Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުން

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުން: އަންނަ ޖޫން މަހު އަމަލީ މަސައްކަތް ފެށޭނެ - މިނިސްޓްރީ

އެ މަސައްކަތަށް ދީފައިވަނީ ޖުމްލަ 450 ދުވަސް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 މެއި 2023 | ހޯމަ 04:38
މުޙައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

މުޙައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ފެލިދޫ ގިރާ ސަރަޙައްދުގެ ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖޫން މަހު ފެށޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އެމަނިކުފާނާއި ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ފަޒުލް ވިދާޅުވެފައިވަނީ ވ.ފެލިދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭނީ ކައުންސިލުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ނިމުމުން ކަމަށް މިނިސްޓަރު މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށާއި މި މަޝްރޫޢަކީ މިދިޔަ އަހަރުގެ ޕ.ީއެސ.ްއައި.ޕީ ގައި ހިމެނިފައިވާ މަޝްރޫޢެއް ކަމަށެވެ. އެހެންކަމަށް ވާއިރު ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވުމުން ވެސް މަސައްކަތް ނުފެށި ލަސްވާ ސަބަބަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

ފަޒުލް ވަނީ މި މަސައްކަތަށް ކޮންޓްރެކްޓަރެއް އައްޔަންކުރެވި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވާ އަސްލަމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިހާރު ކުރިއަށް ދަނީ އީއައިއޭގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް އަންނަ ޖޫން މަހު ފެށުމަށް ތާވަލްކޮށްފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައި ވަނީ 01 ފެބްރުއަރީ 2023ގައެވެ.

33،793،128.23 ރުފިޔާ (ތިރީސް ތިން މިލިއަން ހަތް ލައްކަ ނުވަދިހަ ތިން ހާސް ސަތޭކަ އަށާވީސް ރުފިޔާ ތެވީސް ލާރީގެ) އަގަކަށް ޕްލޭނިން މިނިސްޓްރީން ސާސް.އީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ވ.ފެލިދޫ އާއި ވ.ކެޔޮދޫގެ ބަނދަރުގެ މަސައްކަތެވެ.

އެ މަސައްކަތަށް ދީފައިވަނީ ޖުމްލަ 450 ދުވަހެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު