Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެއިން ފިތުރޯނު ގަސްތައް ނެގުން

ހުޅުމާލެއިން ފިތުރޯނު ގަސްތައް ނަގައި، ހިޔާ ލިބޭ އެހެން ގަސްތައް އިންދަނީ

22 މެއި 2023 | ހޯމަ 13:48

މަގުގެ ތާރުގަނޑު ފަޅައިގެންދިއުން ފަދަ މައްސަލަތައް ކުރިމަތިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 މެއި 2023 | ހޯމަ 13:48
ފިތުރޯނު ގަހެއްގެ މޫގަނޑު ފައިބާފައި

ފިތުރޯނު ގަހެއްގެ މޫގަނޑު ފައިބާފައި

ހުޅުމާލޭގެ މަގުތަކަށް ގެއްލުން ލިބޭތީ، ފިތުރޯނު ގަސްތައް ނަގައި، ހިޔާ ލިބޭނެ އެހެން ގަސްތައް އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލެއަކީ ތިމާވެއްޓާ ރައްޓެހި އަދި ފެހި ތަނަކަށް ހެދުމަށް އާބަންކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު އަންނަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ބައެއް ގަސްތައް ބަދަލުކުރަމުންނެވެ. އޭގެތެރެއިން ކަނޑަމުން އަންނަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހައްދާފައިވާ ބޮޑެތި ފިތުރޯނުގަސްތަކެވެ. މި ގަސްތައް ކެނޑިކަމުގައި ވީނަމަވެސް، މި ގަސްތަކުގެ ބަދަލުގައި ހަމަ އެތަނުގައި އެ ކުންފުނީގެ ފަރާތުން އަންނަނީ ގަސް އިންދަމުންކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ފިރާގު ވިދާޅުވީ، ހުޅުމާލެ ފެހިކުރުމުގެ މަސައްކަތް ކުރެވެނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި ފިތުރޯނު ގަސްތައް އިންދާފައިވަނީ ފަސޭހައިން ހެދޭ ގަސްތަކަކަށްވުމާއެކު، ހިޔާ ލިބޭ ގަހަކަށްވާތީ ކަމަށެވެ. ނަމަވެސް ގަސްތައް އިންދާފައިވާ ކާނަށް ނުފެތޭވަރަށް ގަސްތައް ބޮޑުވެ، މަގުގެ ތާރުގަނޑު ފަޅައިގެންގޮސްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ގެއްލުންތައް ލިބެމުންދާތީ ފިތުރޯނު ގަސްތައް ނެގުމުގެ މަސައްކަތް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާބަންކޯއިން ބުނީ ބައެއް ސަރަހައްދުތަކުން ފިތުރޯނު ގަސްތައް ކަނޑާފައި ވަނީވެސް ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށްފަހު ކަމަށެވެ. ފިތުރޯނު ގަސްތައް ކަނޑާއިރުވެސް އެ ކުންފުނިން މަސައްކަތްކުރަނީ އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ، އަދި ހުޅުމާލޭގެ ފެހިކަމާއި، ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށެވެ.

މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ނިރޮޅުމަގުގައި ހުރި ހުރިހާ ފިތުރޯނުގަސްތަކުގެ ބަދަލުގައި އެހެން ގަސްތައް ޖަހައި، ފިތުރޯނު ގަސްތައް މިހާރު ވަނީ ކަނޑާފައެވެ. މީގެ އިތުރުން، ފިތުރޯނު މަގުގެ އެއްބައިގައި އެ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތް ޕްލޭން ކުރެވިފައިވާގޮތުން ކުރިއަށް އޮތް 3 އަހަރު ތެރޭގައި މުޅި ހުޅުމާލެއިން ފިތުރޯނުގަސްތައް ކަނޑައި އެހެން ގަސްތައް އިންދައި ބޮޑުކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެފިތުރޯނު ގަސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
30 ނޮވެމްބަރު 2025

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް