Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ފުޓުބޯޅަ ޓީމު

ރާއްޖޭގެ އަމާޒަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލުން

މިއަހަރުގެ މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޤައުމެއް ބައިވެރިވުމަކީ ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މެއި 2023 | ހޯމަ 05:08
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ޕްރެކްޓިހުގައި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ޕްރެކްޓިހުގައި

މިއަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަމާޒަކީ މުބާރާތުގެ ތަށި އުފުލާލުން ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.

ޖަވާ މިހެން ވިދާޅުވީ ޤައުމީ ޓީމުތަކަށް މިނިސްޓަރު އަޙުމަދު މަޚްލޫފް ހިތްވަރު ދެއްވުމަށް ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ. ޖަވާ ވިދާޅުވީ މިއަހަރުގެ މުބާރާތަށް ތައްޔާރުވަމުން އަންނައިރު، ޤައުމީ ޓީމަށް ބައިވަރު ގޮންޖެހުންތައް ހުރި ކަމަށެވެ. ޚާއްސަކޮށް މިއަހަރުގެ މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޤައުމެއް ބައިވެރިވުމަކީ ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި ޖަވާ ސިފަކުރި އެވެ. އެހެން ނަމަވެސް، ރާއްޖޭގައި އޮތް ޒުވާން ޓީމުގައި މުބާރާތް ކާމިޔާބު ކުރުމުގެ ހިތްވަރާއި، ފެންވަރު ހުރި ކަމަށް ވެސް ޖަވާ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޖަވާ ވިދާޅުވީ، ރާއްޖެ އިން މިއަހަރުގެ މުބާރާތަށް ކަނޑައަޅާފައިވާ ޓާގެޓަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އިން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުން އަންނައިރު، ޔޫތު މިނިސްޓްރީން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ޖަވާ ފާހަގަ ކުރެއްވި އެވެ. ޚާއްސަކޮށް މުބާރާތުގެ ކުރިން ޓީމު ދިޔުމަށް ހަމަޖެހިފައިވާ ޓްރެއިން ކޭމްޕުގެ ކުރިން ޓީމާ ބައްދަލުކޮށް ހިތްވަރު ދެއްވުމަކީ ވެސް ޓީމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ޖަވާ ވިދާޅުވި އެވެ. ސާފް ޗެމްޕިއަންޝިޕްގެ ކުރިން ޤައުމީ ފުޓުބޯޅަ ތީމު ޖަޕާނުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން މިހާރު އަންނަނީ ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދަމުންނެވެ. އެގޮތުން 30 ކުޅުންތެރިންނާއެކު ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފެށީ މި މަހުގެ 21 ގައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު