Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

އަމާޒަކީ މި ދައުރުގެ ތެރޭގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ނިންމުން: ރައީސް

މަގޫދޫ ރައްޔިތުން ވަނީ މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަން ހިއްސާކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މެއި 2023 | އާދީއްތަ 01:02
ރައީސުލްޖުމްހޫރިއްޔާ ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅަށް ފެށްޓެވި ރަސްމީ ދަތުރުފުޅުގައި ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، މަގޫދޫގެ ރައްޔިތުން ހުށައެޅުއްވި ކަންކަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، ހޮނިހިރު ދުވަހުގެރޭ މަގޫދޫ ބަނދަރު ސަރަޙައްދުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މަގޫދޫއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ރައްޔިތުންނާއި އެކު މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ ބޭނުންފުޅަކީ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުންކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ. މިގޮތުން މަގުތައް ހެދުމާއި ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި ސިއްޙީ ދާއިރާއިން މިވަގުތަށް އިސްކަންދިނުމަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާާއަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދޫގެ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އާދީއްތަ ދުވަހު، ފ. ބިލެތްދޫއަށާއި ފ. ފީއައްޔަށް ވަޑައިގަންނަވާނެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުފ. މަގޫދޫ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2026

ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް

16 ޖެނުއަރީ 2026
ރައީސް މުޢިއްޒު ގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން: ރައީސް ސޯލިހް
02 ޖެނުއަރީ 2026

ހަނިމާދޫ އެއަރޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ސަރުކާރުން އެދުނު ވާހަކަ ފަޅާ އެރުމުން އެކަން ދޮގުކޮށްފި

02 ޖެނުއަރީ 2026
ހަނިމާދޫ އެއަރޕޯޓް ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ސަރުކާރުން އެދުނު ވާހަކަ ފަޅާ އެރުމުން އެކަން ދޮގުކޮށްފި
24 ޑިސެމްބަރު 2025

ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު

24 ޑިސެމްބަރު 2025
ސޯލިހް އާއި ނަޝީދުގެ ގުޅުން - ދެބަސްވެގެން މާގިނަ ދުވަހު ތިބެން އަޅުގަނޑުމެންނަށް އުނދަގޫ ވާނެ: ރައީސް ނަޝީދު
24 ޑިސެމްބަރު 2025

ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް

24 ޑިސެމްބަރު 2025
ގާނޫނު އަސާސީ އަށް ރައީސް މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލު ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު: ރައީސް ސޯލިހް
24 ޑިސެމްބަރު 2025

ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

24 ޑިސެމްބަރު 2025
ރައީސް ސޯލިހް އާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު