Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅ

އަޅުގަނޑުމެންގެ އަމާޒަކީ ގިނަ ދުވަހަށް ދެމިހުންނަ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން: ރައީސް

ރަށަށް އެންމެ ފުރިހަމަ ތަަރައްގީ ގެނެވޭނީ އެ ރަށެެއްގެ އިންސާނީ ވަސީލަތްތައް ގާއިމުކުރެވިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 މެއި 2023 | ހޮނިހިރު 17:13
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފ. މަގޫދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފ. މަގޫދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަނީ

މި ސަރުކާރުގެ އަމާޒަކީ ގިނަ ދުވަހުަށް ދެމި ހުންނަ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށް ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ފ. މަގޫދޫގެ ފެނަކައިގެ އައު އޮފީސް ހުޅުވުމަށާއި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން, ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ވިސްނުން ގެންގުޅުނުއިރު އެކި ރަށްރަށުގައި އަސާސީ ޚިދުމަތްތައް ބޭނުންވެފައި ހުރި ރަށްތައް ނުހަނު ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވެ, އެ މަޝްރޫއުތައް ހިންގުމުގައި އެއްވެސް ރަށެއް ތަފާތުނުކޮށް ހުރިހާ ރަށެއްގައި އެ މަސައްކަތްތައް ކުރަން މަސައްކަތް ފެއްޓެވިކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީގެންނަ ވާހަކަ ވިދާޅުވަނީ ކޮންމެ ރަށެއްގައި ވެސް ދިރިއުޅެނީ ދިވެހި ރައްޔިތުން ކަމަށްވާތީ ކަމަށެވެ. އެއްވެސް ބައެއްގެ ވިސްނުމެއްގެ ސަބަބުން އެބަޔަކު ބާކީވެފައި ތިބެން ނުޖެހޭނެ ކަމަށާއި އެއީ ވެރިކަންކުރާ ބަޔަކު ކަންތައް ކުރަންޖެހޭ ގޮތް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފ. އަތޮޅުގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅުގެ ތަރައްގީއަށް ވިސްނާއިރު އެންމެ މުހިންމު އެއް މަޝްރޫއަކީ އެއަރޕޯޓުގެ މަޝްރޫއުކަމަށެވެ. މަގޫދޫގައި މިހާރު އެ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު ކުރިއަށް ވިސްނައި ގިނަ ޚިދުމަތްތަކެއް ލިބޭގޮތް އެ އެއަރޕޯޓުގައި ހައްދަަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން, އެއަރޕޯޓު 1200 މީޓަރުން 1800 މީޓަރަށް ބޮޑުކޮށްފައިވާ ކަމަށާއި އެއީ ކައިރި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ޕްރައިވެޓް ޖެޓުތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތް ހަދައިދިނުމަށް ގެނައި ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ އެއަރޕޯޓުގައި ޕްރައިވެޓް ޖެޓު ޕާކު ކުރެވޭނެ ޒޯނަކާއި ވީއައިޕީ ޓަރމިނަލެއްގެ އިތުރުން ފިޔުލް ފާމެއްވެސް ގާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭއިރު އެ އެއަރޕޯޓު ވެގެންދާނީ ރާއްޖޭގެ ރީޖަނަލް އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއަރޕޯޓަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މަގޫދޫ އެއަރޕޯޓާއެކު ކުޑަ ހޮޓަލެއްވެސް އެތަނުގައި ގާއިމު ކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން މަގޫދޫ އާއި މުޅި ފ. އަތޮޅަށް ވެސް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށާއި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށަށް އެންމެ ފުރިހަމަ ތަަރައްގީ ގެނެވޭނީ އެ ރަށެެއްގެ އިންސާނީ ވަސީލަތްތައް ގާއިމުކުރެވިގެން ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެކަމަށް އިސްކަން ދީގެން ކަމަށެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުފ. މަގޫދޫ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު