Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ބޯޓު ފުލުހުންނާ ހަވާލުކޮށްފި

ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ މަސްބޯޓުތައް ހިފަހައްޓައި، އެފަދަ ކަންކަން ހުއްޓުވުމަށް، ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 14:07
ރާއްޖޭގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަތުން

ރާއްޖޭގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަތުން

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ސްރީލަންކާގެ މަސްބޯޓު ފުލުހުންނާ ހަވާލުކޮށްފިއެވެ.

މި ބޯޓު މިހާރު ދޫނިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެންދިޔަކަން އެމްއެންޑީއެފުން ހާމަކުރީ ބުދަ ދުވަހުއެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނިގޮތުގައި، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ އުޅަނދެެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ.

އެ ބޯޓު އަތުލައިގެންފައިވަނީ "ޝިޕް ޣާޒީ"ން ހިންގި އޮޕަރޭޝަންގައި ވ އަތޮޅު ފޮއްތެޔޮމުލީގެ އިރުމަތިން 109 ނޯޓިކަލް މޭލު ބޭރުންނެވެ.

އެ ބޯޓަކީ ސްރީލަންކާގެ މަސްބޯޓެކެވެ.

އަދި މައްސަލަ ބެލުމަށްޓަކައި ދިވެހި ފުލުހުންނާ ބޯޓު ވަނީ ހަވާލުކޮށްފައެވެ.

ސްރީލަންކާއަށް ނިސްބަތްވާ "ސަތަސަރާނީ 6" ނަމަކަށް ކިޔާ މި ބޯޓު ފެނުނުއިރު ތިބީ 6 މީހުންނެވެ.

ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނައިރު ގާތްގަނޑަކަށް 500 ކިލޯގެ މަސް ހުރިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ މަސްބޯޓުތައް ހިފަހައްޓައި، އެފަދަ ކަންކަން ހުއްޓުވުމަށް، ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

އެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު