Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅ

އަމަލީގޮތުން ކަންކަން ކޮށްދޭ ބަޔަކާއެކު ކުރިއަށްދިއުން ނޫން ގޮތެއް ނެތް: ރައީސް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގިނަ ކަންކަން މިހާރުވެސް ފުރިހަމަވެފައިވާކަން ފާހަގަކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 މެއި 2023 | ހޮނިހިރު 17:29
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފ. މަގޫދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފ. މަގޫދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަނީ

ތަރައްގީ ބޭނުންވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމަލީގޮތުން ކަންކަން ކުރާ ބަޔަކާއެކު ކުރިއަށްދިއުން ނޫން ގޮތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހިންގަމުން އަންނަނީ ގިނަ ދުވަހަށް ދެމިހުންނަ ގޮތަށް ކަމަށާއި ހުރިހާ ރަށެއްގައި ތަފާތު ކުރުމެއް ނެތި އަސާސީ ޚިދުމަތް ގާއިމް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގިނަ ކަންކަން މިހާރުވެސް ފުރިހަމަވެފައިވާކަން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ތަރައްގީ ބޭނުންވާނެ ކަމަށެވެ. އެހެންކަމަށްވާނަމަ ވީ ވައުދާ އެއްގޮތަށް ކަންކަން ކުރާ ބަޔަކާމެދު ވިސްނުން ގެންގުޅެން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި ދުވަސްވަރު ތަފާތު އެކި ސިޔާސަތުތަކާއެކު ކެންޑިޑޭޓުން ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ހުވަފެނުގެ ތެރޭގައި ނުތިބެ އަމަލީގޮތުން އެކަންކަން ކޮށްދޭ ބަޔަކާއެކު ކުރިއަށްދިއުން ނޫންގޮތެއް ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މަގޫދޫއަށް މި ސަރުކާރުން ކޮށްދޭން ނިންމާފައިވާ ބައެއް ކަންކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން, އެ ރަށުގައި ދެން ހިންގަން ޖެހޭ އެންމެ ބޮޑު މަޝްރޫއަކީ މަގު ހެދުމުގެ މަސައްކަތް ކަމަށާއި އެކަން މިފަހަރުގެ ބަޖެޓުގެ ތެރެއިން ރަށްރަށުގެ މަގުހެދުމުގެ ޕްލޭނުގެ ތެރޭގައި ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެކަން މިއަދު ރަށްތަކުން ވެސް ބަލައިގަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުފ. މަގޫދޫ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު