މުޖުތަބާ ސަރުކާރުން ވަކިކޮށްފި
10 ޖުލައި 2017 | ހޯމަ 10:32ކުރިން ހުންނެވީ އެންސްޕާގެ ސީއީއޯ ކަމުގައި

އިސްމާއިލް ނާއިލް ނަޝީދު | 10 ޖުލައި 2017 | ހޯމަ 10:32

އިކޮނޮމިކް މިނިސްޓަރުގެ ނައިބުކަމުން ވަކިކުރި މުޖްތަބާ ޖަލީލް
އިކޮނޮމިކް މިނިސްޓަރުގެ ނައިބު ކަމުގައި ހުންނެވި މުޖްތަބާ ޖަލީލް އެ މަޤާމުން ވަކިކޮށްފިއެވެ.
އެ މިނިސްޓްރީގެ ނައިބުކަމަށް މުޖުތަބާ އައްޔަން ކޮށްފައިފައިވަނީ، އެބޭފުޅާ ކުރިން ހުންނެވި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯކަމުން ވަކިކުރުމަށްފަހުއެވެ. އެންސްޕާގެ ސީއީއޯކަމުން މުޖްތަބާ ވަކިކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓަރުގެ ނައިބު ކަމުން މުޖްތަބާ ވަކިކޮށްފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.





