Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ ފުއްގިރި ހިޔާނަތް

ފުއްގިރި މައްސަލައިގެ ތަހުގީގު ފައިލް ދިފާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަންގައިފި

ދިފާއު ބިނާ ކުރުމަށްޓަކައި އެ މައުލޫމާތުތައް މުހިންމުކަމަށް ޔާމީނުގެ ވަކީލު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2023 | ބުރާސްފަތި 05:58
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުން

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުން

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމުގައި ޔާމީނުގެ ވަކީލު ވިދާޅުވީ، ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގެ ނިންމުމުގައި މައްސަލައާ ގުޅޭ ތަހުގީގުގެ ފައިލްތައް ލިބިދޭންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ވުމާއެކު، ހެކިބަސް ނެގުމުގެ މަރުޙަލާގެ ކުރިން އެ ފައިލްގައިވާ ލިއުންތައް ދިފާއުން ބަލަން ބޭނުންވާކަމަށެވެ.

ދިފާއު ބިނާ ކުރުމަށްޓަކައި އެ މައުލޫމާތުތައް މުހިންމުކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ގުޅުންހުރި ހެކިތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންކަން ވަޒަން ކުރަން ދިފާއަށް އެނގޭނީވެސް އެ ލިއުންތައް ލިބިގެން ކަމަށާއި، ވުމާއެކު، ފައިލް ލިބުމުން، ހެކިތަކާ ގުޅޭގޮތުން ދިފާއުން އިތުރު ކަންކަން ބޭނުންވާކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.

ކްރިކް ރިޒާގެ ވަކީލުވެސް ވިދާޅުވީ، މައްސަލައިގެ ފައިލް ބަލަން ބޭނުންވާކަމަށް ބަޔާންކޮށް އެ ފަރާތުންވެސް ޕީޖީ އޮފީހަށް ސިޓީ ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ގަޒިއްޔާއަށް ބަލާއިރު، ހެކި ހާމަ ކުރަން އެދޭ ޙާލަތުގައި ދައުލަތަށް އެ ޒިންމާ އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުމެއް ގޮތުގައި ހުށައެޅުމުންކަމަށް އެ ނުކުތާއާއި ގުޅިގެން އަންނަ ނުކުތާތައް އެއްކޮށް ކިއުމުން އެނގޭ ކަމަށެވެ.

މިހާރު ޝަރީއަތުގެ ކުރީގެ މަރުޙަލާގައި ހިނގަން ޖެހޭ ކަމަކަށް ޝަރީއަތުގެ މަރުޙަލާގައި އަލުން ރުޖޫއަވެވެން ނޯންނާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކުރިންވެސް ދިފާއުން އެ ލިއުންތައް ހޯދުމަށް އެދިފައިނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ގަޒިއްޔާގެ 50 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކުރާ އުސޫލަކުން، ޤާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ބޭނުންކުރާ މައްސަލައިގެ ފައިލް އެއްކޮށް ބެލުމުގެ ޙައްޤުވެސް ލިބިދޭ ކަމަށެވެ.

އޭގެ ތެރޭގައި ތަހުގީީގީ އިދާރާތަކުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ އަދި ހޯދުންތަކުގެ ލޮގްވެސް ހިމެނޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި މުޅި މައްސަލައިގެ ތަހުގީގު ފައިލްއާއި އެންމެހައި ލޮގްތައްވެސް ދިފާއަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެގޮތަށް ފަނޑިޔާރު އަމުރުކޮށްފިނަމަ ދައުލަތުގެ މަސްއޫލިއްޔަތެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގާޒީ ވިދާޅުވީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ބ ގެ ދަށުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާއަށް އެކަނި ޤައިދުވެފައިވާ ކަމެއްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ޝަރީއަތް ފެށުމުގެ ފަހުންވެސް އެ ފައިލް ބެލުމުގެ ޙައްޤު ލިބިދޭން ޖެހޭ ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުމަކީވެސް ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިމުނު ފަހުން އައި ނިންމުމެއްކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ މައްސަލައިގެ ތަހުގީގު ފައިލް ދިފާއަށް ދޫކުރުމަށް ނިންމަވައި، އެކަން ދައުލަތަށް އަންގަވާފައެވެ.

ދިފާއީ ވަކީލުން ވަނީ މައްސަލައިގެ ލިއުންތައް ދޫކުރާއިރު، ތަހުގީގީ އިދާރާތަކުން އެކުލަވާލާފައިވާ ލިއުންތައް އެ އިދާރާއެއްގައި ތިބެގެން ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިލައްވާފައެވެ. އެއީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ތަހުގީގުތަކުގެ ލިއުންތަކެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، މިއީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރި ތަހުގީގެއް ކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައާ ގުޅޭ ލިއުންތައް ލިބޭ ކަމަށެވެ. ދިފާއަށް ނުލިބޭ ލިއުމެއް އޮތްކަމުގައިވާނަމަ އެ އިދާރާއަކުން ލިއުން ހޯދިދާނެކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކޯޓުގައި މައްސަލައިގެ ފައިލް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެކަން ކުރުމަށް ގާޒީ ވަނީ ދައުލަތަށް އަންގަވާފައެވެ.

ކްރިމިނަލް ކޯޓްފުއްގިރިކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު