Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަމްރީން ޕްރޮގްރާމް

އެމްކިއުއޭގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

މިއީ އެމްއެންޑީއެފް ގައި ކަރިކިއުލަމް ޑިވެލޮޕްމަންޓް ދާއިރާގެ ޢިލްމާއި ހުނަރު ތަރައްޤީކޮށް ދެމެހެއްޓުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 02:36
އެމްއެންޑީއެފުން ބޭއްވި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން

އެމްއެންޑީއެފުން ބޭއްވި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން

މޯލްޑިވްސް ކޮލިފިކޭޝަންސް އަތޯރިޓީގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

މެއި 23 އިން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ހެޑްކްއޯޓާރޒް ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި ޕްރޮގްރާމު ފުރިހަމަ ކުރި ފާރަތްތަކަށް ވަނީ އެކަމުގެ ހަނދާނީ ލިޔުން ދެއްވާފައެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ. މީގެ އިތުރުން މި ޕްރޮގްރާމު ހިންގަވައިދެއްވީތީ އެމްކިޔުއޭއަށް ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ރާވާ ހިންގި މި ތަމްރީނު ޕްރޮގްރާމަކީ އެމްއެންޑީއެފް ގައި ކަރިކިއުލަމް ޑިވެލޮޕްމަންޓް ދާއިރާގެ ޢިލްމާއި ހުނަރު ތަރައްޤީކޮށް ދެމެހެއްޓުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރޭގައި އެކްރެޑިޓޭޝަންނާއި ޕްރޮގްރާމް އޮޑިޓްގެ އިތުރުން އިންސްޓިޓުޝަނަލް އޮޑިޓާ ގުޅޭ މަޢުލޫމާތު ވަނީ ބައިވެރިންނަށް ފޯރުކޮށްދީފައެވެ. އެމްއެންޑީއެފްގެ ހުރިހާ ސާރވިސްތަކާއި މަރުކަޒީ ތަމްރީން ސްކޫލުތަކުގެ އިތުރުން ސިފައިން ތަމްރީނުކުރުމުގައި މުހިންމު ޒިންމާތައް އަދާކުރާ ދާއިރާތަކުގެ 60 ސިފައިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ބޭއްވުމުގެ މަޤްސަދަކީ، އެމްއެންޑީއެފްގައި ކަރިކިއުލަމް ޑިވެލޮޕްމަންޓް ދާއިރާގެ ޢިލްމާއި ހުނަރު ތަރައްޤީކޮށް ދެމެހެއްޓުމާއި އަދި ސިފައިން ތަމްރީނުކުރުމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ޕްރޮގްރާމް އެކްރެޑިޓޭޝަންއާއި، ޕްރޮގްރާމް އޮޑިޓް އަދި އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޠް ވަޙީދާއި އެމްކިޔުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލް ހަނާން މުޙައްމަދާއި ޑައިރެކްޓަރ ޖެނެރަލް މަރިޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެންސިސްގެ ގުދަނުގައި ރޯވުން: ދުން ބޯވެ ފެތުރޭތީ އެ ސަރަހައްދަށް ނުދާން އެދިއްޖެ

އެންސިސްގެ ގުދަނުގައި ރޯވުން: ދުން ބޯވެ ފެތުރޭތީ އެ ސަރަހައްދަށް ނުދާން އެދިއްޖެ

10 ޖުލައި 2025
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވި މައްސަލައާއި، އެމްއެންޑީއެފްގެ ޖެނެރަލުން މަޖުބޫރުން ރިޓަޔަރވާކަމަށް ފާހަގަކުރެވޭ މައްސަލަ ބަލާ 241 ކޮމިޓީ ސިއްރުކޮށްފި

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވި މައްސަލައާއި، އެމްއެންޑީއެފްގެ ޖެނެރަލުން މަޖުބޫރުން ރިޓަޔަރވާކަމަށް ފާހަގަކުރެވޭ މައްސަލަ ބަލާ 241 ކޮމިޓީ ސިއްރުކޮށްފި

21 ޑިސެމްބަރު 2023
މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑެއް ނުކުރާނެ

މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑެއް ނުކުރާނެ

21 ނޮވެމްބަރު 2023
އެމް.ކިއު.އޭ އާއި އެމް.އެން.އެސް.ޑީ.އޭއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އެމް.ކިއު.އޭ އާއި އެމް.އެން.އެސް.ޑީ.އޭއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

20 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު