Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްކޫލެއްގައި ރޯކޮށްލުން

އަދަބެއްގެގޮތުން ފޯނު އަތުލުމުން، ސްކޫލްގައި ރޯކޮށްލައި

މިހާދިސާގައި 19 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ވަރަށް ބޮޑަށް ފިހިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 14:17
ގަޔާނާގައި ރޯކޮށްލި ސްކޫލް އަނދައި ހުލިވެފައި

ގަޔާނާގައި ރޯކޮށްލި ސްކޫލް އަނދައި ހުލިވެފައި

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ގަޔާނާގައި އަދަބެއްގެ ގޮތުން، ކިޔަވާ އަންހެން ކުއްޖެއްގެ ފޯނު އަތުލުމުން، އޭނާގެ ސްކޫލްގައި އަލިފާން ރޯކޮށްލައިފިއެވެ. މިގޮތުން ރޯކުރި އަލިފާނުގެ ސަބަބުން މުޅި ސްކޫލް އެކުގައި ވަނީ އަނދައި ހުލިވެފައެވެ. މިހާދިސާގައި، ކިޔަވާ އަންހެން ކުދިން ހިމެނޭގޮތުން، 19 މީހުން މަރުވެ, އަދި އިތުރު އެތައް ބަޔަކު ވަރަށް ބޮޑަށް ފިހިފައިވެއެވެ.

އަލިފާން ރޯކޮށްލާފައިވަނީ ފާޚާނާތައް ހުންނަ ތަނުގައި ނަމަވެސް، ދާދި އަވަހަށް ސްކޫލްގެ ޑޯމިޓަރީއަށް އަލިފާން ފެތުރިފައިވެއެވެ. އޭރު އެތަން ހުރީ ތަޅުލާފައި ކަމަށް ވެއެވެ. ޑޯމްގެ އެޑްމިނިސްޓްރޭޓަރު ހާސްވެފައި ހުރިވަރުން ތަޅުދަނޑި ހޯދައި ނުފެނުނު ކަމަށްވެއެވެ. އޭނާގެ ފަސް އަހަރުގެ ދަރިފުޅުވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ. ކުޑަދޮރުތައްވެސް ބަންދުކޮށްފައި ހުރި ޑޯމިޓަރީން މީހުން ސަލާމަތްކުރުމަށްޓަކައި ފަޔަރ ފައިޓަރުންނަށް ޖެހުނީ ފާރުން ތަނެއް ތަޅައިލަން ކަމަށް ވެއެވެ. މިހާދިސާގައި ގިނަބަޔަކު ތަންތަން ފިހި ސީރިއަސް ހާލުގައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މީގެތެރޭގައި އަލިފާން ރޯކުރި ކުއްޖާވެސް ހިމެނެއެވެ.

ރޯވި އަލިފާންގަނޑު ބޮޑުކަމުން ފިހިގެން މަރުވި މީހުން އެއީ ކޮންބައެއްކަންވެސް ނޭނގޭވަރަށް އަނދާފައިވާކަމަށްވެއެވެ. އެއީ ކޮން ބައެއްތޯ ދެނެގަތުމަށް ޖެހުނީ ޑީއެންއޭ ޓެސްޓު ހަދާށެވެ.

އަލިފާން ރޯކުރި ކުއްޖާއަށް ދޭނެ އަދަބަކާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކޮށްފައި ވާކަމަށް ޚަބަރުތައް ބުނެއެވެ.

އޭނާގެ ފޯނު ސްކޫލްގެ ފަރާތުން އަތުލާފައިވަނީ އޭނާއަށްވުރެ އުމުރުން ދޮށީ ފިރިހެނަކާ ހިތާވެގެން އުޅޭތީ، އެކަމުގެ އަދަބެއްގެ ގޮތުން ކަމަށް ވެއެވެ.

ގަޔާނާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު