Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕަށް އިންޑިޔާއިން ވަރުގަދަ ސްކޮޑެއް

ސްކޮޑް އެކުލަވާލީ އަނިޔާގެ ސަބަބުން ވަރަށް މުހިންމު ހަ ކުޅުންތެރިއަކު ނުލައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 26 މެއި 2023 | ހުކުރު 07:09
2021ގެ ސާފް ޗެމްޕިއަންޝިޕުގައި ލަނޑުޖެހުމަށްފަހު އިންޑިޔާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ސާފް

2021ގެ ސާފް ޗެމްޕިއަންޝިޕުގައި ލަނޑުޖެހުމަށްފަހު އިންޑިޔާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ސާފް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އަމާޒުކޮށް އިންޑިޔާއިން ވަރުގަދަ ސްކޮޑެއް އެކުލަވާލައިފި އެވެ.

މުބާރާތަށް ކޯޗު އިއަގޯ ސްޓިމަކް އެކުލަވާލީ 27 ކުޅުންތެރިންގެ ސްކޮޑެކެވެ. މިއީ ދެ ދުވަހެއްގެ މަތީން ހެދި މެޑިކަލް ޓެސްޓްތަކަށް ފަހު ވަރަށް މުހިންމު ހަ ކުޅުންތެރިއަކު ނުލައި އެކުލަވާލި ސްކޮޑެކެވެ. މި ހަ ކުޅުންތެރިން ދޫކޮށްލީ އަނިޔާގެ ސަބަބުންނެވެ.

ސާފް ޗެމްޕިއަންޝިޕަށް އިންޑީޔާއިން އެކުލަވާލި ޓީމުގައި ކެޕްޓަން ސުނިލް ޗެތްރީ އާއި ގޯލްކީޕަރު ގުރްޕްރީތު ސިންގާއި ޑިފެންޑަރު ޝުބާސިސް ބޯސޭ އާއި އަންވަރު އަލީ އަދި މެހްތާބް ސިންގާއި ރާހުލް ބޭކޭ އަދި މިޑްފީލްޑރު އުދަންތާ ސިންގް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

އިންޑިޔާ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ނަމަވެސް މި ފަހަރުގެ މުބާރާތަށް އެ ގައުމުން ކުރިން ފޮނުވަން ނިންމީ 23 އަހަރުން ދަށުގެ ޓީމެވެ. ނަމަވެސް އަންނަ އަހަރުގެ އޭޝިއަން ކަޕަށް ތައްޔާރުވުމަށް ވަރުގަދަ މެޗުތަކެއް ކުޅެން ބޭނުންވާތީވެ ސާފް ޗެމްޕިއަންޝިޕުގައި ސަރަހައްދުން ބޭރުގެ ގައުމުތައް ބައިވެރިކޮށް، ސީނިއާ ގައުމީ ޓީމަށް މި ފުރުސަތުދޭން ވަނީ ނިންމާފަ އެވެ.

ސާފް ޗެމްޕިއަންޝިޕްއިންޑިއާ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
23 ނޮވެމްބަރު 2023

އިންޑިއަން ސުޕަ ލީގު ފުރިހަމަކުރުމަށް، ޕާޓްނަރަކަށް އިނިއެސްޓާ

23 ނޮވެމްބަރު 2023
އިންޑިއަން ސުޕަ ލީގު ފުރިހަމަކުރުމަށް، ޕާޓްނަރަކަށް އިނިއެސްޓާ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު