Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިތުރު ބަލިމަޑުކަމެއްގެ އިންޒާރު

އިތުރު ބަލިމަޑުކަމަކަށް ތައްޔާރުވުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އަޅަން ޑަބްލިއުއެޗްއޯއިން ގޮވާލައިފި

ޑރ ޓެޑްރޯޒް ވިދާޅުވީ، އިތުރު ބަލިމަޑުކަމެއް އައިސް ދޮރުގައި ޓަކިދީފާނެ ކަމަށާއި، މިއީ ފަރުވާ ކުޑަކޮށްލެވެން އޮތް ކަމެއް ނޫން ކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 07:35
މިހާރު މަޝްވަރާ ކުރަމުން ދަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ޞިއްޙީ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ޤައުމުތަކުން ޢަމަލު ކުރަން ޖެހޭ ޤަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތަކާ މެދުގައި

މިހާރު މަޝްވަރާ ކުރަމުން ދަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ޞިއްޙީ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ޤައުމުތަކުން ޢަމަލު ކުރަން ޖެހޭ ޤަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތަކާ މެދުގައި

2020 ވަނަ އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް ބަޔަކު، އެ އަހަރަކަށްޓަކާ ފޮނި ޢުއްމީދުތަކެއް ކުރަމުން ދިޔަ އަހަރެކެވެ. "2020ގެ ތަޞައްވުރު"ގެ ގޮތުގައި އެކި މީހުން އެކި ޚިޔާލުތައްކޮށް، ހުވަފެންތައް ދުށް އަހަރެކެވެ. ނަމަވެސް، ތޮށަލި ދުޅައަށް ދުވަމުންދާ މި ދުނިޔެއަށް 2020 ވަނަ އަހަރުވީ ހީވެސް ނުކުރާ ފަދަ ބިރުވެރި އަހަރަކަށެވެ. ދުށް ހުވަފެންތަކާ ޚިލާފު އަހަރަކަށެވެ. އަސްލެއް ނޭނގޭތާ ނަސްލެއްވެސް އެނގެން ނެތް ވައިރަހަކުން މުޅި ދުނިޔެ ފުރަބަންދު ކުރިއެވެ. ކޮވިޑް-19ގެ ޢަލަމީ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖައްސުވާލިއެވެ.

ކޮވިޑް-19ގެ އެންމެ ބިޔަ ރާޅުތަކުން މިވަޤުތަށް މިންޖުވެވިފައި އޮތެއް ކަމަކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިލާން ޖެހޭނީ ކޮން ފަދަ ތޫފާނަކާ ކަމެއް، ހަމަ އެކަކަށްވެސް ނޭނގެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. ކުރިއަށް އޮތްތަނުގައި ކުރިމަތިލާން ޖެހިދާނެ ބޮޑު ބަލިމަޑުކަމަކަށް ތައްޔާރުވެ ތިބުމަށްޓަކާ ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ހޯމަ ދުވަހު ގޮވާލާފައެވެ. އަދި އެ އިދާރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި ސާބިތުވުމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ކުށްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ނޫން ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ނަމަވެސް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް މިވަނީ، ދެން ކުރިމަތިލާން ޖެހިދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ މަޝްވަރާތައް ފެށުމަށް ޤައުމުތަކަށް ގޮވާލައްވާފައެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑަބްލިއުއެޗްއޯގެ ހެލްތު އެސެމްބްލީގައި މެންބަރު ޤައުމުތަކާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޑރ ޓެޑްރޯޒް ވަނީ، އިތުރު ބަލިމަޑުކަމެއް އައިސް ދޮރުގައި ޓަކިދީފާނެ ކަމަށް އިންޒާރު ކުރައްވާ، މިއީ ފަރުވާ ކުޑަކޮށްލެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ މެންބަރުންގެ ގޮތުގައި 194 ޤައުމެއް މިވަޤުތު އޮތް އިރު، އެ ޤައުމުތަކުން މިހާރު މަޝްވަރާ ކުރަމުން ދަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ޞިއްޙީ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ޤައުމުތަކުގެ މައްޗަށް އޮތް ޒިންމާތަކާއި ޢަމަލު ކުރަން ޖެހޭ ޤަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތަކާ މެދުގައެވެ. އޭގެ އިތުރުން، ފުޅާ ދާއިރާއެއްގައި އަމާޒު ބަހައްޓައިގެން، ބަލިމަޑުކަމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއެއް އެކުލަވާލުމުގެ މަސައްކަތްވެސް، މެންބަރު ޤައުމުތަކުން ދަނީ ކުރަމުންނެވެ. މި މުޢާހަދާގައި ސޮއި ކުރެވޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.  

މެއި 30، 2023ގެ ނިޔަލަށް ކުރިއަށް ގެންދާ ޑަބްލިއުއެޗްއޯގެ ހެލްތު އެސެމްބްލީގައި ބައިވެރިވުމަށް، ޓައިވާންއަށް ދަޢުވަތު ދީފައެއް ނުވެއެވެ. ޗައިނާއާއި ޕާކިސްތާނުން ވަނީ، ބައްދަލުވުމުގައި ޓައިވާން ބައިވެރި ކުރުމާ ދެކޮޅު ހެދުމަށް ޤައުމުތަކަށް ގޮވާލާފައެވެ. ނަމަވެސް، އިސްވަތީނީއާއި މަރޝަލް އައިލަންޑްސްއިން ވަނީ ޓައިވާންއާ އެއްކޮޅަށް ވަކާލާތު ކޮށްފައެވެ. ޓައިވާންއަކީ ކޮވިޑް-19ގެ ބަލިމަޑުކަން، މުޅި ދުނިޔޭގައިވެސް އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، އެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ފާހަގަ ކޮށްލެވޭ ކުރިއެރުންތަކެއް ހޯދިޤައުމެކެވެ. ޓައިވާންއަކީ ޗައިނާގެ ބާރުގެ ދަށުގައި އޮތެއް ކަމަކު، އަމިއްލަ ވެރިކަމެއް ހިންގާ ޤައުމަކަށް ވާ އިރު، ޓައިވާންގެ މައްސަލާގައި ޗައިނާއާއި އެމެރިކާގެ ދެބަސްވުންތައްވެސް ވަނީ ހޫނުވެފައެވެ.

ޑަބްލިޔުއެޗްއޯޓެޑްރޯސް އަދަނޮމްދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު