Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގައި އިދިކޮޅު މެންބަރުންގެ ނަން އިއްވުން

މިނިސްޓަރު އިމްރާނަށް ވަގަށް ގޮވައި އަޑުގަދަ ކުރެއްވި ބައެއް މެންބަރުންގެ ނަން އިއްވާ މަޖިލީހުން ނެރެފި

މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން 3 މިނެޓަށް މަޖިލިސް މެދުކަނޑާލާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 މެއި 2023 | ހޯމަ 04:53
މަޖިލީހުގައި އިދިކޮޅު މެންބަރުންގެ ނަން އިއްވާ ތަޅުމުން ނެރެފި

މަޖިލީހުގައި އިދިކޮޅު މެންބަރުންގެ ނަން އިއްވާ ތަޅުމުން ނެރެފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރުން ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގައި އަޑުގަދަ ކުރެއްވި ބައެއް މެންބަރުންގެ ނަން އިއްވާ މަޖިލީހުން ނެރެފިއެވެ.

ހޯމަ ދުވަހު އިދިކޮޅު ބައެއް މެންބަރުން މަޖިލީހުގައި އަޑުގަދަކުރައްވާފައި ވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ގެންދަވަނިކޮށެވެ. އޭނާ ސުވާލުކުރައްވާފައި ވަނީ މި ސަރުކާރުން މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމްކުރާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން ތ.އަތޮޅުގެ ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތާއި ގުޅޭގޮތުންނެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭގޮތުން ހޯމް މިނިސްޓަރު ބައެއް ކަންކަން ފާހަގަކުރަައްވަމުން ގެންދަވަނިކޮށް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވަނީ މަޖިލީހުގައި އަޑުގަދަކުރައްވަން ފައްޓަވާފައެވެ. އެގޮތުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވަނީ ކީއްވެތޯ ސުވާލުކުރައްވާ އޭނާ ވަނީ އަޑުގަދަކުރައްވާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އަހުމަދު ޝިޔާމް އަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ. އަދި ޝިޔާމް ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތްތެވުމުން ޝިޔާމްގެ ނަން އިއްވަވާ މަޖިލީހުން ވަނީ ނެރެފައެވެ.

ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ މިނިސްޓަރު އިމްރާން ޖަވާބުދެއްވަން ހުންނެވި މޭޒުކޮޅު ކައިރި އަށް ވަޑައިގެން އަޑުގަދަކުރައްވާފައެވެ. އަދި އެ މެންބަރުން ވަނީ މިނިސްޓަރު އިމްރާން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މީގެ އިތުރުން މެންބަރުންނަށް ނިޒާމަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަސޭހަތްތެރިވެވަޑައިގަތުމުން އެކަމަށް ބޯލަނބާފައި ނުވާތީ އެ ބޭފުޅުންގެ ނަން އިއްވަވާ މަޖިލީހުން ވަނީ ނެރެފައެވެ.

އެއަށް ފަހު 3 މިނެޓަށް މަޖިލީސް މެދުކަނޑާލާފައިވެއެވެ. މަޖިލީސް ދެން ފަށާފައި ވަނީ އެ މެންބަރުން މަޖިލީހުން ނެރުމަށް ފަހުގައެވެ.

މިނިސްޓަރ އިމްރާންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު