Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ނިއުކާސަލްއިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

ނިއުކާސަލްއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބުނީ 20 އަހަރަށްފަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 މެއި 2023 | އަންގާރަ 02:22
ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމަށްފަހު ނިއުކާސަލް އާއިލާއިން އުފާ ފާޅުކުރަނީ

ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމަށްފަހު ނިއުކާސަލް އާއިލާއިން އުފާ ފާޅުކުރަނީ

20 އަހަރުގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބިއްޖެއެވެ.

ނިއުކާސަލް ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރީ އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ގަދަ ހަތަރެއް ކަށަވަރުކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއާ އެއްވަރުވި މެޗަށްފަހު ލީގުގެ ހަތަރަކަށްވުރެ ފަހަތަށް ނުދާނެކަން ނިއުކާސަލްއަށް ވަނީ ކަށަވަރުވެފައެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ނިއުކާސަލް އޮތީ 37 މެޗުން 70 ޕޮއިންޓާއެކު ތިންވަނާގައެވެ. ބާކީ އެއް މެޗު އެބައޮތެވެ. ފަސްވަނާގައި އޮތް ލިވަޕޫލަށް 37 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. އެހެންކަމުން ނިއުކާސަލްއާ އަރާ ހަމަކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމަކު މެންޗެސްޓަރ ޔުނައިޓެޑް ކުރިއަށް އޮތް ދެ މެޗުން ބަލިވެ, ލިވަޕޫލް މެޗު ކާމިޔާބުކޮށްފި ނަމަ ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެއެވެ. އެހާލަތުގައި ފުރުޞަތު ގެއްލޭނީ ޔުނައިޓެޑަށެވެ. އެކަމަކު ދެ މެޗުން ޔުނައިޓެޑަށް ޕޮއިންޓެއް ނުލިބުމަކީ ދުރުކަމެކެވެ.

ލީގު ޗެމްޕިއަންސް މެންޗެސްޓަރ ސިޓީން ކަށަވަރުކޮށް, ލީގު ތަށިވެސް ވަނީ އުފުލާލާފައެވެ. ސިޓީއަށްވެސް އަދި ލީގުގައި ބާކީ ދެ މެޗު އެބައޮތެވެ. ޗެމްޕިއަންސް ލީގުގައި މީގެކުރިން ނިއުކާސަލްއިން ވާދަކުރީ 2002/2003 ވަނަ އަހަރުގެ ސީޒަންގައެވެ.

ޕްރިމިއަރ ލީގުނިއުކާސަލް ޔުނައިޓެޑްލެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު