނެ އުމުރުފުރައަކީ 7 އަހަރާއި 12 އަހަރާއި ދެމެދު، 12 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރާއި 25 އަހަރާއި ދެމެދެވެ. ވަނަ ލިބޭ ޕޯސްޓަރުތައް އެޗްޕީއޭގެ މީޑިއާ ޗެނަލްތަކުގައި އެމީހެއްގެ ނަމާއިއެކު ޝާއިއު ކުރެވޭނެ އެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ މުބާރާތަށް ހުށަހަޅާ ޕޯސްޓަރުތައް ވާންޖެހޭނީ ރާއްޖޭގެ ދިނާއި، އާދަކާދައާއި ހިލާފުނުވާ ކުރެހުމާއި މައުލޫމާތު ލިބޭ ފަދަ ޕޯސްޓަރުތަކަށް ކަމަށެވެ. ހުށަހެޅޭ ޕޯސްޓަރުތަކުގައި އެއްވެސް ކޮމްޕެނީއެއް ރަމްޒުކޮށްދޭ ލޯގޯ/ ނިޝާން ފަދަ އެއްޗެއް ފެންނަން ހުރެގެން ނުވާނެ ކަމަށާއި، މުބާރާތަށް އެކަށީގެންނުވާ ޕޯސްޓަރު މީޑިއާ އާއި ހިއްސާއެއް ނުކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެކަށީގެންނުވާ ތެކެތީގެ ތެރޭގައި ވަކި މީހަކަށް ނުވަތަ ބަޔަކަށް އަނިޔާ، ނުވަތަ ފުރައްސާރަ ލިބޭފަދަ ތަކެއްޗާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރެވޭ ފަދަ ގޮތަށް ކުރަހާފައިވާ ހުންނަ ޕޯސްޓަރުތައް ހިމެނެއެވެ.

މުބާރާތަށް ބައިވެރިން ހުށަހަޅާ ހުށަހެޅުމެއްގެ ސަބަބުން ދިމާވާ ގާނޫނީ މައްސަލައަކަށް އެޗްޕީއޭއިން ޒިންމާއެއް ނުވާނެއެވެ.

އެޗްޕީއޭއިން ބުނީ މުބާރާތަށް ހުށަހެޅޭ ޕޯސްޓަރު ފަދަ ތަކެތި ސިއްހީ ގޮތުން އާއްމު ހޭލުންތެރިކުރުމުގެ އެކިއެކި ހަރަކާތްތަކުގައި ބޭނުންކުރުމުގެ ހައްގު އެ އެޖެންސީއަށް ލިބިގެންވާ ކަމަށެވެ. އަދި މިގޮތަށް ބޭނުންކުރާއިރު، އެ ޕޯސްޓަރު ތަކަކީ ކާކު ކުރަހާފައިވާ ޕޯސްޓަރެއްކަން ބަޔާންކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް