Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

އޮއުސްބާގް ބަލިކޮށް ޑޯޓްމަންޑް އެއްވަނަ އަށް

ޑޯޓްމަންޑް އަށް އެންމެ ފަހުން ލީގު ލިބުނީ 2012 ގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 02:09
އޮއުސްބާގް އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

އޮއުސްބާގް އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

އޮއުސްބާގް ބަލިކޮށް ޖަރުމަނު ލީގުގެ އެއްވަނައަށް ޑޯޓްމަންޑް ޖެހިލައިފިއެވެ.

އާދިއްތަ ދުވަހު އޮއުސްބާގްގެ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޑް އިން ފަސޭހަކަމާއެކު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އޮއުސްބާގްގެ ފެލިކްސް އޮޑޫޚައި އަށް ރަތް ކާޑެއްް ދެއްކުމާ ގުޅިގެން އެ ޓީމުން ދެވަނަ ހާފު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. މުޅި މެޗުގެ ކޮންޓްރޯލް ނަގާފައިވާ ޑޯޓުމަންޑުން ގޯލަށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ޑޯޓުމަންޑުގެ ސަބަސްޓިއަން ހޯލާ ވަނީ އެ ޓީމަށް ކުރި ހޯދަދީފައެވެ. އޭނާ ވަނީ 84 ވަނަ މިނެޓުގައި ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، ލީޑު ފުޅާކޮށްދީފައެވެ. ޑޯޓްމަނޑުގެ ތިންވަނަ ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ޖަހާފައިވަނީ ހޫލިއަން ބްރާންޓް އެވެ.

ލީގުގައި ބާކީ އެންމެ މެޗެއް ކުޅެން އޮތް އިރު، ޑޯޓްމަންޑް ވަނީ 70 ޕޮއިންޓާއެކު އެއްވަނައަށް ޖެހިލާފައެވެ. ހޮނިހިރު ދުވަހު ލައިޕްޒިގް އަތުން ބަލިވި ބަޔާން އޮތީ 68 ޕޮއިންޓާއެކު ދެވަނައިގައެވެ. ފަހު މެޗުގައި ޑޯޓްމަންޑް ނުކުންނާނީ މެއިންޒް އާ ދެކޮޅަށެވެ. ޑޯޓްމަންޑުން ނުކުންނާނީ ބަޔާން އިން ޖަރުމަނު ލީގު ކާމިޔާބުކުރުމުގެ ސިލްސިލާއަށް ނިމުމެއް ގެންނާށެވެ.

ބުންޑެސްލީގާބޮރޫޝިއާ ޑޯޓްމަންޑް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު