Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދުނިޔޭގެ އަޖައިބުތައް

7 ދުވަހުން 7 އަޖައިބަށް

23 މެއި 2023 | އަންގާރަ 16:16

ޗައިނާގެ ބޮޑުފާރާ ހިސާބުން ފެށި ދަތުރުގައި އިންޑިއާގެ ތާޖުމަހަލުން، އޭޝިއާ ހުރަސްކޮށް، ރޯމްގެ ކޮލޯޒިއަމަށްވެސް ދިޔަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 މެއި 2023 | އަންގާރަ 16:16
7 ދުވަހުން 7 އަޖައިބަށް ދިޔަ މީހާ

7 ދުވަހުން 7 އަޖައިބަށް ދިޔަ މީހާ

ދަތުރުވެރިކަމުގެ ތާރީޚު، މީގެ އެތައް ސަތޭކަ ހާސް އަހަރެއް ކުރިއަށް ޖެހިލެވުނުކަމުގައި ވީނަމަވެސް، ދަތުރުވެރިކަމުގެ ވައްޓަފާޅިއަށް މިއަދު އައިސްފައިވާ އިންގިލާބީ ބަދަލުތަކީ ތާރީޚު ދުށް ކަންކަމެއް ނޫނެވެ. ހީވެސް ނުކުރާފަދަ މަންޒިލްތަކަށް، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދަތުރުކޮށްލެވިދާނެއޭ ދެންނެވުމަކުންވެސް ގޯހެއް ނެތެވެ. ބޮޑު ފޮއްޓާއި ތަންމަތި ބަނދެގެން، މަންޒިލަށް ދިއުމަށްޓަކައި އެތައް ދުވަހެއް ހޭދަކުރި ޒަމާން މާޒީވެއްޖެއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ "ކުޑަކުރެވިދާނެ"އޭ ބުނާ މިންވަރަށް، އަދުގެ ދަތުރުފަތުރުގެ ނިޒާމު ވަނީ ކުރިއަރައިފައެވެ.

މި ފުރުސަތުގެ ބޭނުން ހިފި އެކަކީ، އަބަދުވެސް އާދަޔާ ޚިލާފު ކަންކަން ތަޖުރިބާކުރުމަށް ލޯބިކުރާ އިނގިރޭސި ރައްޔިތެއްކަމަށް ވާ ޖޭމީ މެކްޑޮނަލްޑެވެ. "އެޑްވެންޗަރމޭން"ގެ ވަނަމުން މަޝްހޫރުވެފައިވާ މެކްޑޮނަލްޑްގެ މި އާދަޔާ ޚިލާފު ދަތުރު ނިންމާލީ، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއްވެސް ކަށަވަރުކުރުމަށްފަހުއެވެ. ގިނިސް ވަރލްޑް ރެކޯޑް ފޮތުން އޭނާ ޖާގަ ހޯދީ، ދުނިޔޭގެ 7 އަޖައިބުގެގޮތުގައި މަޝްހޫރުވެފައިވާ މަންޒިލްތަކަށް ދަތުރުކޮށްގެންނެވެ. 7 މަންޒިލަށް ކުރި ދަތުރަށް، 7 ދުވަސްވެސް ހޭދަނުވާތީއެވެ. 

ޗައިނާގެ ބޮޑުފާރާ ހިސާބުން ފެށި ދަތުރުގައި އިންޑިއާގެ ތާޖުމަހަލުން ގޮސް، އޭޝިއާ ހުރަސްކޮށް، ރޯމްގެ ކޮލޯޒިއަމަށްވެސް ދިޔައެވެ. ދުނިޔޭގެ ހުޅަނގު ބިތުގެ އަޖައިބުތައްވެސް ހިމެނޭހެން، އެޑްވެންޗަރމޭން ކުރި އާދަޔާ ޚިލާފު ދަތުރުގައި 7 އަޖައިބަށް ދަތުރުކުރީ، ޖުމުލަ 6 ދުވަހާއި 16 ގަޑިއިރާއި 14 މިނެޓްގެ ތެރޭގައެވެ.

އިންގްލަންޑަށް ނިސްބަތްވާ 36 އަހަރުގެ އެޑްވެންޗަރ މޭންގެ ރެކޯޑް ދަތުރުގައި އޭނާ ވަނީ 22956 މޭލު ނުވަތަ 36783 ކިލޯމީޓަރުގެ ރާސްތާއެއް ހުރަސްކޮށްފައެވެ. އެ ރާސްތާ ކަޑައްތުކުރުމަށްޓަކައި އޭނާ ވަނީ 13 ފްލައިޓް، 16 ޓެކްސީ، 9 ބަސް އަދި 4 ރޭލުގައި ދަތުރުކޮށްފައެވެ. މިއިން އެއްވެސް ދަތުރަކީ ޕްރައިވެޓް ހަޔަރ އުސޫލުން ކުރި ދަތުރެއްނޫނެވެ. މުޅި ދަތުރު ފުރިހަމަކުރީ ޕަބްލިކް ޓްރާންސްޕޯރޓް ނިޒާމުގެ ތެރެއިންނެވެ.

އެޑްވެންޗަރމޭންއަކީ މީގެ ކުރިންވެސް އާދަޔާ ޚިލާފު ދަތުރުތައް ކޮށްފައިވާ މީހެކެވެ. އެމެރިކާގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދުވަމުން ކުރި ދަތުރާއި، ބައިސްކަލެއްގައި 13670 މޭލުގެ ރާސްތާއަކަށް ދުއްވައިގެން ތައިލޭންޑުން އިނގިރޭސިވިލާތަށް ކުރި ދަތުރަކީ އެފަދަ ބައެއް ދަތުރުތަކެވެ.

އެޑްވެންޗަރމޭން ބުނެފައިވާގޮތުގައި، ދުނިޔޭގެ 7 އަޖައިބަށް، 7 ދުވަހުގެ ތެރޭގައި ކުރި ދަތުރަކީ އޭނާއަށް ކުރިމަތިލާންޖެހުނު އެންމެ ދަތި ދަތުރެވެ. ރެކޯޑެއް ހަދަން ދަތުރެއް ކުރުމަށްޓަކައި ދުވެއްޔަކީ އެންމެ ބޮޑު އެއް އަސާސް ކަމަށް ވާއިރު، މޫސުމާއި އުޅަނދުތައް ދަތުރު ފަށާ ގަޑި ލަސްވުމާއި، ކަސްޓަމްސް ގަވައިދުތަކާއި، ބައެއް ދަތުރުތައް ކެންސަލްވުމަކީ ކުރިމަތިލާންޖެހޭ ބައެއް ގޮންޖެހުންތަކެވެ.

އެޑްވެންޗަރމޭންއަކީ ހިތްވަރާއި ސާބިތުކަމުގެވެސް މިސާލެކެވެ. އޭނާއަކީ ވަރަށް ކުޑައިރު، މައިބަދައިގެ ބައްޔަކަށް ޑައެގްނޯޒްކޮށްފައިވާ މީހެކެވެ. އޭރު އޭނާ ބެލި ޑޮކްޓަރުން ވަނީ، އެޑްވެންޗަރމޭންއަށް ހިނގުމުގެ ގާބިލުކަން ގެއްލިދާނެކަމުގެ އިންޒާރުވެސް ދީފައެވެ. އެހައިހިސާބުން ހިތްވަރު އެލުވައިލީއެއްނޫނެވެ. ޑޮކްޓަރުންނާއި އާއިލާގެ އެހީއާވެސްއެކު، އެޑްވެންޗަރމޭން ތެދުވީ އިތުރު ސާބިތުކަމާ އެކީގައެވެ.

އެޑްވެންޗަރމޭން މިއަދު ކުރާ އާދަޔާ ޚިލާފު ދަތުރުތަކުގެ މަގުސަދަކީވެސް އެކަމާ ގުޅިފައިވާ މަގުސަދެކެވެ. މިފަދަ ދަތުރުތަކުން އޭނާއަށް ލިބޭ ފައިސާ ޚަރަދުކުރަނީ، އޭނާ ފަދައިން ތެރަޕީތަކަށް ބޭނުންޖެހިފައި ތިބި ކުދިންގެ ފަރުވާއަށެވެ.

ދުނިޔޭގެ 7 އަޖައިބު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 އެޕްރީލު 2018

ހިޗްކީ: އަށް ދުވަހުން 42 ކުރޯޑް އިންޑިއަން ރުޕީސް

02 އެޕްރީލު 2018
ހިޗްކީ: އަށް ދުވަހުން 42 ކުރޯޑް އިންޑިއަން ރުޕީސް
26 މާރިޗު 2018

ފިލްމް ހިޗްކީ އަށް ތިން ވަނަ ދުވަހުން ހަ ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ

26 މާރިޗު 2018
ފިލްމް ހިޗްކީ އަށް ތިން ވަނަ ދުވަހުން ހަ ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ
18 ފެބުރުއަރީ 2018

އަށް ދުވަހުން ޕެޑްމޭންއަށް 64 ކުރޯޑް ރުޕީސް

18 ފެބުރުއަރީ 2018
އަށް ދުވަހުން ޕެޑްމޭންއަށް 64 ކުރޯޑް ރުޕީސް
21 ޖެނުއަރީ 2018

ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ

21 ޖެނުއަރީ 2018
ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ
20 އޮކްޓޯބަރު 2017

ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ

20 އޮކްޓޯބަރު 2017
ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ
17 އޮކްޓޯބަރު 2017

"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!

17 އޮކްޓޯބަރު 2017
"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!
08 އޮކްޓޯބަރު 2017

"ޖުޅްވާ2": 9 ދުވަހުން 102 އަށް ވުރެ ގިނަ ކުރޯޑް ރުޕީސް

08 އޮކްޓޯބަރު 2017
"ޖުޅްވާ2": 9 ދުވަހުން 102 އަށް ވުރެ ގިނަ ކުރޯޑް ރުޕީސް
05 ސެޕްޓެމްބަރު 2017

"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް

05 ސެޕްޓެމްބަރު 2017
"ބާދްޝާހޯ"އަށް 4 ދުވަހުން 43.30 ކުރޯޑް ރުޕީސް
29 އޯގަސްޓު 2017

"އަ ޖެންޓްލްމޭން" އަށް 3 ދުވަހުން 13 ކުރޯޑް ރުޕީސް

29 އޯގަސްޓު 2017
"އަ ޖެންޓްލްމޭން" އަށް 3 ދުވަހުން 13 ކުރޯޑް ރުޕީސް
22 މެއި 2017

"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް

22 މެއި 2017
"ހާފްގާލްފްރެންޑް" އަށް ދެދުވަހުން ލިބުނީ 20 ކުރޯޑް ރުޕީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް