Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ބިން ހިއްކުން

އުންމީދަކީ ޖުލައި ނިމުމުގެ ކުރިން އައްޑޫ ބިން ހިއްކައި ނިމުން: މޭޔަރު

ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 މެއި 2023 | އަންގާރަ 17:31
އަލީ ނިޒާރު

އަލީ ނިޒާރު

އުންމީދުކުރައްވަނީ ޖުލައި މަސް ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުންކަމަށް، އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރު ވިދާޅުވީ، އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަސަައްކަތްތަކުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށެވެ.

ނިޒާރު ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތާ މިހާރު 6 މަހެއްހާ ދުވަސް ވެފައިވާއިރު، މިއީ ވަރަށް ބޮޑަށް ތިމާވެއްޓަށް ސަމާލުކަންދީގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. މިހާރު ތައްޔާރީތައް ނިމި، އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި ވާކަން ނިޒާރު ފާހަގަކުރެއްވިއެވެ.

ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު މިމަހުގެ 28 ނުވަތަ 29ގައި އައްޑޫއަށް ދާނެކަމަށާއި، ޑްރެޖަރު ގެންދެވުނުހާ އަވަހަކަށް ބިން ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތަށް ހޭދަވާނީ ގިނަވެގެން 2 މަސް ދުވަސް ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބިން ހިއްކައި ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް ނިޒާރު ވިދާޅުވިއެވެ.

މި މަސައްކަތް ނިމުމުން މަރަދޫ އަދި މަރަދޫފޭދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުވާނެކަމަށް ނިޒާރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި ޖުމުލަ 194.3 ހެކްޓަރުގެ ބިން އިތުރު ކުރެވި، އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ހިތަދޫއަށް 90 ހެކްޓަރުގެ ބިމާއި، މަރަދޫ އަދި މަރަދޫފޭދޫއަށް 16 ހެކްޓަރުގެ ބިމާއި، ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭން 8.3 ހެކްޓަރުގެ 3 ރަށަކާއި، 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްްޑޫ ސިޓީއައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު