Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023

އެމްއެމްޕީއާރްސީން ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ފަށައިފި

30 މެއި 2023 | އަންގާރަ 15:22

މިކޮންފަރެންސްގައި ދުނިޔޭގެ 20 ގައުމަކުން 80ށް ވުރެ ގިނަ، ޓްރެވަލް ރައިޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރސްގެ އިތުރުން މީޑިއާ އެކްސްޕާޓުން ބައިވެރިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 މެއި 2023 | އަންގާރަ 15:22
އެމްއެމްޕީއާރްސީން ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ފަށައިފި

އެމްއެމްޕީއާރްސީން ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ފަށައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ފަށައިފައި ވަނީ މެއި 30 ވަނަ ދުވަހުއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި އެމްއެމްޕީއާރްސީގެ މިހާއްސަ އިވެންޓް ފަށައިފައި ވަނީ ހާފް-ޑޭ ކޮންފަރެންސްއަކާއެކުއެވެ.

މިކޮންފަރެންސްގައި ދުނިޔޭގެ 20 ގައުމަކުން 80ށް ވުރެ ގިނަ، ޓްރެވަލް ރައިޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރސްގެ އިތުރުން މީޑިއާ އެކްސްޕާޓުން ބައިވެރިވެއެވެ.

ކްރޮސްރޯޑްސްގައި ކުރިއަށްދިޔަ ހާފް-ޑޭ ކޮންފަރެންސްގައި "ސަސްޓެއިނަބިލިޓީ ޓޯކްސް" ގެ ނަމުގައި ހާއްސަ ސެޝަނެއް ކުރިއަށްގެންގޮސްފައެވެ. މި ސެޝަންގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އާއި ރައީސުލްޖުމްހޫރިއްޔާގެ ކްލައިމެޓް ޗޭންޖްގެ ހާއްސަ މަންދޫބު ސަބްރާ އިބްރާހިމް ނޫރްދީން އަދި ރާއްޖޭގެ ޕަޑީ ޕްލެޓިނަމް ކޯރސް ޑައިރެކްޓަރ އަދި އެސްއެސްއައި މޯލްޑިވްސްގެ ރީޖަނަލް މެނޭޖަރ، ޑރ. ޝަމްއާ އަބްދުއްލާ ހަމީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ސެޝަންގައި ވާހަކަދެއްކެވި ބޭރުގެ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ; މަޝްހޫރު ޓްރެވަލް ރައިޓަރ އަދި ޓޫރިޒަމް ތިންކް ލީޑަރު، ޑަގް ލަންސްކީ، ލިޔުންތެރިޔާ، ފޮޓޯގްރާފަރ، ޓްރެވަލް އެކްސްޕާޓް، ވިޔަފާރިވެރިޔާ، އަދި ޕަބްލިކް ސްޕީކަރ ޖެސިކާ ނަބޮންގޯ، ނޮވެލިސްޓް އަދި ކުރީގެ ޑިޕްލޮމެޓް ވިކާސް ސްވަރޫޕް އަދި ސީއެންއެންގެ ވަރސައިޓަލް ކޮރެސްޕޮންޑެންޓް އެލެނީ ޖިއޮކޯސް އެވެ.

ސަސްޓެއިނަބިލިޓީ ޓޯކްސްގައި ބައިވެރިވުމުގެ އިތުރުން ބޭރުގެ ސްޕީކަރުން ވަނީ، ކޮންފަރެންސްގެ ބައިވެރިންނާ އެމީހުންގެ ވާހަކަތަކާއި ތަޖުރިބާތައް ހިއްސާކޮށްފައެވެ.

ހާފް ޑޭ ކޮންފަރެންސް ނިންމާލީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ގެ ބައިވެރިންނަށް އިތުރު ފޯރިގަދަ ހަރަކާތްތަކެއް ތައާރަފްކޮށްދެމުންނެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަނުން ވަނީ ބައިވެރިންނަށް ހާއްސަ ގާލާ ނައިޓެއްވެސް ބާއްވަން ނިންމާފައެވެ.

އެމްއެމްޕީއާރުސީން ވަނީ ކޮންފަރެންސްގެ ބައިވެރިންނަށް، ރާއްޖޭގެ ފާހަގަކޮށްލެވޭ މަންޒިލުތަކަށް ޒިޔާރަތްކޮށް، އެތަންތަން ތަޖުރިބާކުރުމުގެ ފުރުސަތު ބައިވެރިނަަނަށް ދިނުނަށް، ތިން ދުވަހާއި ދެރޭގެ މުއްދަތެއް ފަހިކޮށްދިނުމަށް ނިންމާފައެވެ.

މި ސައިޑްލައިން ދަތުރުތަކުގައި ބައިވެރިން ޒިޔާރަތްކުރާނެ ސަރަޙައްދުތަކަކީ ރ އަތޮޅު، ލ އަތޮޅު، އަރި އަތޮޅު، ވ އަތޮޅު، ހއ. އަދި ހދ އަތޮޅު، ކ އަތޮޅު، އައްޑޫ އަދި ފުވައްމުލަކެވެ.

މި ކޮންފަރެންސްގެ އެއް އަމާޒަކީ އިންފްލޫއެންސަރުންނާއި ބްލޮގަރުންނާއި ޓްރެވަލް ރައިޓަރުންގެ މެދުގައި ރާއްޖޭގެ މައިސް އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސެގްމަންޓްތައް އިޝްތިހާރުކޮށް ކުރުމެވެ. އަދި ރާއްޖޭގެ ގޮޑުދޮށާއި މޫދުގެ އިތުރުން، ފަތުރުވެރިންނަށް ތަޖުރިބާކުރެވޭނެ އެހެން ކަންތައްތައް އިޝްތިހާރުކުރުމެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ކުރިއަށްގެންދިއުމަށް އެމްއެމްޕީއާރްސީއަށް އެހީތެރިވާ ކުންފުނިތަކަކީ ކޮރޮސްރޯޑްސް މޯލްޑިވްސް، ޓީއެމްއޭ، މޯލްޑިވިއަން، ޖަލްބޫޓް މޯލްޑިވްސް، ދިރާގު އަދި މިފްކޯ އާއި އެމްއޭސީއެލްއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޖޫން 2017

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
07 ޖޫން 2017

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް