Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ. މަގޫދޫ

މަގޫދޫ ފެނަކައިގެ އައު އޮފީސް ހުޅުވައިފި

މިއީ 30 މުވައްްޒަފުންގެ ޖާގައިގެ އޮފީހެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 މެއި 2023 | އާދީއްތަ 01:06
މަގޫދޫގެ ފެނަކައިގެ އައު އޮފީސް އިމާރާތް

މަގޫދޫގެ ފެނަކައިގެ އައު އޮފީސް އިމާރާތް

ފ.މަގޫދޫގައި ސަރުކާރުން ތަރައްގީ ކުރި ފެނަކަ ކޯޕަރޭޝަނުގެ އައު އޮފީސް އިމާރާތް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މަގޫދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންނާއި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން މަގޫދޫގައި އިންޖީނުގެއެއް ހުރި ނަމަވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ އޮފީސް އިމާރާތެއް ނުހުރެއެވެ. މިހާރު ގާއިމު ކޮށްފައިވަނީ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ގޮތަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ހިމަނާފައިވާ އިމާރާތެކެވެ.

އަލަށް ހުޅުވި މި އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓިންގ ރޫމަކާއި މެނޭޖަރ ރޫމާއި ޓެކްނިކަލް ސްޓާފް ރޫމުގެ އިތުރުން ޕޭންޓްރީ, ރެސްޓްރޫމް އަދި ފާޚާނާ ހިމެނެއެވެ.

ފެނަކައިގެ އައު އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އަލަށް ހުޅުވި އޮފީހުގެ ސަބަބުން މަގޫދޫގައި މަސައްކަތް ކުރާ ފެނަކައިގެ މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު އެ ރަށުގެ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އެ މަޝްރޫއު ނިމުމުން އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ކުރަން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ,

މި ރަސްމިއްޔާތުގައި މަގޫދޫ ރައްޔިތުންގެ ފަރާތުން ރައީސްއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ރަށުގެ ރައްޔިތުންގެ ފަރާތުން މި ފިލާ ރައީސްއާ ހަވާލުކޮށްދެއްވީ މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދުއެވެ.

ފ. މަގޫދޫފެނަކަ ކޯޕަރޭޝަން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު