Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާންގެ އެއްބަސްވުން އައުނުކުރުމަށް ޕަވާޑް ނިންމައިފި

ބަޔާނާއެކު ޕަވާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 މެއި 2023 | ބުދަ 08:33
ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް

ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމައިފި ކަމަށް ޖަރުމަނުގެ މީޑިއާތަކުގައި ބުނެފި އެވެ.

ސްޓަޓްގާޓް ދޫކޮށް ޕަވާޑް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ އެ ކުލަބަށް ބަދަލުވީއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ބަޔާނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށް ބޭނުންވާތީވެ، އެކަމުގެ މަޝްވަރާތައް ޕަވާޑާއެކު ކުރިއަށް ގެންގޮސްފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މިހާރު ޕަވާޑް ބޭނުންވަނީ އެހެން ކުލަބެއްގައި ތަޖުރިބާ ހޯދަން ކަމަށްވުމުން، ބަޔާންގެ ހުށަހެޅުން އޭނާ ޤަބޫލު ނުކުރަން ނިންމައިފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް އިޓާލިއަން ލީގުގެ އިންޓަ މިލާން އަދި ސްޕެނިޝް ލީގުގެ ބާސެލޯނާ އިން ޝައުޤުވެރިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ޕަވާޑް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 162 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެ ކުލަބާއެކު އޭނާ ވަނީ 11 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ޕަވާޑް އަންނަނީ 2007 ވަނަ އަހަރުން ފެށިގެން ފްރާންސް ޤައުމީ ޓީމުގައި ވެސް ހިމެނިގެން ކުޅެމުންނެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 48 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. ފްރާންސް ޤައުމީ ޓީމާއެކު ޕަވާޑް ވަނީ ފީފާ ވޯލްޑް ކަޕްގެ އިތުރުން ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު