Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށް ތަރައްގީކުރުން

ރަށްރަށުން ތަރައްގީ ފެނޭ، އިތުރަށް ތަރައްގީ ކުރުމަށް މިސަރުކާރާއެކު މަސައްކަތް ކުރަންޖެހޭ: މެންބަރު ހަލީމް

29 މެއި 2023 | ހޯމަ 06:32

ޖެހޭ މައްސަލަތައް މަޝްވަރާކޮށްގެން ހައްލު ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2023 | ހޯމަ 06:32
ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި މުޚާތަބު ކުރައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި މުޚާތަބު ކުރައްވަނީ

އަތޮޅުތެރޭގެ ރަށްރަށުން ތަރައްގީ ފެންނަ ކަމަށާއި، އިތުރަށް ރަށްތައް ތަރައްގީ ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ވެސް މިސަރުކާރާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ފ.ފީއަލީގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތް އަދި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މެންބަރު ހަލީމް ވިދާޅުވީ ފިއަލި އަކީ ޒަމާނުއްސުރެ އެކުވެރި ރަށެއް ކަމަށެވެ. ނަމަވެސް އިތުރަށް އެކުވެރިކަން ބަދަހިކުރަންޖެހޭ ކަމަށާއި، ސަރުކާރާއި އޮންނަ ގުޅުން ގާއިމްކުރަންޖެހޭ ކަމަށެވެ. އަދި ޖެހޭ މައްސަލަތައް މަޝްވަރާކޮށްގެން ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެންބަރު ހަލީމް ވިދާޅުވީ މިދަނޑިވަޅަކީ ތަރައްގީ ގެނެވޭނެ ދަނޑިވަޅެއް ކަމަށާއި، އެކަމުގެ ފައިދާ އެންމެ އެދެވޭގޮތުގައި ނެގުމުގެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ. އެހެންކަމުން އެކުވެރިވެ، އެކުގައި މަސައްކަތްކޮށް، ރަށަށް ތަރައްގީ ގެނައުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވިގެން ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރަށް އަލިއަޅުއްވާލައްވައި މެންބަރު ހަލީމް ވިދާޅުވީ އެދުވަސްވަރު ފީއަލީގެ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށާއި، ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމުގައި އުންމީދެއް ނެތް ކަމަށެވެ. ނަމަވެސް އެދުވަހު ވެސް ރައްޔިތުންނާއި މަޝްވަރާކޮށް ވަރަށް ގިނަ އުންމީދުތައް އައުކޮށްދިން ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އާބާދީ ކުޑަ ނަމަވެސް މިސަރުކާރަކީ އެއްވެސް ރަށެއް ބާކީނުކޮށް ތަރައްގީ ގެނެސްދޭނެ ސަރުކާރެއް ކަމަށެވެ. އެކަން މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކުން ފެންނަމުންދާ ކަމަށް މެންބަރު ހަލީމް ވިދާޅުވިއެވެ.

ފީއަލީގައި ގިނަ މަޝްރޫއުތައް ކުރިއަށްގެންދާކަން ފާހަގަކުރައްވައި ބިލެއްދޫ ދާއިރާގެ މެންބަރު ހަލީމް ވިދާޅުވީ ބައެއް މަޝްރޫއުތައް ނިމި، އަނެއް ބައި މަޝްރޫއުތައް ނިންމުމަށް އަމާޒު ހިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ފީއަލީގެ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކިގެންދާނެ ކަމަށާއި، އެބިމުގައި ބޯހިޔާވަހިކަމަށް ބޭނުންވާ ހައުސިން ޓަވަރުތައް ގާއިމް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ރަށަކީ ވޮލީ ކުޅޭ ގިނަ އަދަދެއްގެ ޒުވާނުން ދިރިއުޅޭ ރަށަކަށްވާތީ އެޒުވާނުންނަށް ޚާއްސަކޮށްގެން އިންޑޯ ސްޓޭޑިއަމެއް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ދާދި އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

ފީއަލީގެ ސްކޫލަށް އިޝާރަތް ކުރައްވައި މެންބަރު ވިދާޅުވީ ސްކޫލު ތަރައްގީ ކުރުމަށް ވެސް ޚާއްސަ ޕްލޭނެއް އެބަ އޮތް ކަަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމާއި، ތިން ކްލާސް ރޫމް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސައެންސް ލެބް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަނޑިވަޅާއި ހާލަތަށް ބަލާ ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބަނދަރު ވެސް ބޮޑު ކުރެވިގެންދާނެ ކަމަށާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ތާރުއެޅިގެންދާނެ ކަމަށެވެ. މީގެއިތުރުން މިމަޝްރޫއުތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުން ސަރުކާރާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރަންޖެހޭކަން ފާހަގަކުރައްވާ މެންބަރު ހަލީމް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގެ ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
06 މާރިޗު 2017

ޑައިވިނަށް ދިޔަ ޓޫރިސްޓް މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

06 މާރިޗު 2017
ޑައިވިނަށް ދިޔަ ޓޫރިސްޓް މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް