Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގުޅީފަޅުގެ ގޯތި

ފަޅެއް ހިއްކައިގެން ގޯތިދެވޭނެ އެއްވެސް ގާބިލްކަމެއް މި ސަރުކާރުގެ ނެތް: މާލޭ ރަށްވެހިންގެ ޖަމިއްޔާ

މި ސަރަހައްދުތައް ތަރައްގީކޮށް ރައްޔިތުންނަށް ގޯތިތައް ދިނުމުގެ ވިސްނުމެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޖުލައި 2025 | ބުރާސްފަތި 07:06
ޓީވީޓޯކް ޕްރޮގްރާމްގައި މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ރައީސް އަދި ގުޅީފަޅު ރަށްވެހިންގެ ޖަމިއްޔާގެ ރައީސް ވާހަކަދައްކަވަނީ

ޓީވީޓޯކް ޕްރޮގްރާމްގައި މާލޭ ރަށްވެހިންގެ ޖަމިއްޔާގެ ރައީސް އަދި ގުޅީފަޅު ރަށްވެހިންގެ ޖަމިއްޔާގެ ރައީސް ވާހަކަދައްކަވަނީ

ފަޅެއް ހިއްކައިގެން ގޯތިދެވޭނެ އެއްވެސް ގާބިލްކަމެއް މިސަރުކާރުގެ ނެތް ކަމަށާއި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަކީ ވެސް ރައްޔިތުންނަށް ޖައްސާފައިވާ އުދަނގުލެއް ކަމަށް މާލޭ ރަށްވެހިންގެ ޖަމިއްޔާއިން ބުނެފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ދޫނުކޮށް ހިފަހައްޓައި އަދި އެސަރަހައްދުތަކުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ދަނީ ފާޅުކަމުންނެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މާލޭގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި މާލޭގެ މައްސަލަތަކުގައި އަޑުއުފުލައި ހައްލު ހޯދަން މާލޭގެ ރަށްވެހިންގެ ޖަމިއްޔާއިން ދަނީ މަސައްކަތްތައް ކުރަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލަތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް'' ގައި މާލެ ރަށްވެހިންގެ ޖަމިއްޔާގެ ރައީސް އިބްރާހިމް ޝިޔާޒު ވިދާޅުވީ ކުރީ ސަރުކާރުގައި އެކުލަވާލާފައިވާ ގުޅީފަޅުގެ އެލްޔޫޕީއާއި، ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިރުޝާދުގެ ދަށުން ނެރިފައިވާ އެލްޔޫޕީގެ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

ޝިޔާޒު ވިދާޅުވީ މަސައްކަތްތައް ލަސްވާ ގޮތަށް އަމަލުކުރަމުންދާ ކަމަށާއި، އަވަހަށް މި ސަރަހައްދުތައް ތަރައްގީކޮށް ރައްޔިތުންނަށް ގޯތިތައް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ކުރީގައި އެލްޔޫޕީ ބަދަލުކޮށްފައިވަނީ ނުހިއްކައި އޮތް ތަނަކަށްވާތީ ގޯތިތަކެއް ބަދަލުކުރަންޖެހިގެން ކަމަށް ބުނެފައިވާއިރު، މިސަރުކާރަކީ ފަޅެއް ހިއްކައިގެން ވެސް ގޯތިދެވޭނެ ގާބިލުކަމެއް ނެތް ސަރުކާރެއް ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ހަމަ އެލްޔޫޕީތައް ޑްރާފްޓްތައް ވެސް ލިބޭ. ދެން އަޅުގަނޑުމެން މިކަމުގައި އުޅޭތީއާއެކު ނޫނިއްޔާ އަޅުގަނޑުމެން ނުކުމެ އަޑު ގަދަ ކުރާތީ. މިހާރު އެންމެފަހުން ހަދާފައި އިން އެލްޔޫޕީއަކީ ކުރީ ސަރުކާރުން ދީފައިވާ އެލްޔޫޕީއޭއެކޭ މާ ބޮޑު ތަފާތެއް ނެތް. އެއަށްވުރެ ތޮއްޖެހުން ބޮޑުހެން ހީވަނީ. ގިރާވަރުފަޅަށް ގޯތި ލިބުނު 1300 ގޯތި ގުޅީފަޅަށް ބަދަލުކޮށްފައި. އޭރުގައި އެމީހުން ބަދަލުކޮށްފައި ކީ އެއީ ނުހިއްކާ އޮތްތަނޯ. މިހާރު އެތަން ނުހިއްކަން. މިސަރުކާރުގައި ނެތް ހިއްކުމުގެ ގާބިލުކަމެއް. ފުން ތައް ހިއްކައިގެން ބަޔަކަށްތަނެއް ދެވޭކަށް. އެމީހުން އައިސް މިބެލީ މިހެންހަދާނަމޭ. ނުވިތާކަށް ގުޅީފަޅުގައި އިތުރަށް ފްލެޓު އަޅަން ވެސް ރެޑީ ވަނީ. މިހާރު ނެރިފައި އޮތް އެލްޔޫޕީގައި ގުޅީފަޅު މީހުންނަށް ޖެއްސި ބޮޑު އަނެހެން އުދަނގުލެއް. ހިތްހަމަޖެހޭ ދިރިއުޅުމެއް ނޫޅެވޭނެ. އަނެއްކާ ވެސް އަނެއް ހުޅުމާލެއަށް ތެދެއްތޯ ވާނީ. ހަމަ ތޮއްޖެހިގެން ގޮސްފައި މީހުންތަކެއް އެތާގައި ގިނަވެ އެއަށްވުރެ މާ ރަނގަޅު ތެދެއްތޯ ކުރިން އޮތް ގޮތަށް އޮތަށް.
މާލެ ރަށްވެހިންގެ ޖަމިއްޔާގެ ރައީސް އިބްރާހިމް ޝިޔާޒު

ގުޅީފަޅު ރަށްވެހިންގެ ޖަމިއްޔާގެ ރައީސް ޝައްމާން ރަޝީދު ވިދާޅުވީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެލްޔޫޕީ ބަދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ބަދަލުތައް ގެންނަނީ ކުއްލިކުއްލިއަކަށް ކަމަށެވެ.

ގުޅީފަޅުގެ ތިން އެލްޔޫޕީއެއް ނެރިފައިވާކަން ފާހަގަކުރައްވައި ޝަމްއާން ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރުގެ ދަށުން ނެރިފައިވާ އެލްޔޫޕީއަށް ގިނަ ރައްޔިތުންގެ ތާއީދު ލިބުނު ކަމަށެވެ. އެ އެލްޔޫޕީ އެކުލަވާލާފައިވަނީ ޕާކުތަކާއި، ޕާކިން ސްޕޭސްތަކާއެކު، ސޯޝަލައިޒްވެވޭ ގޮތަށް ކަމަށާއި، ވަރަށް ރޭވުންތެރިކަމާއެކު ކަމަށް ޝަމްއާން ވިދާޅުވިއެވެ.

ގުޅީފަޅުގެ އެލްޔޫޕީއަށް ބަދަލު ގެނެސް، ގުޅީ ފަޅުން ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ބާތިލު ކުރެވިފައިވާ ކަމަށާއި އަދި ކުރިން ސޮއި ކުރި ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިފައިވާކަން މިމަހުގެ 1 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ.

ގޯތި ލިބިފައި އޮތްތަން ބަދަލު ކުރުމަށް ފަހު ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މެއި 2025 ވީ ހުކުރު ދުވަހު އުސްފަސްގަނޑުގައި ގުރު ނެގުން ބާއްވާފައިވެއެވެ. މިނިސްޓްރީން ބުނެފައިވަނީ ޖުލައި 07 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އައު ބަންޑާރަ ގޯތީގެ ރަޖިސްޓަރީ އާއި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.

މާލޭ ރަށްވެހިންގެ ޖަމިއްޔާއިބްރާހިމް މުހައްމަދު ސާލިހުހުޅުމާލެއިބްރާހިމް ޝިޔާޒުބިންވެރިޔާ ސްކީމްއެލްޔޫޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު