Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިނަމާލެ ފްލެޓުތައް އަލުން ތަރައްގީ ކުރުން

ސިނަމާލެ ފްލެޓުތައް ތަޅާލައި އަލުން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 1500 އެޕާޓްމަންޓު ހަދަން ވަނީ ނިންމާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 މެއި 2023 | ހުކުރު 06:36
ސިނަމާލެ ފްލެޓުތައް

ސިނަމާލެ ފްލެޓުތައް

މާލޭގައި ހުންނަ ސިނަމާލެ ފްލެޓުތައް ތަޅާލައި، އަލުން އެތަން އިމާރާތް ކުރުމަށް "ސިނަމާލެ ރީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ހިންގާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ. އެހެންކަމުން އެ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

Advertisement - newsAdvertisement

"ސިނަމާލެ ރީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން bdu@malecity.gov.mv މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެއެވެ. އަދި އަންނަ މަހުގެ 4ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 1500 އެޕާޓްމަންޓު ހަދަން ވަނީ ނިންމާފައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 700 އެޕާޓްމަންޓް ހިމެނޭ ފަސް ބިލްޑިންގ އިމާރާތް ކުރުމަށް ނިންމާފައިވާއިރު ދެވަނަ ފިޔަވަހީގެ ދަށުން 800 އެޕާޓްމަންޓުގެ ފަސް ބިލްޑިން އިމާރާތް ކުރާނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހަދަން ނިންމާފައިވަނީ ތިން ބާވަތުގެ އެޕާޓްމަންޓުތަކެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. އަދި ގްރައުންޑް ފްލޯގައި ކޮމާޝަލް ޔުނިޓުތައް ހުންނައިރު ބޭސްމެންޓުގައި ޕާކިން ޒޯނެއްވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓު ހިންގުމަށް ޝައުގުވެރިކަން ފާޅު ކުރާ ކުންފުންޏަކީ ދިވެހި ކުންފުންޏެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 300،000 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ބޭރު ކުންފުންޏެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭނީ 25،000 ޑޮލަރެވެ.

މި ޕްރޮޖެކްޓު ކުރިއަށްގެންދާނެ ކުންފުންޏަކު ހޮވާއިރު މުޅި ޕްރޮޖެކްޓު ހިންގުމަށް އެންމެ ކުޑަ އަގެއް ކަނޑައަޅާ ފަރާތްތަކާއި ކޮންސެޕްޓް ޑިޒައިނާއި އެ ކުންފުންޏެއްގެ ގާބިލުކަމަށް ބަލާނެއެވެ.

މިހާރު ހުރި ސިނަމާލެ އިމާރާތްތަކަކީ ގިނަ ދުވަސްވުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދިމާވެފައިވާ އިމާރާތްތަކަކެވެ. މިކަމުގެ ޝަކުވާ އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ކުރެއެވެ. މިއީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ޗައިނާގެ އެހީގައި އިމާރަތްކުރި ފުލެޓުތަކެކެވެ.

މާލޭ ސިޓީ ކައުންސިލްސިނަމާލެ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު