Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ޗެލްސީ އިން މޮރާޓާ ހޯދަން ބިޑް ކުރަނީ

10 ޖުލައި 2017 | ހޯމަ 08:32

މޮރާޓާ ހޯދުމަށް މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ ބިޑްކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 10 ޖުލައި 2017 | ހޯމަ 08:32
ރެއާލްއަށް ކުޅެމުން އަންނަ ސްޕެއިންގެ ތަރި އަލްވާރޯ މޮރާޓާ

ރެއާލްއަށް ކުޅެމުން އަންނަ ސްޕެއިންގެ ތަރި އަލްވާރޯ މޮރާޓާ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވާރޯ މޮރާޓާ ހޯދުމަށް އިނގިރޭސި ކްލަބް ޗެލްސީއިން ބިޑްކުރަން ތައްޔާރަށް އޮތްކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ ކުޅިވަރު ހަބަރު ފަތުރާ މީޑިއާއެއް ކަމަށްވާ އޭއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗެލްސީއިން ވަނީ މޮރާޓާ ހޯދުމަށް 80 މިލިއަން ޕައުންޑުގެ ބިޑެއް ތައްޔާރުކޮށްފައެވެ. އެގޮތުން ޗެލްސީއިން މަސައްކަތް ކުރަމުން އަންނަނީ މޮރާޓާ އާއި އެކު 5 އަހަރު ދުވަހުގެ އެއްބަސްވުމަކަށް އައުމަށް ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

ޗެލްސީއިން މީގެކުރިން މަސައްކަތް ކޮށްފައިވަނީ އެކުލަބަށް ކުރިން ކުޅުނު ރޮމެލޫ ލުކާކޫ އާއި އެކު އެއްބަސްވުމަކަށް އައުމަށެވެ. ނަމަވެސް ރިޕޮޓާތަށް ބުނާގޮތުން ލުކާކޫ އާއި އެކު މެންޗެސްޓާ ޔުނައިޓޭޑުން ވަނީ އެއްބަސްވުމަކަށް އާދެވިދައެވެ. އެގޮތުން އޭނާ ވަނީ ޔުނައިޓެޑާއި ގުޅުމަށް އާދީއްތަ ދުވަހު މެޑިކަލްވެސް ފުރިހަމަކޮށްފައެވެ. އެހެންކަމުން މިހާރު ޗެލްސީއިން މަސައްކަތް ކުރަމުން އަންނަނީ ކުރިން ޔުނައިޓެޑުން ހޯދަން މަސައްކަތްކުރި މޮރާޓާ އާއި އެކު އެއްބަސްވުމަކަށް އައުމަށެވެ.

ޔުނައިޓެޑުން މިފަހަރުގެ ޓްރާންސްފާގައި މޮރާޓާއަށް ވަނީ ބިޑްކޮށްފައެވެ. ނަމަވެސް ރެއާލް މެޑްރިޑުން ބިޑް ރެޖެކްޓް ކޮށްލާފައިވަނީ ހުށައަޅާފައިވާ އަގު ކުޑަވުމުން ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ރެއާލްއިން 90 މިލިއަން ޕައުންޑަށް ވުރެ ކުޑަ އަގަކަށް މޮރާޓާ ވިއްކާލަން ބޭނުން ނުވާއިރު ޔުނައިޓެޑުން އޭނާއަށް ހުޝައެޅީ 70 މިލިއަން ޕައުންޑެވެ.

ޗެލްސީއިން މޮރާޓާއަށް އަމާޒު ހިފާފައި ވާއިރު، ދާދި ފަހުން ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ، މޮރާޓާ އަވަސް މުސްތަގުބަލެއްގައި ރެއާލް ދޫކޮށްލާނެކަމަށް އޭނާ ނުދެކޭ ކަމަށާއި، ކްލަބުންވެސް މޮރާޓާ ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ރެއާލްގެ ޕްރީސީޒަންގައި ބައިވެރިވާން މޮރާޓާ ބޭނުން ނުވާކަމަށް ދެކެވޭ ވާހަކަ ތަކެއްވެސް ދާދި ފަހުން ވަނީ ފެންމަތި ވެފައެވެ.

ރެއާލް މެޑްރިޑުން 2010 ވަނަ އަހަރު ސީނިއާ ކްލަބް ލެވެލް ކެރިއަރު ފެށި މޮރާޓާ ރެއާލް ދޫކޮށްލުމަށްފަހު ޔުވެންޓަސްއަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި އޭނާ ވަނީ ދެ ސީޒަން ހޭދަކޮށްފައެވެ. އެމުއްދަތުގައި އެޓީމަށް ކުޅުނު 93 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް މި ސީޒަނުގައި އެޓީމަށް ކުޅުނު 43 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް