Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައުޝާދު ޕެރޯލްގެ ދަށުން ދޫކޮށްލުން

ހަސަންބެގެ މަރާ ގުޅިގެން ހުކުމްކުރި ނައުޝާދު، ޕެރޯލްގެ ދަށުން ޝަރުތުތަކަކާއެކު ދޫކޮށްލައިފި

22 މެއި 2023 | ހޯމަ 16:21

މި މައްސަލާގައި ދެ މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 މެއި 2023 | ހޯމަ 16:21
ގ. އިރުފާ މުހައްމަދު ނައުޝާދު

ގ. އިރުފާ މުހައްމަދު ނައުޝާދު

ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު (ހަސަންބެ)، މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލައިފިއެވެ.

ހަސަންބެގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލުމަށް ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ގ. އިރުފާ މުހައްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލެވެ. އެ ދެ މީހުންގެ މައްޗަށް ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، މި ދެ މީހުންގެ ތެރެއިން އަހުމަދު ނައުޝާދު ޕެރޯލްގެ ފުރުސަތަށް އެދި، ހުރިހާ ޝަރުތުތަކެއް ފުރިހަމަވުމުން އޭނާ މުޖުތަމައަށް ނެރެފައިވާކަމަށެވެ. ޕެރޯލް ބޯޑުން އޭނާ މުޖުތަމައަށް ނެރެފައިވަނީ ޝަރުތުތަކެއްގެ މަތިން ވަކި މުއްދަތަކަށް ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. އޭނާ މިނިވަންވާނީ އެ މުއްދަތުގައި ހުރިހާ ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

މި މައްސަލައަށް ބަލާއިރު ހަސަންބެ މަރުވީ ރަހީނުކުރުމުގެ ސަބަބުން ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. ހަސަންބެގެ މަރުގެ މައްސަލާގައި އެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމުގެ ދައުވާއެވެ. ދައުވާގައިވާގޮތުގައި، މި ދެ މީހުންނާއި އިތުރު މީހަކު ބައިވެރިވެގެން، 2012 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ރޭ، ހަސަންބެ ބަނުމަށްފަހު، ހިތްފަސޭހަގެއިން ވައްކަންކުރުމަށް ރާވައި، ހަސަންބެ ނިދާފައި އޮއްވައި އެ ގެއަށް ވަގަށް ވަދެ, ހަސަންބެ ރަހީނުކުރި ކަމަށެވެ.

އެގޮތުން، ހަސަންބެގެ އަނގަމަތީގައި މުހައްމަދު ފައިސަލް ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އެޅިކަމަށް ދައުވާގައި ވެއެވެ. އަދި އަހުމަދު ނައުޝާދާއި އިތުރު މީހަކު ވެގެން އިންސިއުލޭޝަން ޓޭޕުން ހަސަންބެގެ އަތްފައި ބަނދެ، އޭނާ ރަހީނުކުރި ކަމަށްވެސް ދައުވާގައިވެއެވެ.

އެ މީހުންގެ މައްޗަށް ދައުވާކުރީ، ހަސަންބެ މަރުވީ އެމީހުންގެ އެ އަމަލުގެ ސަބަބުން ކަމަށް ބުނެއެވެ. ފުލުހުން ހިންގި ތަހުގީގައި އެ މީހުން ކުށަށް އިއުތިރާފުވިއެވެ. އެހެންނަމަވެސް، ޝަރީއަތުގައި އެ މީހުން ވަނީ އެކަން ދޮގުކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައި ވާގޮތުގައި، ޝަރީއަތުގައި ދައުވާއަށް އިންކާރުކުރިނަމަވެސް، ތަހުގީގަށް އެ ދެ މީހުން ދީފައިވާ ވީޑިއޯ ބަޔާނަށް ބެލި ބެލުމުން، އެއީ މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއްކަމަށް ބެލެވޭނެ ޖާގައެއްނެތެވެ.

އެ މީހުން ހިންގި އަމަލުގެ ސަބަބުން ހަސަންބެ މަރުވިއިރު، ހިތްފަސޭހަގެއިން 11،500ރ. އެ މީހުން ވަގަށް ނެގިއެވެ. މައްސަލައިގެ ލިޔެކިޔުންތަކުގައި ވާގޮތުގައި، އެ ފައިސާ ތިން މީހުންގެ މެދުގައި ބެހުމުން މީހަކަށް ލިބުނީ 3،500ރ. އެވެ. ބާކީވާ އެއްހާސް ރުފިޔާ ބޭއްވީ މުހައްމަދު ފައިސަލްގެ އަތުގައެވެ.

މި މައްސަލާގައި ހިމެނޭ ތިންވަނަ މީހަކީ ކުޑަކުއްޖެކެވެ. އެ ކުއްޖާގެ މައްޗަށްވެސް ދައުލަތުން ދައުވާކުރިއެވެ. އެހެންނަމަވެސް، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ވަނީ ހުކުމްކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް