Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 20:49
މަޖިލީހުގެ މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހިމް
މަޖިލީހުގެ މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމްގެ ޝަރީއަތް
ގާސިމްގެ ތިން މައްސަލަވެސް ކޯޓުން ބޭރުކޮށްލައިފި
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިން ކަމަށް ދައުވާކޮށްފައި
މައްސަލަ ފޮނުވާލީ ޕީޖީ އޮފީހުގެ ލޯޔަރުން ޝަރީއަތަށް ވަޑައިނުގަތުމުން
ގާސިމް ވިދާޅުވެފައި ވަނީ ދެން އޭނާ ހައްޔަރު ނުކުރެއްވޭނެ ކަމަށް

ޝަރީއަތަށް ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން، ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މިރޭ 7 ޖެހިއިރު ބާއްވަން ނިންމި ޝަރީއަތް ލަސްވަމުން ގޮސް ނުބޭއްވި ދިއުމަށް ފަހު ކޯޓުން ބުނީ މި މައްސަލަ އަލުން ހުށަހަޅަން ބޭނުން ނަމަ އެ ފުރުސަތު ދައުލަތަށް އޮތް ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޕީޖީ އޮފީހުގެ ވަކީލުން މައްސަލައަށް ހާޒިރުވުމަށް ތަކުރާރުކޮށް ފުރުސަތު ދެވުނު ނަމަވެސް، އެބޭފުޅުން މައްސަލައަށް ހާސިރުވެފައިނުވާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ޕީޖީ އޮފީހުގެ ވަކީލުންގެ  މައްޗަށް އެޅޭނެ ފިޔަވަޅެއް، ނުވަތަ އަމަލުކުރަންޖެހޭނެ ވަކި ގޮތެއް ކަނޑައެޅިފައިނުވާ ކަަމަށެވެ.

އާއްމުގޮތެއްގައި ޝަރީއަތްތަކުގައި ވަކީލުންނަށް ނާދެވޭނަމަ ކުރިއާލާ އެކަން ކޯޓަށް އަންގަ އެެވެ.  އެންގުމުން އެ މައްސަލައެއް ފަސްކޮށްދެ އެވެ. އެހެން ނަަމަވެސް ގާސިމްގެ މައްސަލައިގައި ޕީޖީ އޮފީހުގެ ލޯޔަރުން އެފަަދަ އެންގުމަށް ކްރިމިނަލް ކޯޓަށް އަންގާފަ ނުވެ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް