Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިސާން ހުސައިން

ޕީޖީ ވަކީލުން ކޯޓަށް ފިލީ، ގާސިމްގެ މައްސަލަ އަލުން ހުށަނޭޅޭނެ : ހިސާން

10 ޖުލައި 2017 | ހޯމަ 18:04

މައްސަލަ އަލުން އަނބުރާ ގެންދެވޭނީ ފުރަތަމަ އަޑުއެހުމުގެ ކުރިން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 ޖުލައި 2017 | ހޯމަ 18:04
ގާސިމްގެ ވަކީލް ހިސާން ހުސެއިން

ގާސިމްގެ ވަކީލް ހިސާން ހުސެއިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލި ތިން ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ވަޑައިނުގަނެގެން މައްސަލަ ބޭރުކޮށްލާފައިވާއިރު އަލުން އެ މައްސަލަތައް ކޯޓަށް ހުށަނޭޅޭނެ ކަމަށް ގާސިމްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ މައްސަލަތައް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ގާސިމްގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލުމަށްފަހު ފެށިއިރު ކޯޓަށް ވަޑައިނުގަނެ ޕީޖީ އޮފީހުގެ ވަކީލުން "ފިއްލެވީ" ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމް ނަގަހައްޓަން ތިބި ބަޔަކު އެގޮތައް އަމަލު ކުރުމަކީ ވަކީލުން އޭގައި ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިހާރު އަލަށް އަމަލު ކުރަން ފަށާފައިވާ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް އަނބުރާ ގެނެވޭނީ އިބްތިދާއީ އަޑުއެހުން ނިމުމަށްފަހު ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން ކަމަށް ހިސާން ވިދާޅުވި އެވެ.

އޭގެ ފަހުން މައްސަލައެއް އަނބުރާ ގެނައުމުގެ ބާރު ޕީޖީއަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާސިމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ހެކިބަހާމެދު ވާހަކަ ދެއްކުމުގެ މަރުހަލާގައި އޮއްވަ އެވެ.

"ޖިނާއީ އިޖްރާއަތުގެ ގާނޫނު ތަނެއް ނުދޭ މި މަރުހަލާގައި އޮތް މައްސަލަ އެއް އަލުން އެ މައްސަލަ އެ ވާގިޔާތަކުގެ މައްޗަށް އުފުލާކަށް. ގާސިމްގެ މައްޗަށް މި ދައުވާތައް ކުރުމަކަށް. ގާނޫނު އަސާސީވެސް ތަނެއް ނުދޭ މި ދައުވާތައް އަލުން ކުރާކަށް،" ހިސާން ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

މި މައްސަލަތަކުގައި އަންގާރަ ދުވަހުގެ މެންދުރު ފަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ދިފާއީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން އެ ތިން ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގައި ބުނެފައިވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ލިބޭ ފުރުސަތުގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކޮށްފި ނަމަ ހުށަހެޅިފައިވާ ދައުވާއަށާއި އެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެންމެހާ ހެއްކަށް ރިއާޔަތްކުރާއިރު ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް މަދަނީ މިންގަނޑަށް ބަލާއިރު ފަނޑިޔާރަށް ގަބޫލު ކުރެއްވިއްޖެ ނަމަ އެ ދައުވާ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ އެއީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅަން ވާނެ އެވެ.

ހިސާން ނެންގެވި ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ އެ ގާނޫގައި ބުނާ ގޮތުން މައްސަލަ ބޭރު ކޮށްލުމުގެ ބާރު ލިބިފައިވަނީ ފަނޑިޔާރުން ނަށް ކަމަށްވާތީ އިތުރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި ގާނޫނަކުން ލިބެން ޖެހޭ ލުޔެއް ލިބެންވާނެ ކަމަށެވެ.

ނަމަވެސް މައްސަލަ ބޭރުކޮށްލުމާމެދު ގޮތެއް ނިންމުމަށް ޝަރީއަތުގެ އަޑުއެހުން ހަވީރު މެދު ކަނޑާލުމަށްފަހު އަލުން ޝަރީއަތް ބާއްވަން އޮތް ގަޑިއަށް ޕީޖީގެ ވަކީލުން ވަޑައެއްނުގަންނަވަ އެވެ. އެއާ ގުޅިގެން މައްސަލަ ބޭރުކޮށްލުމަށްފަހު ކްރިމިނަލް ކޯޓުން ގާސިމަށް ދޫކުރި ލިޔުމުގައި ވަނީ ޕީޖީގެ ވަކީލުން "ގަސްތުގައި" ވަޑައިނުގެންނެވީ ކަމަށާއި އަދި ކޯޓުން ތަކުރާރުކޮންވެސް ގުޅައިގެން އެންގުމުންވެސް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް