Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަރުގެ މައްސަލަތައް

މީހުން މެރުމަށްފަހު އިއުތިރާފުވެ، ފަހުން ވާހަކަ ބަދަލުވުން: ގާނޫނު ތަންފީޒުކުރާ އިދާރާތައްވެސް ތިބީ ސަމާލުވެ

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ ދައުވާ އުފުލި އަދުހަމް އިއުތިރާފުވެ، ފަހުން އިއުތިރާފުން ރުޖޫއަވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 08:41
މަރުގެ މައްސަލަތަކުގައި އިއުތިރާފުން ރުޖޫއަވާ މައްސަލަ ދަނީ އިތުރުވަމުން

މަރުގެ މައްސަލަތަކުގައި އިއުތިރާފުން ރުޖޫއަވާ މައްސަލަ ދަނީ އިތުރުވަމުން

މީހުން މެރުމުގެ މައްސަލަތަކުގައި ތުހުމަތުކޮށް ދައުވާ އުފުލާ މީހުން ކުށަށް އިއުތިރާފުވުމަށްފަހު، ޖިނާއީ އަދުލުގެ ނިޒާމުގެ އެކި މަރުހަލާގެ ތެރެއިން އެ އިއުތިރާފުން ރުޖޫއަވާ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެހެންކަަމަށްވުމާއެކު، މަރުގެ މައްސަލަތަކުގައި އިއުތިރާފުވިނަަމަވެސް، އިއުތިރާފުން ރުޖޫއަވެދާނެ ހާލަތަކަށްވެސް ބަލައި، މައްސަލައާ ގުޅުންހުރި ވިހާވެސް ގިނަ ހެކިތައް ހޯދުމަށް ތަހުގީގުގެ ތެރެއިންވެސް އިސްކަންދެއެވެ.

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ, އޭނާގެ ކިބައިން މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމާ ގުޅޭ އަޑުއެހުމެއް ބޭއްވިއެވެ.

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ހުކުމް ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް މަތީ މަރުހަލާގެ ކޯޓުތަކަށް ހުށަހަޅަންޖެހެއެވެ. އެގޮތުން ދައުލަތުން އެކަން ކަށަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅީއެވެ.

މި އަޑުއެހުމުގައި އޭނާ ބުނީ، އޭނާގެ ދިފާއީ ވަކީލުވެސް ތަރުޖަމާނުވެސް އޭނާ ގާތުގައި ކުށަށް އިއުތިރާފުވުމަށް ލަފާ ދީފައިވާކަމަށެވެ. އެގޮތުން އޭނާ އެއްބަސްވުމުން، ޑީޕޯޓު ކޮށްދޭނެކަމަށް އޭނާގެ ވަކީލާއި ތަރުޖަމާނު ބުނެފައިވާކަމަށް ޝާ އަލޮމް ބުނެއެވެ.

އޭނާ ބުނާގޮތުގައި އެއީ އޭނާ ކުރި ކުށެއް ނޫނެވެ. އޭނާ ދައުވާއަށް އިންކާރުކޮށްފައި ވާއިރު، މި އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަށް ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ދެއްވާފައެވެ.

އެހެންނަަމަވެސް ދަށު ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށާއި، އެކަން ކުރީ ޝައިތާނާ ބޮލަށް ވަދެގެން ކަމަށެވެ.

އޭގެ އިތުރުން، ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އޭނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، މި މައްސަލާގައިވެސް އަދުހަމް ފުރަތަމަ އިއުތިރާފުވިއެވެ.

ނަމަވެސް ފަހުން ބުނެފައިވަނީ އޭނާ އިއުތިރާފުވީ ފުލުހުންގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.

ގާސިމްގެ މަރާ ގުޅިގެން ފުލުހުން ވަރަށް ބޮޑު ސަރަހައްދެއް ކޯޑޮންކޮށްގެން ބެލިއެވެ. އެގޮތުން އެ ސަރަހައްދު ޒޯނުތަކަކަށް ބަހައިލުމަށްފަހު، ފުލުހުންގެ ޓީމު އެ ސަރަހައްދުތަކަށް ރުކުރުވާލީ، ހާދިސާއާ ގުޅުން އޮތް އެއްޗެއް ފެނިދާނެކަމަށެވެ.

އެގޮތުގެ މަތިން ހަރަކާތެރިވި ޓީމަކަށް ވަނީ އެތަނުގެ ގަސްތަކުގެ ތެރޭގައި ހުރި ވަޅުގަނޑަކުން ގާސިމަށް ހަމަލާދިން ވަޅިވެސް ހޯދާފައެވެ. އެ ހަތިޔާރު ހޯދީ އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 މީޓަރު ދުރުންނެވެ. މި މައްސަލައިގެ ތުހުމަތުކުރެވޭ އަދުހަމް ހައްޔަރުކުރީވެސް އޭގެ މާ ފަހުންނެވެ.

ހުޅުމާލޭ 6 ނަންބަރު ފްލެޓު ކައިރިއަށް ދިޔައިރު، އަދުހަމްވެސް މައްސަލައިގެ ތަހުގީގުކުރާ އޮފިސަރުންނާއެކު އެތަނަށް ދިޔައެވެ. އޭރު އޭނާ ވަނީ ކުށަށް އިއުތިރާފުވެސް ވެފައެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމަކާއި ފޮރެންސިކް ޓީމެއްވެސް އެތަނުގައި ޙަރަކާތްތެރިވެފައިވާއިރު، ފްލެޓު ބޭރުގައި ހުރި ގޯނިތަކެއްގެ ތެރެއިން ގޯންޏަކުން އަދުހަމްގެ ގަމީސް ހޯދައި، އެ ވަގުތު އަދުހަމް އަރައިގެން ހުރި ފައިވާންވެސް މާއްދީ ހެކީގެ ގޮތުގައި ނެގިއެވެ.

އޭގެ އިތުރުން، އަދުހަމް ހަމަލާއަށްފަހު ގެއަށް ގޮސް، އޭނާ ލައިގެން ހުރި އެއްޗެހި ބަދަލުކޮށްފައިވާއިރު، އެކަން ސާބިތުކުރުމަށްވެސް ފުލުހުން މާއްދީ ހެކި ހޯދިއެވެ.

ހަމައެއާއެކު، ޓެކްސީގެ ސީޓުން ނަގާފައިވާ ފިންގަރޕްރިންޓް ސާމްޕަލް އަދުހަމްގެ ފިންގަރ ޕްރިންޓާއި ދިމާވާކަން ސާބިތު ކުރުމަށްވެސް ފުލުހުން ހެކި ހޯދިއެވެ.

ހަމައެގޮތަށް މިހާރު މިވަނީ ނ މަނަދޫ ނައީމާ މޫސާގެ މަރާ ގުޅިގެންވެސް ދެމީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ހައްޔަރުކޮށް، ހާދިސާއާ ގުޅޭ ބައެއް ހެކިތައް ފުލުހުން ހޯދީ، ފުރަތަމަ ހައްޔަރު ކުރި މީހާ ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުތަކަށް ބަލައިގެންނެވެ.

އެ ވާހަކަތަކަށް ބަލައި ފުލުހުން މިހާރު ވަނީ މައްސަލައާ ގުޅުންހުރި ގިނަ މާއްދީ ހެކިތަކެއްވެސް ހޯދާފައެވެ. އަދި ތަހުގީގުގައިވެސް ބޮޑެތި ކުރިއެރުންތައް ހޯދަމުންދާކަމަށް ފުލުހުން މިވަނީ ބުނެފައެވެ.

މީހުން މެރުމަށް އިއުތިރާފުވެ، ފަހުން ވާހަކަ ބަދަލުވުމުގެ ސަގާފަތެއް އަށަގަންނަމުންދާއިރު، ތަހުގީގީ އިދާރާތަކުންނާއި ގާނޫނު ތަންފީޒު ކުރާ އެހެނިހެން އިދާރާތަކުންވެސް ތިބީ އެކަމަށް ސަމާލުވެއެވެ.

މަރުކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު